ބޭރުގެ ސަރުކާރުތަަކާއި މުޢާމަލާތުކުރުމުގައި އަޅުގަނޑުމެންގެ ހުރި ބަލިކަށިކަން

Loading

Facebook
Twitter
WhatsApp

ބޭރު ގައުމުތަކާއިބެހޭ ކަންކަމާއި ބައިނަލް އަގުވާމީ ގުޅުންތަކާއިބެހޭ 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންނާއި ބިދޭސީނަނާއި ގުޅުން ބަދަހިކުރަން އޮންނަ ގަވާއިދުތައް ބިދޭސީ އެކުވެރިންނަށް އަންގާނެ ހިއްވަރު އަޅުގަނޑުމެންގެ މައިބަދައިގައި ހުންނަ ވަރަށް ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ތަސައްރަފު ފުދޭނީ ކޮން އިރަކު ބާއެވެ. 

ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކޮންމެ ސަރުކާރެއް އޮތަސް، އަޅުގަނޑުމެން ބޭނުންވާ ވަރަށްވުރެވެސް ބޮޑަށް، އެކުވެރި ބޭރު ގައުމުތަކުގެ ބޭނުންތަކާއި އެއްގޮތަށް ގައުމުގެ ކަންކަން ދީލާލެވޭތަނެވެ. މިކަންތައް އެނގުމުގެ ކުރިން، އަޅުގަނޑުމެންގެ ގައުމުގައި ހުރި ދަތިތަކަށް ހައްލުހޯދާނެގޮތަކާއިމެދު ވިސްނާލާނެ މާގިނަ ވަގުތެއް އަޅުގަނޑުމެންނަށް ލިބިފައެއް ނުވެއެވެ. ގިނަވަގުތު ހޭދަކުރެވިފައިވަނީ އަޅުގަނޑުމެންގެ އެކުވެރި ބޭރު ގައުމުތަކުގެ ބޭނުންތައް އަވަހަށް ފުއްދާނެ ގޮތްތައް ހޯދުމަށެވެ. އޭގެ ބަދަލުގައި ތަރައްގީގެ ކޮންމެވެސް ކަމެއް ކުރުމަށް ވަރަށްމަދު މިންވަރަކަށް ފަންޑު ކުރެއެވެ. 

މިދެންނެވި ގޮތާއި ޚިލާފަށް ރާއްޖޭގެ ތަރައްގީއަށް އެހީވި ބޭރުގެ ގައުމަކަށް ފެންނަނީ ޗައިނާ އެކަންޏެވެ. މިއީ ބައެއް މީހުންނަށް ގަބޫލުކުރަންދަތި ހަގީގަތަށް ވެދާނެއެވެ. އެހެންނަމަވެސް ޗައިނާއިން ރާއްޖޭގެ ތަރއްގީއަށް ކޮށްފައިވާ ހޭދަތަކަށް ބަލާއިރު، އެހެންގައުމަކަށް ޗައިނާއާއި މިރޮނގުން ވާދަ ނުކުރެވޭނެއެވެ.

ސިޔާސީކަންކަމަށް ބަލާލާއިރު، އެކުވެރި ހުޅަނގުގެ ގައުމުތަކުން ނުވަތަ ގަލްފުގެ އަރަބި ގައުމުތަކުން ތަރައްގީގެ އެހީއަށް އެދުމުން އަޅުގަނޑުމެންނަށް ނޭނގޭކަމަކީ އެގައުމުތަކުން އެހީދޭއިރު އެ އެހީއާއެކު މަޅިތަކެއް ހަރުކޮށްފައި ހުންނަކަމެވެ. ބޭރުގެ ކޮންމެ ގައުމަކުން އެދޭ އެދުން ބިނާވަނީ އެގައުމެއްގެ އަމިއްލަ ކަންތަކާއި އެހެން ގައުމުތަކުން ބެހޭ ބެހުމުގެ ތާރީޚީ މާޒީއާއެވެ. 

އަޅުގަނޑުމެންގެ ތެރެއިން ބައެއް ލީޑަރުން ސިޔާސީގޮތުން މަޝްހޫރުކަން ހޯދަނީ ބާރުގަދަ ބޭރު ގައުމުތަކުގެ އެކުވެރި ސަރުކާރުތަކާއި ގުޅުން ބަދަހިކޮށްގެންނެވެ. އެހެންނަމަވެސް، މި ރީތި ގައުމުގެ ރައްޔިތެއްގެ ހައިސއްޔަތުން، އަޅުގަނޑުމެންނަށް އެންގެންވީ ބޭރު ގައުމުތަކާއިބެހޭ ކަންކަމާއި ބައިނަލް އަގުވާމީ ގުޅުންތަކުގެ ތެރެއިން ގައުމު ތަރައްގީކުރުމަށް ނުވަތަ އިގުތިޞާދީ އެހީދޭއިރު އަޅުގަނޑުމެންގެ ބިދޭސީ އެކުވެރިންގެ އޮންނަނީ އެންމެ މަގުޞަދެކެވެ. 

ބޭރުގެ ގައުމުތަކުންދޭ އެހީގެ އެންމެ މައިގަނޑު އަދި ހަމައެކަނި މަގުޞަދަކީ އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ މައްޗަށް ނުފޫޒު ފޯރުވާނެ ގޮތްތައް ހޯދާ، އެ ނުފޫޒުގެ ސަބަބުން ދުރު މުސްތަގުބަލެއްގައި އެގައުމުތަކަށް ފައިދާކުރާނެ ގޮްތްތައް ހޯދުމަށެވެ. 

މިއީ އެހުރިހާ ކަމެއް ހިނގާ ގޮތެވެ. ބޭރު ގައުމުތަކާއިބެހޭ ކަންކަމާއި ބައިނަލް އަގުވާމީ ގުޅުންތަކަކީ ބިއްދޮށު ދޮރާށިން ކުރާ ވިޔަފާރިއެކެވެ. މިއީ ބައިނަލްއަގުވާމީ އިގުތިޞާދު ހިނގާ ގޮތެވެ. 

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުންނަ ގިނަ އެމްބަސީތަކުގައި މަދުވެގެން އެއް އިންޓެލިޖެންސް އޮފިސަރެއް ހުރެއެވެ. އެ އޮފިސަރުގެ މަސައްކަތަކީ ގުޅިފައިވާ ގައުމުތަކުގެ މަޢުލޫމާތު ހޯދުމެވެ. އެމައުލޫމާތުތައް އެދާއިރާގެ ތަޖުރިބާކާރަކު ދިރާސާކޮށް އެގައުމުތަކަށް ނުފޫޒު ފޯރުވާނެ ފުރުސަތުތައް ހޯދުމެވެ. 

މިހާރު އެކުވެރި ބޭރު ގައުމުތަކުގެ ސަރުކާރުތަކުން އެގައުމުތަކުގެ އަމިއްލަ އެޖެންޑާއެއް ދިވެހިރާއްޖެގައި ގެންގުޅެއެވެ. ގިނަގައުމުތައް ހިމެނޭ އެއްވެސް ގްރޫޕެއްގައި، ބައިނަލްއަގުވާމީ ހުރިހާ ކަމެއްގައި އެއްގޮތަކަށް ނިންމާފައިވާ ކަމެއް ނުވެއެވެ. 

މިދާއިރާގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން، ބޭރު ސަރުކާރެއްގެ އޮފިޝަލަކާ ބައްދަލުކުރާއިރު، އެގައުމަކާއިބެހޭ ގިނަކަންކަމާއިމެދު ވިސްނާލަންޖެހޭނެއެވެ. އެަގައުމުގެ ތާރީޚާއި، އާދަކާދަތަކާއި، ސިޔާސީ ތާރީޚާއި، މިހާރު ހިނގާ ކަންކަމާއި، އިސްލާމްދީނާއިބެހޭ ސިޔާސަތުތަކާއި، އެހެން ގައުމުތަކާއި އޮންނަ ސިޔާސަތުތަކެވެ. 

މިސާލަކަށް، ކޮންމެ ގައުމަކުން އަޅުގަނޑުމެންގެ ހުރިހާކަމެއް ކޮންޓްރޯލު ކުރަން ބޭނުން ނުވެދާނެއެވެ. އާއެކެވެ. ގިނަގައުމުތަކުން ބޭނުންވެއެވެ. އެހެންނަމަވެސް، އެމީހުން ބޭނުންވާ ހުރިހާ ފައިސާއެއް ލިބިފައިވާ ގައުމެއްކަމުގައިވާ ޗައިނާ ތަފާތެވެ. އެގައުމުން ބަލަނީ އެގައުމުން ފަންޑުކުރާ ތަރައްގީގެ ރަނގަޅު އިންވެސްޓްމަންޓު ފުރުސަތުތަކުގެ ބަދަލުގައި ދިގު މުއްދަތަކަށް އެގައުމަށް ފައިދާކުރާނެ އަދި އެގައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބިދޭނެ ފުރުސަތުތަކެކެވެ. އެހެންކަމުން އެގައުމުން ބޭރުގެ ސިޔާސަތު ފަރުމާކޮށްފައިވަނީ ވިޔަފާރީގެ ނަޒަރުންނެވެ. މިފަދަ ވިޔަފާރީގެ ވިސްނުންހުރި ގައުމަކާއި ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ތަޖުރިބާކާރު ބަޔަކު މި ސަރުކާރުގައި ތިބިނަމަ އަޅުގަނޑުމެންގެ ގައުމަށް ވަރަށް ފައިދާކުރާނެއެވެ. 

ބައެއް ހުޅަނގުގެ އެކުވެރި ގައުމުތަކުންނާއި އަރަބި ގައުމުތަކުން، އެހެން މިނިވަން ގައުމުތަކުގެ އިންތިޚާބުކޮށްފައިވާ ސަރުކާރުތަކާއި ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން ގައުމުތަކަށް އަރައެވެ.  ސަބަބަކީ ކޮބައިބާއެވެ؟ ބައެއްފަހަރު ގުދުރަތީ ވަސީލަތްތަކުގެ ބޭނުމުގައެވެ. އަނެއްބައިފަހަރު އެގައުމުގެ ވެރިޔާ ކަމުނުދާތީއެވެ. މިއީ އަޅުގަނޑުމެންނަށް ވާ ބޮޑު ރަތްދިދައެކެވެ. މިއީ ތަރައްގީގެ ފަސޭހަ ފަންޑުތަކުގެ ބަދަލުގައި އަޅުގަނޑުމެންނަށް އުއްމީދު ކުރަންޖެހޭނީ ކޮންއެއްޗެއްކަން އަންގައިދޭ ކަމެކެވެ.  

ހުރިހާ ޕާޓީތަކުގައި ރަނގަޅު ގިނަ ސިޔާސީމީހުން ތިބިކަމުގައިވިޔަސް، ބޭރުގެ ގައުމުތަކާއި މުޢާމަލާތު ކުރާއިރު، އަޅުގަނޑުމެންގެ ގައުމާއި މީހުންގެ ބޭނުންތައް ފުރަތަމަ ހުށަހަޅާނެކަން ޔަގީންކޮށް، ބޭރު ގައުމުތަކާއި ހަމަހަމަ، ރަނގަޅު، ހަރުދަނާ ގުޅުމެއް އުފައްދާނެގޮތެއް އެމީހުންނަކަށް ނޭނގެއެވެ. 

ބޭރު ގައުމުތަކާއި ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާ ވަރުގަދަ މައިބަދަ އަޅުގަނޑުމެންނަށް ބިނާނުކުރެވޭނަމަ، އެފަދަ ބައްދަލުވުން ކަންބަޅި ބަކަރި އާއި ހިޔަޅުގެ ބައްދަލުވުމުކޭ އެއްގޮތްވާނެއެވެ. ނިންމާލަމުން ދަންނަވާލަން ބޭނުންވަނީ މި ހުރިހާ ކަމަކުން މިދަނީ މިގައުމުގައި މިހާރުއޮތް މިނިވަންކަމާއި އަމާންކަން މަރުވަމުންކަމެވެ.  

Loading

2 Responses

  1. މުޅިޔަކުން ތެދެއްނޫނެވެ. އިބުރާހިމް ނާސިރަކީ ގައުމު އެދުވަސްވަރާބަލައި ވަރަށް ޒިންމާދާރު ޚާރިޖީ ޕޮލިސީއެއް ގެންގުޅުއްވި ވެރިޔެކެވެ. އެގޮތުން އިނގިރޭސިންގެ ބޮލަށް އެރިވަޑައިގެން އެއްވެސް ހަތިޔާރެއް ބާރެއްނެތް މި ދިވެހި ރާއްޖެ އެވެރިންގެ ނުފޫޒުން މިނިވަންކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އަތްގަދަކޮށްގެން ތިބި އިންޑިއާގެ ވިޔާފާތިވެރިންގެ އަތްދަށުން ދިވެހިންގެ އަތްމައްޗަށް ވިޔާފާރި ފޮރޮލާލެއްވިއެވެ. ހަމަ އެހެންމެ މައުމޫނު ގައްޔޫމުގެ ވެރިކަމުގައިވެސް ޚާރިޖީ ސިޔާތު މިހާ ދޯހޮޅިއެކޭ ނުދެންނެވޭނެއެވެ. އަދި އެގެންގުޅުއްވި ނަންއެލައިން މޫވްމަންޓް ސްޓޭންޑް ވަރށް ބަރާބަރޭ ބުނުން ދޮގަކަށް ނުވާނެއެވެ. މައުމޫނުގެ ހަލާކަކަށްވީ އޭނަ ޢުމުރުދުވަހަށް ބައެއް ޢަރަބި ލީޑަރުންހެން ވެރިކަމުގައިހުންނަން ނިންމައި ވެރިކަމުގެ ސިޔާސަތަށް ގޮތްކިޔާމީހެއްވެ މައިބަދަ ބިންދާ ސިޔާސަތެއް ތަންފީޒް ކުރަންފެށުމުންނެވެ. ޑރ. ވާހިދުގެ ޚާރިޖީސިޔަސަތު އެނގޭހާ ދުވަހު ވަރިކަމުގައި ނުހުރެވުނެވެ. ޔާމީނުގެ ގެ ޚާރިޖީ ސިޔާސަތުގައިވެސް ގައުމު އަޅުވެރި ކުރުމެއްނެތެވެ. އަދި ގައުމިއްޔަތު ހިފެހެއްޓިއެވެ. ޗައިނާ އަށް ދީލައި ޚިޔާނާތުގެ ބަލާވެރިކަން ބޮޑުވިކަމުގައި ބަޔަކު ގަބޫލުކުރިއެވެ. ނަޝީދުގެ ވެރިކަމުގައި އެއި އެއްވެސް ސިޔާސަތެއްނެތް ކުޅިގަނޑެއްގެ ގޮތުގައި ބުނެވިދާނެއެވެ. ދެން މިހާރު ރައީސް ސޯލިޙުގެ ވެރިކަން މިހިންގަނީ ސޯލިޙުގެ މާބޮޑު ބާރެއްނެތި މަޖިލިސްގެ ރައިސް ނަޝީދު ނޫންތޯއެވެ. އެހެންވުމުން ނަޝީދު އާއި ސޯލިހު ރުޅިނާންނާނޭގޮތެއްގެ މަރިން ޚާރިޖީ ސިޔާސަތު މިހިންގަނީ ޝާހުދުނޫންތޯއެވެ. އެ ސިޔާސަތަކި ވެރިކަން ބަދަލުކޮށްލުމަށް އިންޑިއާއިން ކުރި އިންވެސްޓުގެ ބަދަލުގައި އިންޑިއިން ބޭނުންވާގޮތަކަށް ޚާރިޖީ ސިޔާސަތެއްނެތި ހިންގުމެވެ. ދެން އަންނަ މީހަކު ހަދާގޮތެއް އެނގިދާނެތާއެވެ.

  2. ވެިކަމަކީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެކެވެ އެއީ އަމާނާތެކެވެ. އޭގެތެރެއަށް ޢާއިލާގެ މީހުންނާއި ރައްޓެހިން ވައްދައިގެން އުޅޭނަމަ އަދުލުވެރިކަމާއެކު ވެރިކަމެއް ނުކުރެވޭނެއެވެ. ނާސިރުގެ ވެރިކަމުގެ ފަހުދައުރުގައި އަޅުގަނޑު ވަޒިފާ އަދާކުރީ އިންޖީނުގޭ ކޭޝިއަރގެ މަގާމުގައެވެ. ވަޒީފާގައި ދެމަހެއްހާދުވަސްވީތަނާހެން ކަރަންޓުބިލްތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ރައީސްއޮފީހަށް އަންގަންޖެހުނެވެ. އެންމެފުރަތަމަ ވެލާނާގޭން ނުދައްކާހުރި ބިލްތަކެވެ. ބިލްތަކުގެ ތަފްސީލު ފޮނުވުމާއެކު ހުރިހާބިލަކަށް ފައިސާ ދެއްކިއެވެ. އަދި ވެލާނާގޭ ފައިސާއާބެހޭ ބޮޑެތި މީހުންނާއި އިންޖީނުގޭސެކްރެޓަރީ ވަޒީފާއިން ވަކިކުރިއެވެ. އެޒަމާނުގައި ޑެޕިއުޓީ މެނޭޖަރަކާއި އޭނާގެ ޑެޕިއުޓީއެއް ނުހުރެއެވެ. އެންމެ އިސްކޮށްތިބީ މެނޭޖަރާއި ސެކްރެޓަރީއާއި ކޭޝިއަރެވެ. ދެންތިބީ 3 ކާތިބަކާއި 2 ޕިޔޯނުންނެވެ. މިހާރުގެ މީހުންނަށް ބޭރުގެ ގުޅުންތައް އެއްފަރާތުގައި ބާއްވާފައި އެތެރޭގެ ކަންތައް ހަމަޔަށް އަޅުވަން މީގެ ބައިކުޅަބައެއް އަދާކުރެވޭތަން ފެނުނަސް އުފާކުރާނަމެވެ.

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް