ރައީސް ސޯލިޙު ގެ ގަރާރަކީ ގާނޫނީ ބުރަދަނެއް ނެތް ގަރާރެއް -–ދިޔާނާ 

Loading

Facebook
Twitter
WhatsApp

ކުރީގެ ބަންޑާރާ ނައިބުކަން ވެސް ކުރައްވާފައިވާ އުސްތާޒާ ދިޔާނާ ސަޢީދު ވިދާޅުވަނީ އިންޑިއާ އައުޓް ޙަރަކާތް ހުއްޓުވުމަށް ރައިސް އިބުރާހިމް މުޙައްމަދު ސޯލިޙު ނެރުއްވާފައި ގަރާރަކީ ގާނޫނު ދަންނަ އެއްޗެސް ނޫންކަމަށެވެ. އަދި ފުލުހުން އިސްނަގައިގެން ހުށްޓުވަން އެޙަރަކާތް ހުއްޓުވުމަށް އަޅަމުން ގެންދާ ހަރުކަށި ޢަމަލުތަކަކީ ވެސް ގާނޫނު ދަންނަ ހަމައެއް އޮތް ކަމެއްނޫންކަމަށެވެ. އެހެނީ ފުލުންހުންނަކީ ގާނޫނު ތަންފީޒްކުރަން ލާޒިމްކޮށްފައިތިބި ބަޔަކުކަމަށްވާއިރު ގާނޫނުން ބޭރުން އަންނަ އޯޑަރުތަކަށް ޢަމަލުނުކުރެވޭނެކަމަށެވެ. އެންމެންވެސް ގާނޫނަށް ބޯލަބަން ޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޤާނޫނީ ބާރު (ފޯރސް އޮފް ލޯ ) އޮންނަ އެއްޗެއް؛ އެހެންކަމުން އެ އޮތަރައިޒްކުރާ ޤާނޫނީ މަސްދަރެއް އޮންނަން ޖެހޭ. ރާއްޖޭގެ ޤާނޫނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ހުއްދަ ކުރަނީ 3 މަސްދަރަކުން އެއީ؛- ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (އ) – ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ވ) ޤާނޫނު އަސާސީގެ 254 ވަނަ މާއްދާއާއި އެކުގައި ކިޔުމުންނާއި، އަދި- ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ޤާނޫނު ނަމްބަރ 5/2019 އާއިއެކުކިޔުމުން،

މީގެ މަތުލަބަކީ ނުވަތަ މާނައަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނެރެވޭނީ އަންނިވި 3 ހާލަތުގައިި ކަން:- ހަގުރާމައިގައި ސުލްހަ އިއުލާނު ކުރުމަށް.- ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް އަދި، – ރިޔާސީ ކޮމިޝަން އުފެއްދުމަށް،

އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޤާނޫނާއި އެއްފަދަ އެއްޗަކަށް ވީހިނދު ޤާނޫނު ހެދުމުގެ ބާރަކީ ކޮންވެންޝަނަލީ މަޖިލީހަށް ހާއްސަވެފައި އޮންނަ ކަމަކަށްވާތީ މަޖިލީހުގެ ދައުރެއް އޭގައި ނޯންނަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނުނެރެވޭނެކަން ސާފުވޭ!  ސުވާލަކީ ގާނޫނާއި ޚިލާފު ޢަމަލުތައް ފުލުހުން ހިންގަނީ ކީއްވެތޯއެވެ؟

މިސާލު: ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނެރެވޭ ފުރަތަމަ ޙާލަތާއި ދެވަނަ ޙާލަތުގައިވެސް އެޤަރާރު މަޖިލީހަށް އެޖަންޑާކޮށް ފާސްކުރަންޖެހޭ އަދި ޤަރާރު ނެރެވޭ ތިންވަނަ ޙާލަތަކީ މަޖިލީހުން ފާސްކުރާ ޤާނުނަކުން ކަމަށްވާތީ އެކަމުގައި މަޖިލީސް އޮންނަނީ ޝާމިލުވެފައި، އިސްވެ ބަޔާންކުރެވުނު ނުކުތާ އެހެން ހުރުމުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ހުއްދަކުރާ ސާފު ޤާނޫނީ މަސްދަރެއް އޮނަންޖެހޭ ކަމާއި، އެޤަރާރު އޮންނަޖެހޭނީ އެމަސްދަރުން ކަނޑައަޅަ ހުދޫދެއްގެ ތެރޭގައި ކަމާއި، އަދި އެޤަރާރަކީ މަޖިލީހުން ފާސްވާންޖެހޭ އެއްޗެއްކަން ސާފުވޭ! 

އުސްތާޒާ މިފަދައިން ވިދާޅުވެފައިވާއިރު އިންޑިއާ އައުޓް ޙަރަކާތް ފުލުހުން އިސްނަގައިގެން ހަރުކަށިކަމާއިއެކު ހިންގާ ޢަމަލުތައް ހުއްޓުވުމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނު ޢަބުދުލް ގައްޔޫމު ހައިކޯޓުގައި ހިންގަމުންދާ މައްސަލައިގެ އަޑުއެހުމުންވެސް އެކަން އެނގިގެން ދިޔައެވެ.


ފުލުހުންނަށް އެފަދަ އަނިޔާވެރިކޮށް އިންޑިއާ އައުޓު އެއްވުން ތަކުގައި ބައިވެރިވާ ރައްޔަތުންނަށް ޢަމަލުކުރުމުގެ ބާރާއި، ހަމަ މީހަކު އިންޑިއާ އައުޓު ފޮތިގަނޑެއް ނުވަތަ ދިވެހި ދިދައެއް ގެންގުޅުނަކަސް ގަޔަށް ބޮލައް އަރައިގަނެގެން އަތުލައިގަނެ އެތަކެތި ނައްތާނުލެވެނެކަށް އެނގިގެން ދިޔައެވެ. ސުވާލަކީ ފުލުހުން އިސްނަގައިގެން ގައުމުގައި ހިންގާ އެހެނިހެން ނޭއްގާނީ ކަންކަމާއި މުޖުތަމަށް ނުރައްކާވާ ކަންތައްތައް އެހިއްވަރާއިއެކު ނުހުއްޓުވަނީ ކީއްވެބާވައެވެ. މިސާލަކަށް ކުޑަކުދިންނާއި ގިންސީ ގޯނާކުރުން؟

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް