ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަ ޕާޓީ ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރައްވައިފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރައްވައިފިއެވެ.

އެމްޑީޕީ ދެބައިވެ އުފެދުނު ”ދަ ޑިމޮކްރެޓްސް“ އަށް ރައީސް ނަޝީދު ސޮއިކުރެއްވީ އެކަމަށް ޚާއްސަކޮށްގެން މިރޭ ކުރިއަށްގެންދާ ޖަލްސާގައެވެ.

އާޓިފިޝަލް ބީޗުގައި ކުރިއަށްދާ މި ޖަލްސާގައި އިތުރު މީހުން ވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގަތްކަން ހާމަކުރައްވައި 

ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވެފައިވަނީ “ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން“ ކަމަށެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަވާންޖެހޭ އިޖުރާއާތު ފުރިހަމަ ކޮށްފައިވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ”ދަ ޑިމޮކްރެޓްސް“ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފައެވެ.

ނަޝީދުގެ އިރުޝާދާއި ލަފާފުޅުގެ މަތިން އުފެއްދި ޑިމޮކްރެޓްސް ޕާޓީއަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ. އެ ޕާޓީގެ މުއައްސިސަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.

550 އަށްވުރެ ގިނަ މެންބަރުން މިހާރު ތިބި ޑިމޮކްރެޓްސްއިން ވަނީ އަންނަ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވެސް މީގެކުރިން އިއުލާނުކޮށްފައެވެ. 

One Response

Leave a Reply to ހަސަން ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް