މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީއިން!

Loading

Facebook
Twitter
WhatsApp

މިއަހަރުގެ މިހާތަަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިތަފާސް ހިސާބުތަކަކީ ބޯޑަރ ބަންދުކުރުމުގެ ކުރިންނާއި ޖުލައި 15 ގައި ބޯޑަރ ހުޅުވި ފަހުން އައި ފަތުރުވެރިންގެ މައްޗަށް އެކުލަވާލެވިފައިވާ ހިސާބުތަކެކެވެ.

މިގޮތުން މިއަހަރު ތެރޭގައި ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ %11.3 އަކީ އިޓަލީގެ ފަތުރުވެރިންނެވެ. އެއީ ގާތްގަނޑަކަށް 45،169 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިޔާއިންނެވެ. އެއީ 35000 ފަތުރުވެރިންނާއިއެކު ޖުމްލަ އަދަދުގެ %8.9 އިންސައްތައެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ އެކުވެެރި ޗައިނާއެވެ. އެއީ 33،999 ފަތުރުވެރިންނާއި އެކު ޖުމްލަ އަދަދުގެ %8.7 އިންސައްތައެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި، އިނގިރޭސި ވިލާތާއި، ރަޝިޔާއާއި، ޖަރުމަނާއި، ފްރާންސްއާއި، އެމެރިކާއާއި، ސްވިޒަރލޭންޑް އަދި ޖަޕާން ފަދަ ޤައުމުތައް ހިމެނެއެވެ.

ކޯވިޑް19 އާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވީ އެއް ސިނާޢަތަކީ ފަތުރުވެެރިކަމުގެ ސިނާޢަތެވެ. މި އަހަރުގެ ތެރޭގައި ވަނީ ރިސޯޓްތަކަށް ބޮޑުތަނުން ގެއްލުންވެ، ގިނަ އަދަދެއްގެ ރިސޯޓްތަކުގެ މުވައްޒަފުންގެ ވަޒީފާ ގެއްލި، އެމީހުންގެ އާއިލާތަކަށް ދަތިތަކާއި ކުރިމަތިވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް