Skip to content
ރާއްޖެ

​މިސްކިތަށް ކުޑަކަމުދިޔަ މީހާ މިއަދު މިސްކިތަކަށް ވަދެ ޚަތިމަށް ރަތްކުޅު ޖަހައިފި!

ޢާއިޝަތު އީލާފްޢާއިޝަތު އީލާފް

​ނިމިދިޔަ އޮކްޓޯބަރ މަހު މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ މިއަދު މިސްކިތަކަށް ވަދެ ޚަތިމަށް ރަތްކުޅު ޖަހައިފިއެވެ.

​އެނގިފައިވާ ގޮތުގައި ރައީސް އޮފީސް ކުރިމައްޗަށާއި ބައެއް މިސްކިތްތަކަށް ކުރިން ކުޑަކަމުދިޔަ މި މީހާ، މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖަހާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

​އޭނާ ރަތްކުޅު ޖަހާފައިވަނީ މަސްޖިދުލް އިބްރާހީމް މިސްކިތުގައި ހުރި ޚަތިމަކަށެވެ. ޚަތިމަށް ރަތް ކުޅު ޖެހުމުން މިސްކިތުގައި ތިބިމީހުން ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި އޭނާ ވަނީ ޚަތިމަށް ކުޅުޖެހިކަމަށް އިޢުތިރާފް ވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްޖިދުލް އިބްރާހީމް މިސްކިތަށް އަރާ ޚަތިމަކަށް ކުޅުޖެހި މައްސަލައެއްގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު 16:03 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

​މީގެ ކުރިން އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔުމުން ވެސް ދޫކޮށްލާފައިވާ ހަސަން ޒިޔާދު، މިއަދު މިސްކިތެއް ތެރެއަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply