​ޖިންސީ ގޯނާގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި 63 އަހަރުގެ އަންހެން މީހާ ދޫކޮަށްލައިފި!

Loading

Facebook
Twitter
WhatsApp

​ގަލޮޅު ސުކޫލުގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފިއެވެ.

​ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކޮށްފައިވަނީ އެސްކޫލު ސާފު ކުރުމުގެ ވަޒީފާގައި އުޅޭ އަންހެނެކެވެ.

​ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާ ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވާތީ ކަމަށެވެ.

”ތުހުމަތު ކުރެވޭ ފަރާތް ވަނީ ބަންދުން ދޫކޮށްލާފައި. ނަމަވެސް މައްސަލަ ދަނީ ތަހުގީގު ކުރަމުން“ ފުލުހުން ވިދާޅުވިއެވެ.

​މި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ސްކޫލު ތެރޭގައި ކެމެރާ ހަރުކޮށް، ހުރިހާ މަސައްކަތު އަންހެނުން ވަނީ ސަސްޕެންޑު ކޮށްފައެވެ.

އެ ސުކޫލުން އެ ދުވަހު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އެ ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށާއި ކުދިން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ޔެަ​ސުކޫލުތަކުގައި ކިޔަވައިދެމުންގެންދާ ބޭބީ ނާސަރީ އާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖްގެ (އެލްކޭޖީ އަދި ޔޫކޭޖީ) ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި ދަރިވަރުންނަށް ޒިންމާވާނެ ޓީޗަރަކު އެކުދިންނާ ހަވާލުވެ ހުރިކަން ސުކޫލުތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރައްވަންވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް