​ދެރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް!

Loading

Facebook
Twitter
WhatsApp

​މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު، ބައި އިލެކްޝަން ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

​މަައުލޫމާތު ލިބޭ ގޮތުގަައި މެންދުރު 12:30 ހާއިރު ކޮމަންޑޫ ދާއިރާއަށް ދެބޭފުޅުން ފުރައިވަޑައިގަންނަވާނއެވެ.

​ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދަތުރުފުގައި ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ދެ ރައީސުން އެކުގައި ވަޑައިގަންނަވާނެ އެވެ.

​ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި އެމްޑީޕީގެ އިސްވެރިން ދެ ރައީސުންގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

​ރައީސް ސޯލިހާއި ރައީސް ނަޝީދު އެކުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމެވި އެވެ. ނަމަވެސް އެ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ކޮވިޑް ޓެސްޓް ހެއްދެވުމުން ރައީސް ސޯލިހް ކޮވިޑަށް ފައްސިވުމުން އެމަނިކުފާނު ދަތުރުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. ނަމަވެސް ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވި އެވެ. ރައީސް ސޯލިހް ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހު ކޮމަންޑޫ ދާއިރާ އަށް ވަޑައިގެން ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ.

​ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ.

Loading

2 Responses

  1. މާތްކަލާކޯ!!!
    އަޅެކީއްތަވާނީ ތިޔަގޮތައް އެހެން އަތޮޅުގެ ރައްތަކަށްވެސް ވަޑައިގަތިއްޔާ!

  2. ދެ ރައަީސުން ރައަީސް އާއި ބައްދަކު ކުރުމަށް ކޮމަންޑަޫ އައް.
    ޝުރުޚީ މިގޮތް ބޮޑަށް ރަނގަޅީ. އެހެނީ ކޮމަންޑޫ ކައުންސިލްގެ ރައީސް އާއި ބައްދަލުކުރާނެއެވެ. އަދިނދައުލަތް ވިކާލައިގެންނަމަވެސް އެ ގޮނޑި އިންޑިޔަާ އަށް ބޭނުންކަމަށް ކޮމަންޑޫ ރައީސް އަރިހު ތަކުރާރުކޮށް ދެންެނެވޭނެއެވެ.

Leave a Reply to އިބުރާހިމް މުފީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް