ސްރީލަންކާގެ ރައީސް ގޯތަބާޔާގެ ގަނޑުވަރު ރައްޔަތުންވަދެ ހިސޯރުކޮށްފި

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ އިނދަޖެހެމުންދާ އިގްތިސާދުގެ ސަބަބުން ބަނޑުހައިހޫނުކަން އާންމުވުމާއި ބޭސްފަރުވާއާއި ތެލާ އަދި މިނޫނަސް ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ވަސީލަތްތައް ލިބެން ނެތި ދުވަސްތައް ދިގުލަމުންގޮސް ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުގެ ސަބަބުން ގައުމުގެ ހުރިހާ ކަންކޮޅަކުން ރައްޔިތުންއެއްވެ ރައީސް ގޮތަބާޔާ ރާޖަޕަކްސެގެ އިސްތިއުފާއަށް ގޮވަމުންދާތާ އެތަކެއް މަސްތަކެއް ވެއްޖެއެވެ. 

ނަމަވެސް ރައްޔަތުންގެ ގޮވުންތަކަށް އިޖާބަ ނުދީ ޕާލިމަންޓްގެ އެއްގޮޑީގެ ބާރުގައި ރަނިލް ޕްރަައިމިނިސްޓަރަކަށް ހަދައިގެން މައިތިރި ކުރަން އުޅުން ސިޔާސީކުޅިގަނޑު މިއަދު ލަންކާގެ ރައްޔަތުން ނުކުމެ ނިމުމަކަށް ގެނެސްފިއެވެ. އެގޮތުން ރައީސް ގޯތަބާޔާގެ ރަސްމީ ގަނޑުވަރަށްރައްޔަތުން ވަދެގަނެ ރައީސް އަށް މިވަނީ މިލިޓަރީގެ އެނހީގައި ފިއްލަވާފައެވެ. ސްރީލަންކާ މިޙާލަތަށްދިއުމާގުޅިގެން ސަރުކާރު އިސްތިއުފާދިނުމަށް ގޮވަމުން މުޒާހަރާ ކުރަމުންގެންދާތާވެސް ދުވަސްތަކެއް ވެއްޖެއެވެ. ރައްޔިތުންގެ ރުޅިވެރިކަމާހުރެ މީގެ ކުރިން ބޮޑުވަޒީރު ރާޖާ ޕަކްޝާ ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ރައީސް ގޮތަބާޔާ ގެންދެވީ އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވަމުންނެވެ.                         

މިއަދުގެ ޙާލަތާގުޅިގެން ބައެއް ރައްޔިތުން ނޫސްތަކަށް މައުލޫމާތު ދެމުންގެންދާގޮތުގައި ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާ ކިރުގެ ބާވަތްތައްވެސް ލިބޭނެ ގޮތެއް ނެތެވެ. ދުއްވާ ވެހިކަލަށް ތެޔޮ އެޅުމަށްޓަކައި ދެރޭ ދެދުވާ ވެހިކަލް ތެރޭގައި ކިއުގައި ދިރިއުޅެންޖެހި ބައެއް މީހުން މަރުވެސް ވެއްޖެއެވެ. ވެހިކަލް ދުއްވިގެންނޫނީ އާމްދަނީއެއް ލިބޭނެ އެހެން މަގެއް ނެތެވެ. ސްކޫލް ތަކަށް ގެރިގާޑިޔާގައި ކުދިން އުފުލަމުން ގެންދާ ޙާލަތައްވެސް ލަންކާގެ ދިރިއުޅުމުގެ ޙާލަތުވަނީ ވެއްޓިފައެވެ. އާމްދަނީ އެއްލިބގެންނޫނީ އަނބިދަރިންނަށް ކާންދޭނެ އެއްޗެއްވެސް ގަނެވޭކަށްނެތެވެ.                  

ރައީސްގެ ގަނޑުވަރަށް ވަންނަން ދިޔަ ރައްޔިތުން މަތަކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ޖައްވަށް ބަޑިޖަހައި އަދި ކަރުނަގޭސްޖަހަމުން ގެންދިޔައެވެ. ނަމަވެސް ނިކުމެފައިވާ ބިޔަބޮޑު ރައްޔިތުން މައިތިރިކުރެވޭނެ ގޮތެއްނުވިއެވެ. ޚަބަރުލިބޭގޮތުގައި ރައީސް ގޮތަބާޔާ މިހާރުހުންނެވީ ސަލާމަތީ ބާރުތަކުން ރައްކާތެރިކަން ލިބިދޭ ހިސާބަކަށް ގެންގޮސް އިންޑިއާގެ ޗާރޓަރ ޖެޓެއްގައި ބަންޑާރަ ނަޔަކަ އެއަރޕޯޓުން ނައްޓާލަން ތައްޔާރުވަނީއެވެ. މިހާދިސާގައި މަދުވެގެން 33 މީހަކަށް އަނިޔާލިބި ނޭޝަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.                                                          

ސްރީލަންކާގެ ރައްޔިތުންނަކީ މިބާވަތުގެ ޙާލަތުތަކުގައިވެސް ތަފާތު ގޮތަކަށް ކަންތައްކުރާބައެކެވެ. މިފަހަރުގެ މުޒާހަރާގައިވެސް ރައީސްގެ ގަނޑުވަރުގެތެރެއަށް ވަދެގެންދިޔަ ވަރަށް ގިނަބަޔަކު އަވަސްވެގަތީ ގަނޑުވަރުގެ ސްވިމިންޕޫލަށް އެރި ފެންވަރާލުމާއި ގޯތާބަޔާގެ ގަނޑުވަރުގެ އަވާހަފުޅު ލައްޕަވާ ކޮޓަރީގެ އެދުމަތީގަޔާއި އެކި ދިމިދިމާލުގައި ސެލްފީ ނެގުމަށެވެ. ޚަބަރުތައް ލިބެމުންދާގޮތުގައި ޕަކްޝާ ޢާއިލާގެ ވެރިކަމުގެ ގޭމް އޯވަރ ވެއްޖެއެވެ.                                              

Loading

3 Responses

  1. ލަނކާ މީހުން ވަގުތުގައި މޮޅު ކަންތައްކޮށްލާނެ. ގަނޑުވަރުގެ ޕޫލުން ފެންވަރާލައިގެން ރައީސްގެ އެނދުގައި އަރާމު ކޮށްލުން…ގަދަ

  2. ރާއްޖެ އެހާލަތަށް ދިއުމުގެ ކުރިން ސަރުކާރުގެ މަތިބަރުކަން އެނގި ބޭކާރު މީހުންތައް މަދުކުރަންޖެހެއެވެ. ދައުލަތުގެ ޚަޒާނާއަކީ އެއިރެއްގެ އޮންނަ ސަރުކާރެއްގެ ތަރިކަ ނޫންކަން ރައީސް މީހާ ދަންނަންޖެހެއެވެ. ޙައްޖައްގޮސް އައިސް އިސްލާޙުވާށެވެ. ސުވާލު ކުރެވޭދުވަހު ރައީސް އަތުން ފައިސާ އާއި އެނހީ ލިބިފައިވާ އެއްވެސް މީހެއްގެ ފައިދާއިން ނުލިބޭނެއެވެ. ދައުލަތަކީ ދިވެހި ރައްޔަތުންނާއި އެބައިމީހުންގެ މުދަލެވެ. ރައީސް މީހާއަކަި 5 އަހަރުދުވެހުގެ މުއްދަތަށް އެ ދައުލަތް ރައްޔަތުންނަށް ހިންގަދޭން އެޕޮއިންޓްކުރެވިފައިވާ މީހާއެވެ. އެކަން ހަނދާން ނައްތާ ނުލައްވާށެވެ. ހެޔޮ އަަވަސް ބަދަލަކަށް އެދެމެވެ.

    1. ދީނީ ޕާޓީ އަދާލަތުގެ ފަތުވާގެ ދަށުން ހިންގާ ވެރިކަމެއްވީމާ ކަލެއަށްވުރެ ރަނގަޅަށް ރައީސް ސޯލިޙަަށް ތިކަން އޮންނާނެގޮތް އެނގޭނެއެވެ. އެއީ ދީނީހުރިހާކަމެއް ޝެއިޚު ނިޝާންމެން ހައްޔަރުކުރުންވެސް އެ ކުރައްވަނީ އަދާލަތުގެ އިމްރާނު ލައްވައެވެ. ނޫންހެއްޔެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް