ވީ.އައި.އޭ މަސައްކަތް ނިންމަން ސަޢޫދީން އިތުރު އެހީތެރިކަން

Loading

October 16, 2023
sandhaanu news
Facebook
Twitter
WhatsApp

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސަޢޫދީ ފަންޑުން 100 މިލިއަން ޑޮލަރު ޑޮލަރު ރާއްޖެއަށް ދޭން ނިންމައިފި އެވެ. 

އެނގިފައިވާ ގޮތުގައި ދިވެހި ސަރުކާރުން އެދިގެން މިދިޔަ ހަފްތާގައި ސަޢޫދީ ފަންޑުން ހަމަޖައްސައިދިން ފައިސާގެ ތެރޭގައި ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސަޢޫދީ ފަންޑުން 50 މިލިއަން ޑޮލަރުވެސް ލިބިދޭނެއެވެ.

ސަޢޫދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއް ދެމުންނެވެ. އެގޮތުން އެއަރޕޯޓްގެ ދެވަނަ ރަންވޭ އެޅުމުގެ މަސައްކަތް ރަައީސް ޔާމީނުގެ ވެރިކަމުގައި ސަޢޫދީގެ ބިންލާދަން ގުރޫޕުން ވަނީ ވަރަށް އަވަސް ދުވެއްޔެއްގައި ނިންމައިދީފައެވެ.

އަދި މިހާރު ލިބިދޭ އެނހީގައި މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރަން 25 މިލިއަން ޑޮލަރު ގެ ލޯނެއްވެސް ވަނީ ދީފައެވެ.

 ހަމަ އެހެންމެ ހައުސިން މަޝްރޫއަކަށް ވެސް 25 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ސަޢޫދީ ފަންޑުން ދީފައެވެ. ސަޢޫދީއާއި ރާއްޖެއާއި އޮންނަ ގާތްގުޅުމަށް ބުރޫއަރައި ހުށްޓިގެން ދިޔައީ 2018 ގައި އެމްޑީޕީގެ ސަރުކާރު އައުމުން ފެއްޓެވި އިންޑިޔާ ފަރސްޓް ޕޮލިސީގެ ސަބަބުން ސަޢޫދީއާއި އޮތް އަޚުވަންތަ ގުޅުން ހީނަރު ކޮށްލުމުގެ ސަބަބުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް