ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ހޯދުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ތިބޭ ބަންދު މީހުން ނުވަތަ ވާނުވާ ބަންދު މީހުންނަށް މީހުންނަށް ހައްގުތައް ހޯދުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

މި  މައްސަލާގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ވާނުވާ ނޭގޭ ގޮތަށް ޖަލުތަކުގައި އެތައް އަހަރުތަކެއްވަންދެން އެކިއެކި ފަރާތްތައް ބަންދުކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށިވާ ފަރާތްތަކާއި، ހެކިބަސް ނެގުމުގެ މަރުހަލާގައިވާ ފަރާތްތަކާއި ހުރިހާ އަޑުއެހުންތައްނިމި ހުކުމް ނުކުރެވި އެތަކެއް ދުވަސް ވެފައިވާ ފަރާތްތައް ހިމެނޭކަމަށްވެސްމައްސަަލައިގައިބުނެފައިވެއެވެ.

ވާނުވާއަށް ހައްލެއް ނުލިބި އޮތްއިރު އެ ފަރާތްތަކަށް ބޭސްފަރުވާގެ ހިދުމަތް ވެސް އެކަށީގެންވާ މިންވަރަށް ފޯރު ކޮށްދެވެމުން ނުދާކަމަށް ވެސް ސިރާޖު ހުށަހެޅުއްވި މައްލައިގައި ވެއެވެ.

”ދެން އޮތް އަނެއް ކަންބޮޑުވުމަކީ ވާނުވާ ބަންދުގައި ތިބޭ ފަރާތްތައް ހިމެނޭ ގޮތަށް، ބަންދު ކުރެވިފައިވާ އެތަކެއް ސަތޭކަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ބޭސްފަރުވާގެ ހިދުމަތް އެކަށީގެންވާ މިންވަރަށް ފޮރުކޮށްދެވެމުން ނުދާ މައްސަލަ,“ ސިރާޖު ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ މިދިޔަ ބުދަ ދުވަހު  މާލޭ ޖަލުގައި ހުއްޓާ މަރުވި މ. މަލަސް, އިސްމާއީލް ޝަބީން ބަންދުގައި ހުރިއިރު ބޭސްފަރުވާއަށް އެތައް ފަހަރެއްގެ މަތީން އެދިފައިވާ ކަމަށާ ނަމަވެސް އޭނާއަށް ބޭނުންވާ ފަރުވާ ލިބިފައިނުވާ ކަމަށެވެ.

ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ވެސް ސިރާޖު ވިދާޅުވެފައިވެއެވެ. އަދި މިކަމަށް އެކަނި ބަލައިލުމުންވެސް އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމާއި، އެމީހުންގެ ހައްގުތައް ހޯދައި ނުދެވޭކަން ވަނީ ފާހަގަކޮށްފައެވެ.

”މިކަމުން ދަލާލަތު ކޮށްދެނީ ޖަލުތަކުގައި އަދިވެސް ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާ ކަން،“ ސިރާޖު ވިދާޅުވިއެވެ.

މިމައްސަލައިގައި ވާހަކަ ދެއްކެވި އެހެން މެމްބަރުންވެސް ވަނީ ބަންދުގައި ތިބޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތައް ފޯރުކޮށް ނުދުނުމުގެ މައްސަލަ އަކީ  ވަރަށް ސީރިއަސް އަދި ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

އަދި ޖަލުގައި ވާނުވާ ގައި ބަންދުކޮށްފައިވާ މީހުން މިހާރުން މިހާރަށް ދޫކޮށްލައި އެމީހުންގެ ޝަރީއަތް ވީހާވެސް އަވަހަށް ފެށުމަށްވެސް ބައެއް މެންބަރުން ވަނީ މިއަދުގެ މަޖިލީހުގައި ގޮވާލާފައެވެ.

Loading

One Response

  1. Ekieki nanamuga Ekieki giihoyha badhalu ge namuga thibahaa faisaa tha rayyithunge faisaa in dhiumuge badaluga ekamaka zimma vaa bayaku athun efaisaatha dhey gotha othun muhimmu sarukaaruge vazeefaa kamugai viyas vazeefaa ah kureveyne kameh noanaane ekamaka havaaluvaabayaka adhabu libeyne dhuvahakaa vaguthaka ummeedhukuran

Leave a Reply to rayyitu Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް