ނެގެންހުރި ތެލުގެ މިންވަރު ވަރަށް މަދުވެއްޖެ  -އަރާމްކޯ 

Loading

Facebook
Twitter
WhatsApp

މުޅިދުނިޔެ ތެލުގެމައްޗަށް ބުރޯސާވެފައިވާ މިންވަރަށް އެއްވެސް ބަދަލެއް ނާންނާތީއާއި މިހާރު ނެގެންހުރި ތެލުގެ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާތީ ވަރަށް އަވަހަށް ތެލުގެ އަގު އުފުލިގެން ހިނައިދާނެ ކަމަށް ލަންޑަނުގައި އޮތް ބައްދަލުވުމެއްގައި ސަޢޫދީގެ ބިޔަ ތެޔޮ ކުންފުނި އަރާމްކޯގެ ވެރިޔާ އަމީން ނާސިރު އަނެއްކާވެސް އިންޒާރު ދެއްވައިފިއެވެ. 

ބާކީ ހުރި ތެލުގެ މިންވަރު މަދުވުމަކީ މުޅިދުނިޔެ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. ކެއްސަމުން ލޯގަނޑު އުކާނުލެވޭނެކަން އެނގެން ޖެހޭނެއެވެ. ޗައިނާގެ އިގްތިސާދު ހުޅުވި އޭވިއޭޝަން ފުޅާވެގެން ދިއުމާއެކު ޖެޓް ފިއުލް ބޭނުންވާ މިންވަރު ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެއެވެ. އޭރުން ބާކީ ހުރި ތެޔޮކޮޅު ހުސްވާކަށް ގިނަ ދުވަހެއް ނުނަގާނެކަމަށް އޭނާ ބުނެދިނެވެ.         

އިނގިރޭސިވިލާތުގެ ޝެލް ކުންފުންޏަކީވެސް 70 ގައުމެއްގައި ޙަރަކާތްތެރިވަމުން ގެންދާ ތެލުގެ ވިޔާފާރިގެ ބިޔަ ކުންފުންޏެކެވެ. ދުވާލެއްގެ މައްޗަށް ތިން މިލިއަން ފީފާއަށްވުރެން ގިނައިން ސާފުކުރި ތެޔޮ އުފައްދައެވެ. އަދި މި ދިޔަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 65 މިލިއަން ޓަނުގެ ލިކްއިފައިޑް ގުދުރަތީގޭސް ވިއްކާލިއެވެ. މިހާރުވެސް އިތުރު ދިހަވަރަކަށް ރިފައިނަރީ ބިނާކުރުމުގެ ޝައުގުވެރިކަން ގެންދަނީ ފާޅުކުރަމުންނެވެ.                             

ޝެވްރޯނަކީވެސް ތެލުގެ ވިޔަފާރީގެ ބިޔަ ކުންފުންޏެކެވެ. މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ އާމްދަނީ އެކުންފުންޏަށް ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެން ގާތްގަނޑަކަށް 84 އިންސައްތަ އިތުރު މިންވަރެކެވެ.             

އެގްޒޯން މޮބައިލަކީވެސް ޝެލް އާއި ޝެވްރަން އަށްވުރެންވެސް ބިޔަ ކުންފުންޏެކެވެ. މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު އެކުންފުންޏަށް ފައިދާގެ ގޮތުގައި  43 ބިލިއަން ޑޮލަރ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ ހަމައެކަނި 14 ބިލިއަން ޑޮލަރެވެ.                                     

ލިބޭތާގައި ފެންނެގުމަކީ އަދި މިއެއްނޫނެވެ. ނެގެންހުރި ތެލުގެ މިންވަރު ހުސްވުމުން ދެންޖެހޭނީ ނުފޯރާ ފޮށައިން ފޫގަޅާށެވެ. އެއީ ދުނިޔެއަށް އޮތްވަރަށްބޮޑު ތަދަކަށްވާނެކަމުގައި އަމީނު ވިދާޅުވިއެވެ.                                                                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް