އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފު ބުރާންތިވެ ވަޑައިގަންނަވާކަށް ނުޖެހޭ

Loading

Facebook
Twitter
WhatsApp

އިންޑިއާ އައުޓޭ ވިދާޅުވެ ރައީސް ޔާމީނު ދައްކަވަމުން ގެންދަވަނީ ދިވެހީންގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކައެކޭ ވިދާޅުވެ ސީވިޑް ޙަސަން ލަޠީފު ވާހަކަދައްކަވާއިރު އޭނާ ހުންނެވީ ބުރާންތިވެފައި ބާވައޭ އަނެއްކާ ވެސް ހިތަށް އަރައިފިއެވެ.

ޙަސަން ލަޠީފަކީ ބުރާންތިވެފައި ހުންނެވި ބޭފުޅެއް ބާވައޭ ފުރަތަމަ ހިތަށް އެރީ ތިމަން މަނިކުފާނަކީ ”ހަތަރު ކަށިމަތި“ މާލޭ ބޭފުޅޭކޭ ވިދާޅުވެ މާ ބޮޑަށް ފުއްޕަވާފައި ދެއްކެވި ވާހަކަތައް އަޑުއިވުނު ދުވަހުގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ހުންވައިގެން ބައެއް ފަހަރަށް ދައްކަވާ ވާހަކަތަކާ ގުޅިގެން ޙަސަން ލަޠީފުގެ ”އަލްއުސްތާޛު“ ކަމާމެދު ވެސް ހިތުގައި ޝައްކާއި ވަހުމު އުފެދެއެވެ. ރައީސް ނަޝީދުގެ ދިފާއުގައި އެއޮތް ދައްކަވާ ވާހަކަތަކެކެވެ.

ޙަސަން ލަޠީފުއެވެ! ރައީސް ނަޝީދަކީ ”ކަލެއް“ ނޫނެވެ!

ޙަސަން ލަޠީފުއެވެ! މަނިކުފާނަކީ ”ހަތަރުކަށިމަތި“ މާލޭ ބޭފުޅަކަށް ވެގެން މަނިކުފާނަށް އޮތީ ކޮން ރާހަތެއް، މަންފާއެއް، އިނާޔަތެއް ތޯއެވެ؟ އުޅުއްވަނީ ކުލީ ކޮޓަރިއެއްގައެވެ. އަމިއްލަ ފުޅު ބޯހިޔަލެއް ނެތެވެ. ކުރައްވާ މަސައްކަތަކީ ރައީސް ނަޝީދަށް ވައި ޖެއްސެވުމާއި ރައީސް ޔާމީނަށް ފުރައްސާރަ ކުރެއްވުމެވެ. އެއީ ގޮނޑު ހޮވައިގެން ކައިބޮއި އުޅޭ ޒުވާން ކުދީންގެ ޒާތާވެސް ނުގުޅޭ ދަށު ދަރަޖައިގެ މަސައްކަތެކެވެ.

ޙަސަން ލަޠީފުއެވެ! ޙަސަދަވެރިވެ ވަޑައިނުގަންނަވާށެވެ! އިސްއުފުއްލަވައި ޑރ. މުޙައްމަދު މުޢިއްޒަށް ބައްލަވާށެވެ! ޑރ. މުޢިއްޒަށް ”ވަށަފަރޭ، ވަށަފަރޭ، މާލޭން ވޯޓެއް ނުލިބޭނޭ، ނުލިބޭނޭ، ހޮޅި މުޢިއްޒޭ“ ވިދާޅުވެ ތިޔަ ބޭފުޅުން ދެއްކެވި ވާހަކަފުޅު ހަނދުމަ ކުރައްވަވާށެވެ! ”ހަތަރު ކަށިމަތި“ މާލޭ ބޭފުޅުންގެ މޭޔަރަކީ މިއަދު ޑރ. މުޢިއްޒެވެ. މުޢިއްޒު ދިރިއުޅުއްވާ ގޭގެ ޓެރަސްގައި ހުންނަވާއިރު ހއ. ވަށަފަރު ފެންނަކަމަށް ވެސް ބީތާއިންނަށް ވިދާޅުވެވިދާނެއެވެ.

ރައީސް ޔާމީނާއި ރާއްޖޭގެ އެތައްހާސް ރައްޔިތުން ގޮވަމުން ދަނީ އިންޑިއާ އައުޓް“ އެވެ. މާނައަކީ ”ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބާ!“ށޭއެވެ.

މާނަ އޮޅުވައި ނުލައްވާށެވެ! އިންޑިއާގެ ސިފައިން ޖެހެނީ ހަމަ ފައިބާށެވެ! ފައިބަންވީ އިންޑިއާގެ ޑޮކްޓަރުންނާއި ޓީޗަރުންނާއި ނަރުހުންނާއި ވަޒީފާތަކުގައި ތިބި މީސްމީހުންނެއް ނޫނެވެ. ”ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަންވީ“ އެވެ. ރައީސް ޔާމީން ވިދާޅު ވަނީ މިގައުމަށް އިންޑިއާ ސިފައިން ބޭނުން ނުވާ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއިދު ހޯދަން ފޯކައިދޫގައި ބޭއްވި ޖަލްސާގައި، ޙަސަން ލަޠީފު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ޓީޗަރުންނަށް ބިރު ދައްކައި ސްކޫލްތަކުގެ ފާރުގައި ޝިޔާރުތައް ލިޔަމުން ދާއިރު، އޭގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭ ކަމަށެވެ.

ސްކޫލެއްގެ ފާރުގައި ”އިންޑިއާ އައުޓް“ ލިޔެފައި: ޝައްކު ކުރެވެނީ އެމްޑީޕީ ބަޔަކު ކުރިކަމެއްކަމަށް

ސްކޫލެއްގެ ފާރުގައި އިންޑިއާ އައުޓޭ ކިޔައިގެން ލިޔެފިއެވެ. އެރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ އެމްޑީޕީ ބަޔަކު ކުރިކަމެއްކަމަށް ޝައްކު ކުރެވޭކަމަށެވެ.

ރައީސް ”ޔާމީން އިންޑިއާ“ އައުޓޭ ވިދާޅުވުމުން ފިތުނަ އުފައްދަން ވާހަކަދައްކަވަމުން ގެންދަވަނީ ޙަސަން ލަޠީފު ފަދަ ބޭބޭފުޅުންނެވެ. ރާއްޖެ ހިފުމަށް ގޮވީ ވެސް އެމްޑީޕީ މީހުންނެވެ. ނުއަގުގައި ރާއްޖެ ވިއްކަމުން ދަނީ ވެސް އެމްޑީޕީ މީހުންނެވެ. ޓާޓާއަށް ފައިދާ ވާގޮތަށް، ދިވެހި ގައުމަށާއި ރައްޔިތުންނަށް ގެއްލުން ވާގޮތަށް އެގްރިމެންޓުތައް ހަދަމުން ދަނީ ވެސް އެމްޑީޕީ މީހުންނނެވެ. ފެބުރުއަރީ 8 ގައި ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ހުޅުޖަހަން ނިކުތީ ވެސް އެމްޑީޕީ މީހުންނެވެ.

ކރ. ހަސަން އެވެ. ރާއްޖޭގައި ތިބި އިންޑިއާ މީހުންނާ ދިމާކުރާކަށް ރައީސް ޔާމީނު ހިތްވަރެއް ނުދެއްވައެވެ. އިންޑިއާގައި ތިބި ދިވެހީންނަށް ނުރައްކާ ވާ ވާހަކައެއް ރައީސް ނުދައްކަވައެވެ. އިންޑިއާގައި ތިބި މުސްލިމުންނަށް ހިންދޫން އަނިޔާ ކުރުމުގެ ސަގާފަތަކާއި ތާރީޚެއް އޮތީ ވެސް ރައީސް ޔާމީނުގެ ސަބަބުން ހެއްޔެވެ؟

އިންޑިއާ އައުޓޭ ވިދާޅުވެ ރައީސް ޔާމީނު ދައްކަވާ ވާހަކައަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ވިދާޅުވެ ޙަސަން ލަޠީފު ވާހަކަދައްވާއިރު އިންޑިއާގެ ސިފައިން މިގައުމުގައި ތިބެން ނުޖެހޭކަމަށް މި ރާއްޖޭގައި އެތައްހާސް ބަޔަކު އަޑު އުފުލަމުން އެބަދެއެވެ. މި ރާއްޖޭގެ ވަޒީފާތަކުގައި ތިބި އިންޑިއާ މީހުން ވެސް އެކަން އެބަ ގަބޫލުކުރެއެވެ.

ޔާމީން އަމަލުކުރައްވާ ގޮތުން ”ދިވެހިން އެ ވައްޓާލަނީ ވަރަށް ފުން އަނދަވަޅަކަށް“ ކަމަށް ވިދާޅުވެ ޙަސަން ލަޠީފު ވާހަކަދައްކަވާއިރު އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ދަރަނީގެ ފުން ވަޅުގަނޑަކަށް ރާއްޖެ ވައްޓާލައި ރާއްޖޭގެ ކުންފުނިތަކުގެ ހިއްސާ ނުއަގުގައި ވިއްކާލައި ގައުމު ފަނާކުރަނީ އެމްޑީޕީންކަން ޙަސަން ލަޠީފަށް މޭރުން ވެވަޑައިނުގަންނަވަނީ ކީއްވެގެން ބާވައެވެ!

ކރ ޙަސަންއެވެ. ޔާމީން ދައްކަވަނީ ދިވެހިންގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކައޭ ޔާމީން ހައްޔަރުކުރަންޖެހެއޭ ވިދާޅުވެ ވާހަކަދައްކަވައި ރައީސް ޔާމީނަށް ބިރުނުދައްކަވާށެވެ! މިއަދު މި ގައުމުގައި މަޝްހޫރު ގައުމީ ބަޠަލު، ބޮޑުތަކުރުފާނު ހުންނެވި ނަމަ އެމަނިކުފާނު ވެސް ޔާމީނުގެ އަޑުދަށުން ”އިންޑިއާ އައުޓު“އޭ ވިދާޅުވާނެއެވެ.

 

Loading

6 Responses

  1. ވަރަށް އިންސާފުން ލިއުއްވާފައިވާ ހަޤީޤީ ވާހަކައެއް ހަސަންލަތީފް މާލޭގެ 4 ކަށިމަތި ބޭފުޅުންނަށް މިއަދު އެބަ މަޖުބޫރުވޭ އެން ޑީ ޕީ ދޫކުރައްވާ ޔާމީނުގެ ފަހަތްޕުޅަށް އަރަން އެހެންނޫނީ ތިޔަ ދައްކަވާ ކިބުރުވެރިކަމުގެ ނަތީޖާ ވަރަށް ހިތިކޮށް ފެނިގެން ދާނެ ކަމާއި މެދު ކުޑަވެސް ޝައްކެއްނެއް

  2. މިމީހުންގެ ސުންނަތަކީ މުޅީންވެސް އޮޅުވާލުމާއި މަކަރާއި ޙީލަތް. މީހުން ބްލެކްމޭލް ކުރުމާއި ކުރުދޮށިން އިދިކޮޅު ވެރީންނާއި ސަޕޯޓަރުންނަށް ދިނުމެވެ. އެފުށްޕަނީ ރައްޔަތުންގެ ކިތެއް ޕަސެންޓް ވޯޓްސް އެމްޑީޕީ އެކަނި ހިއްލޭތީތޯއެވެ. ބަލަލަމާ 2008 އަދި 2013 އަދި 2018 ގައި އެމްޑީޕީ އަށް ލިބިފައިވާ ވޯޓައި % ؟؟ މުޅީންވެސް ޙަގީގަތް އެނގިތިބެ ޙަގީގަތް އޮޅުވާލުމާއި ގޭމްޖެއްސުން. އެހެންވެ އެޕާޓީތެރޭގައިވެސް ހަމަނުޖެހުން މިއަދު އެވަނީ ބޮޑުވެފައި. އެމްޑީޕީ އުފެދުނުގޮތާއި އެއީ ކޮންބައެއްގެ ޖާނާއި މާލުން ވެވުނު ގުރުބާނީއެއްކަން މިހާރުގެ ކުރިއަށްކުޅޭ ބޮޓުންކޮޅު އެވަނީ ހަދުމަނެތިފައެވެ. ނުވަތަ އެނގިތިބެވެސް ކަނުކަމަށް ދެއްކެނީއެވެ. ކިޔަވައިގެން ތިބި އެތަކެއްް ހާސް ބަޔަކު ތިބިއިރުވެސް ނުލަފާ ހަޔާތްކުޑަ މީހުންގެ އަބުރުކަތިލުމާއި ގޭންގު އުސޫލުގެންގުޅޭ ބޮޓުންނޫނީ ކުރީސަފަކަށް އެބައިމީހުންގެ ހަރުކަށި ފިތުނަ ކަލްޓް ލީޑަރު ނުނެރޭނެއެވެ. ވީމާ ދެން އެމްޑީޕީގެ ދުވަސް ދިއުންނޫންގޮތެއް އާޚިރަތުގައި ނުވާނެއެވެ. ހޭލާށޭ ގައުމު. ހޭލާށޭ ރައްޔަތުން. ދެން ގައުމުގައި ބޮޑުހުޅުޖަހައިގެން ސަލާމަތްވިޔަ ދީގެން ނުވާނެއެވެ.

  3. ސަންދާނޫ ތީ ބުރާންތިއަރާފަ އޮތް ނިއުސް އެއްތަ… ކަލޭމެންގެ ބަހުރުވަ ތިހުރީ ވަކަރުގޭ ކުދިންނައްވުރެއް މަތީގައެއްނު.. މާބޮޑައް ވަކިފަރާތަކައްޖެހި ސިޔާސީ ވާންވެއްޖެއާ ވާނެ ހުރިހާ ސިފައެއް މިހާރު އެބަހުރި.. ގަބޫލުކުރިއަސް ނުކުރިއަސް ޔާމީނު ދެނެއް ވެރިކަމަކައް ނާއްނާނެ.. 2013 ގަވެސް އައީ ވަގު އެތައްހާސް ވޯޓެއް އަޅައިގެން.. ބޯހަލާކު.. ކަލޭމެން ތާއީދު ކޮއްބަލަ ނޯތުކޮރެއާ އާއި… މިވަރިގެ ބުރާންތިން ތިބި ނިއުސް އެއް މަވާ ނުދެކެން…

    1. އެހެންތޯ؟ ތިމަނިކުފާނު ތިލިޔުއްވީ ވަކި ފަރާތަކަސް ނުޖެހި މިނިވަން ޚިޔާލެއްތޯ؟ އެހެންކަމަށް ވަންޏާވަރަށް ރަނގަޅެވެ. އެނޫނީ ތިވެސް މުނާފިގެކެވެ. މަށަށް ސަންދާނު 2001ން ފެށިގެން މިއަދާ ހަމައަށްވެސް ވަރަށް މަގުބޫލެވެ. 2001ގައި އަހަރެމެން ސަންދާނު ކިޔަނީ ޕްރިންޓްކޮށްގެން ގޭގެ ކޮޓަރިއަށް ވަދެ ކޮޓަރި ތަޅުލައިގެން ތިބެއެވެ. އެއީ މައުމޫނުގެ ޖައްލާދަކަށް އެ ކިޔާތަން ފެނިއްޖެނަމަވެސް ހޭއަރުވާލާތީއެވެ. މިކަން އެންމެ ބޮޑަށް އެނގޭނީ ފިސްތޯލަ ޕާޓީގެ ނައިބު ޢަބުދުއްﷲ ރިޔާޒަށެވެ. އެއީ އަންނި އެމްޑީޕީގެ 2018 ގެ ކޯލިޝަން ޕާޓުނަރެވެ. މިކަންވެސް ތިފަރާތަށް ނުއެގިއޮވެދާނެއެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. ދެފަރާތުގެ ޚިޔާލުވެސް ސަންދާނުން ގެނެސްދޭނެކަމަށް މަވެސް ޖަވާބެއް ވައްޓާލީއެވެ.

Leave a Reply to އަލީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް