ސައުދީ އޮތީ އިޒުރޭލާއެކު ގުޅުން ބަދަހި ކުރުމަށް ތައްޔާރަށް

Loading

Facebook
Twitter
WhatsApp
UN HEADQUARTERS, NEW YORK, NY, UNITED STATES - 2016/03/04: Ambassador Al-Mouallimi speaks to the UN press corps. Amid speculation based upon the previous day's Security Council session on the crisis in Yemen, Saudi Arabian Ambassador to the United Nations Abdallah Al-Mouallimi spoke at a press briefing to reaffirm his nation's position that the existing Council Resolution 2216 provides a sufficient framework for political discussions surround Yemen and to deny that Saudi forces have been responsible in any way for the humanitarian crisis there. (Photo by Albin Lohr-Jones/Pacific Press/LightRocket via Getty Images)

އަރަބި ގައުމުތަކުން 2002 ވަނަ އަހަރު ހުށައަޅާފައިވާ ޝަރުޠުތަކަށް އިޒުރޭލުން އެއްބަސްވާނަމަ އެގައުމާއެކު ގުޅުން ބަދަހި ކުރުމަށް ސައުދީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ބުނެފިއެވެ.

ސައުދީ ސަރުކާރުން އ.ދއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އަލްމަޢުލޫމީ، އަރަބް ނޫސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ސައުދީ ސަރުކާރުން އަރަބި ގައުމުތަކުގެ މެދުގައި ސުލްހަވެރިކަން ބޭއްވުމަށް މަސައްކަތް ކުރާނެއެވެ. މިގޮތުން ސައުދީއިންވަނީ 1967 ވަނަ އަހަރު އިޒުރޭލުން ހިފާފައިވާ އަރަބި ބިންތައް އިޒުރޭލުން ދޫކޮށްލުމުގެ އިތުރުން، އިރުމަތީ ޖެރޫސަލެމްގައި ފަލަސްތީނުގެ ވެރިކަމެއް ގާއިމު ކުރުމަށް ގޮވާލާފައެވެ.

”2002 ވަނަ އަހަރު ހުށައެޅި ޝަރުޠު ތަކަށް އިޒުރޭލުން އެއްބަސްވުމުން އެގައުމާއެކު ގުޅުން ބަދަހި ކުރުމަށް ސައުދީ އޮތީ ތައްޔާރަށް.“ އަލްމަޢުލޫމީ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މަޢުލޫމީ ވިދާޅުވެފައިވާ ގޮތުގައި މި ޝަރުޠުތަކަށް އިޒުރޭލުން އެއްބަސްވެއްޖެ ނަމަ ”ސައުދީގެ އިތުރުން އަރަބި ގައުމުތަކާއި އިސްލާމީ ދުނިޔެއާއެކު ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

”ވަގުތު ފާއިތުވުމަކީ ގޯސްތައް ފޮހެވިގެންދާނެ ކަމެއްނޫން. ކިތަންމެ ގިނަ ދުވަހެއް ފާއިތު ވިޔަސް އިޒުރޭލުން ފަލަސްތީނުގެ ބިން ހިފައިގެން އުޅުމަކީ ކުށެއް.“ އޭނާ ވިދާޅުވެފައި ވެއެވެ.

ފާއިތުވި މަހު އިޒުރޭލުގެ މީޑިޔާތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ 20 ޔަހޫދީ ލީޑަރުން ހިމެނޭ މަތީފެންވަރުގެ ވަފުދެއް ވަނީ ސައުދީ އަރަބިޔާއަށް ޒިޔާރަތްކޮށް، ސައުދީގެ މަތީފެންވަރުގެ ވެރިންގެ އިތުރުން ސައުދީގެ ރިޔާސީގަނޑުވަރު ތަމްސީލްކުރައްވާ އިސްމަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން ތަކުގައި ރިޔާޒާއި ޓެލް އަވިވް އާއި މެދު ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާމެދު ވަނީ ވާހަކަ ދައްކާފައެވެ.

ސައުދި ސަރުކާރުން ވަނީ ތިން ފަހަރެއްގެ މަތިން ސުލްހަ ގާއިމު ކުރުމަށް އަރަބި ގައުމުތަކުން ހުށައަޅާފައިވާ ޝަރުޠުތައް ހާމަ ކޮށްފައެވެ. 2002ވަނަ އަހަރު ސައުދީން އިސްނަގައި ހުށަހެޅި ޝަރުޠުތަކުން މިކަން ހާމަ ވެގެން ދެއެވެ.

1967ވަނަ އަހަރު އިޒުރޭލުން ވަނީ އިޒްރޭލް-އަރަބި ހަނގުރާމައަށް ފަހު ފަލަސްތީނާއި އަރަބީންގެ އެތައް ބިމެއް ހިފައި އެތަންތަނަށް ވެރިވެގެންފައެވެ. އިޒުރޭލުން ފަލަސްތީނުގެ ބިމަށް ވެރިވުމަކީ ބައިނަލްއަގުވާމީ ދުނިޔެއިން ވެސް ގަބޫލު ކުރާ ކަމެއް ނޫނެވެއެވެ.

 

Loading

One Response

Leave a Reply to މުހުސިން އިސްމާޢީލު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް