ރާއްޖެއަށް ކަރަންޓް ސާމާނު އެތެރެކޮށް ވިއްކާ ފަރާތްތަަކަށް ތަމްރީން ޕްރޮގްރާމެއް ހިންގަނީ

Loading

Facebook
Twitter
WhatsApp

 

ރާއްޖެއަށް ކަރަންޓް ސާމާނު އެތެރެކޮށް ވިއްކާ ފަރާތްތަަކަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ ތަކެތި ފާހަގަކުރުމަށް އެ  މިނިސްޓްރީން އެކުލަވާލެވިފައިވާ ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

އަންނަ މަހު ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމު އަމާޒު ކުރެވިފައިވަނީ ރާއްޖެއަށް ކަރަންޓު އާލާތްތައް އެތެރެކޮށް އަދި ވިއްކާ ފަރާތްތަކަށް ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އަދި  މި ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 18:00 އަށް ވަނީ ހުޅުވާލައިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ތަމްރީން ޕްރޮްގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް