ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ ނަޝީދެއް ނޫން, އަޅުގަނޑުމެން: ރައީސް

Loading

Facebook
Twitter
WhatsApp

ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ކުރިން ކުރި މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

“ކުރީގަ ރަށްރަށުގަ ގެސްޓުހައުސް ހެދުމަކީ މަނާކަމެއް. ހަމައެކަނި މާލޭގަ ނޫނިއްޔާ ހެދޭ ގޮތަކަށް ނޫން އޮތީ. އެއަށްފަހުގައި ރަށްރަށުގައި ގެސްޓުހައުސް ހެދޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮންއިރަކު ކޮންބައެއްތޯ. މި ވެސް ވިސްނަންޖެހޭ ކަމެއް.“

ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާކުރަން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. 

“ތެދެއް އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފަ. އެހެންނަމަވެސް ކުރިން ސަރުކާރުން ނިންމާފަ އޮތް އެ ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމ ވެރިކަން އައުމުގެ ކުރިން މަޖިލިސް ތެރެއިން. ސަރުކާރަށް ލާޒިމްކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު.“

“އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ. މޫސާމަނިކު, ޢަބްދުﷲ ޝާހިދު, މާރިޔާދީދީ އަޅުގަނޑު ހިތުން މަހްލޫފް ވެސް އެތާ އިންނަވާނެ. އަދި އަޅުގަނޑަށް ވެސް އެތާ އިންނަންޖެހުނު އެ ދުވަސްކޮޅު.“

ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި އެ ގަރާރު ފާސްވީ އެއްފަހަރަށްވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެންނެވެ.

“އެހެންވީމަ ޙަޤީޤަތް ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވަންވާނެ. އަޅުގަނޑު މި ދަންނަވަނީ ޕްރޮމޯޓްކުރަން އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި މަސައްކަތް ނުކުރާ ވާހަކައެއް ނޫން. އެހެން ނަމަވެސް މި ފުރުސަތު ރަށްރަށަށް ލިބިގެންދިޔައީ 2008 ވަނަ އަހަރުގެ ކުރީ ކޮޅުގައި މަޖިލީހުން ފާސްކުރި ގަރާރަކާ ގުޅިގެން.“

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ މި ވިޔަފާރި ފުޅާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Loading

One Response

  1. ދެން ކީކޭ ބުނާނީ؟ އީސީ ޝަރީފް ކައިރީ ބައިންދައިގެނ ދޮގެއް ނުހައްދަވާނެއްނޫންތޯއެވެ! އަންނި އަށް ވަރަށް ސަލާމް – އިބޫ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް