ދަފްތަރުގައި ރަޖިސްޓަރީ ނެތިސް ފްލެޓް ލިބުން މީހުންގެ ނަންތައް އުނިކޮށްފި

Loading

Facebook
Twitter
WhatsApp

ކުރީ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރެއިން ދަފްތަރުގައި ތަޖިސްޓްރީ ނެތިސް ފްލެޓް ދިން މީހުންގެ ނަންތައް ލިސްޓުން އުނިކޮށްފި އެވެ.

ހިޔާ މަޝްރޫއުގައި ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ކުރި ޝަކުވާތައް ބަލަން މި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން އިއްޔެ ދަފްތަރު ކެޓަގަރީ އަށް ޝަރުތު ހަމަވާ ލިސްޓު އާއްމުކުރީ ބައެއް މީހުންގެ ނަންތައް އުނިކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ 7000 ފްލެޓުގެ 12 ކެޓަގަރީ އަކުން ފްލެޓް ދިނުމަށް ހުޅުވައިލުމުން ދަފްތަރު ކެޓަގަރީ އިން 2775 ފޯމު ވަނ<em>ީ</em> ހުށަހަޅާފައެވެ. އެ ކެޓަގަރީން ދޫކުރާ 1000 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ކުރީގެ ސަރުކާރުގައި އޮތީ އިއުލާންކޮށްފަ އެވެ. އުނިކުރި މީހުންގެ ވަކި ލިސްޓެއް އާއްމުކޮށްފައިވާ އިރު ދަފްތަރު ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ސަބަބު ލިސްޓުގައި ބަޔާންކޮށްފައި ވެއެވެ.

ކޮމިޓީން ބުނީ ދަފްތަރުގައި ރަޖިސްޓްރީ ނެތް މީހުން، އައިޑީކާޑުން ވެސް އެ މީހަކީ ދަފްތަރު މީހެއް ނޫން ކަން އެނގޭ މީހުންނަށް އެ ކެޓަގަރީން ޝަރުތު ހަމަވި ކަމަށް ކުރީގެ ސަރުކާރުގައި ކަނޑައަޅާފައިވާ ކަމަށެވެ. ބައެއް މީހުންނަށް ފްލެޓް ލިބުނުއިރު، ދަފްތަރުގައި ޖައްސަން ބޭނުންވާ ފޯމު އެޕްލިކޭޝަނާ އެކު ހުށަަހަޅާފައިވާ މީހުންނަށް ވެސް ހިމެނޭ ކަން ކޮމިޓީން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

އެ ލިސްޓުން އެނގޭ ގޮތުގައި މާލޭގައި ގޯތި ހުރި މީހުން ވެސް ކުރީގެ ސަރުކާރުގައި ވަނީ ފްލެޓް ލިބޭ ލިސްޓުގައި ހިމަނައިފަ އެވެ. އެ މީހުންގެ ނަންތައް ވެސް ކޮމިޓީން ވަނީ އުނިކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް