ދުވާފަރުން ފީނަން ފޭބި މީހަކު ގެނބިގެން މަރުވެއްޖެ

Loading

October 16, 2023
sandhaanu news
Facebook
Twitter
WhatsApp

ރ. ދުވާފަރުން ފީނަން ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ރ. ދުވާފަރު/ ޗާންދަނީ ވިލާ، 51އ އިސްމާއިލް މޫސާ އެވެ.

އިސްމާއިލް މަރުވެފައި ވަނީ ދުވާފަރު ކައިރީގައި އޮންނަ “ޔޫ އެންޑް މީ“ ކިޔާ ރިސޯޓު ކައިރިއަށް ފީނަން ގޮސްގެން އުޅެނިކޮށް ގެނބިގެންނެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ދެންމެ  ބުނީ ރ. ”ޔޫ އެންޑް މީ“ ރިސޯޓު ކައިރިއަށް ފީނަން ފޭބި 51 އަހަރުގެ ދިވެހި ފިރިހެނަކު ހަބަރު ހުސްވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު އިއްޔެ މެންދުރު 14:12 އެހާ ކަންހާ އިރު ލިބިފައިވާ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުން ބުނެފައި ވެއެވެ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް