​މުވައްޒަފުން ސިޔާސީ ވާހަކަ ދެއްކުން: ފުރަތަމަ ދަރަޖައިގެ ކުށެއް!

Loading

Facebook
Twitter
WhatsApp

​ސިވިލް ސާވިސްގެ ގަވައިދަށް އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ސިޔާސީ ވާހަކަ ދެއްކުމަކީ މުޅިން މަނާ ކަމެއް ކަމަށް ކަނޑައަޅައި އެއީ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ދަރަޖަ ކޮށްފިއެވެ.

​އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

​މީގެ އިތުުރުން އެ ގަވާއިދުގައިވާ ގޮތުން މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެެވެ.

ގަވާއިދަށް ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްފަދަ ޖިނާއީ ތަހްގީގެއް މުއައްޒަފުގެ މައްޗަށް ހިންގާނަމަ 30 ދުވަހަށް ވަޒީފާއިން ސަސްޕެންޑް ކުރުމާއި ތަހުގީގުގެ ބާވަތުން އެމުއްދަތު އިތުރު ކުރުމުގެ ބާރުވެސް ސިވިލް ސާވިސް ކޮމިޝަނަށް ވަނީ ލިބިގެންނެވެ.

​ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަކީ ރައީސް ސޯލިހް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިގެން އެމްޑީޕީގެ ސްޕަމެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް އެމަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް