ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުަހއްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ކަރެކްޝަންގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކަރެކްޝަންގެ މުވައްޒަފުންގެ ޒިންމާއާއި ވާޖިބުތައް އަދާކުރެއްވުމުގައި، ވަރަށް ގިނަ ދަތިތަކަކާއި ކަންބޮޑުވުންތައް އެބަހުރިކަން އެމަނިކުފާނަށް ފާހަގަ ކުރެވޭ ކަމަށާ އޭގެ ތެރެއިން އެއް ކަމަކީ، ޖަލުތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމުގައި ހުރި ދަތިތައްކަމަށެވެ.
އެ ދަތިތަށް ހައްލުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ކަރެކްޝަން ސާވިސް މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
”
”އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ އެ ކަންބޮޑުވުމަށް އަޅުގަނޑުމެން ހައްލެއް ހޯދައިދޭނަން. އަދި ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއްވެސް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ހަމަޖައްސައިދޭނަން.“ ރައީސް ސާލިހު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ޖަލުތައް ބެލެހެއްޓުމުގައި ވަނީ ވަރަށް ބޮޑު ގުރުބާނީ އެއް ކަމަށާ ހާއްސަކޮށް ކޮވިޑް ދުވަސްވަރު ޖަލުތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގައި މުވައްޒަފުންއަދާކުރީ ވަރަށް ފުރިހަމަ ޒިންމާއެއްކަމަށެވެ.
.ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހުވަނީ ކަރެކްޝަންގެ މުވައްޒަފުން ޖަލުތައް ބެލެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެކަމަށް އެކަމަށް މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.