ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ނުބަލާތީ އިދިކޮޅުގެ ލީޑާޝިޕް އޭސީސީއަށް

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

އިދިކޮޅުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އޭސީސީއަށް ވަޑައިގަތީ މިއަދު 11:00 ގައެވެ. އޭސީސީގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ ވަރަށް ގިނަ ސުވާލުތައް އޭސީސީއާ ކުރިން. ލިޔުމުން ހުށަހަޅާފައި ހުރި ސުވާލުތަކުގެ އިތުރުން މިއަދު ވަރަށް ގިނަ ސުވާލުތައް ކުރިން އޭގެތެރޭގަ އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގަ ކޮރަޕްޝަން މިއޮތީ ހައްދުފަހަނައަޅާފަ. ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ޚާއްސަކޮށް އެތެރޭގެ އިންތިޚާބުތައް.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށް ބޮޑަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ދައުލަތުގެ ފައިސާ ބޭނުންކުރަމުންދިޔަ ކަމަށާއި ނަމަވެސް އެކަމެއް ބެލިފައެއް ނެތް ކަމަށެވެ.

“އަޅުގަނޑުމެން އެކަންޏެއް ނޫން އެ ވާހަކަ ދެއްކީ.އޭރުގަ އިންތިޚާބު އޮބްޒާވްކުރަން ރާއްޖެއިން ބޭރުން ވަޑައިގެން އޮބްޒާވަރުން. އޭގެތެރޭގަ ކޮމަންވެލްތުގެ ފަރާތުން ވަޑައިގެންނެވި ޓީމުގެ ބޭފުޅުން ހައްދަވާފަ އޮތް ރިޕޯޓުގަ ވެސް އެބައޮތް ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ވާހަކަ.“

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ވެސް ފެންނަނީ ރައީސް ޞާލިޙް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވާ ތަން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރައްވާ ތަން ކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޞާލިޙްގެ މައްޗަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ކުރެވިފައިވާާއިރު ވެސް އެ މައްސަލަ އޭސީސީން ނުބަލަނީ ކީއްވެތޯ ސުވާލު ދެންނެވި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް