ޖިންސީގޯނާގެ މުޑުދާރު ތުހުމަތު އިންސާފް ކުރިމަށްޗަށް ގެނައުމާއެކު ރައީސުލް ޖުމްހޫރިއްޔާ ގޯސްވެއްޖެ: އަނދުން ހުސައިން

Loading

Facebook
Twitter
WhatsApp

 

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދުގެ މަށްޗަށް މުއައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ މުޑުދާރު ތުހުމަތުތައް ކުރުމުން އެކަން އިންސާފްގެ ކުރިމަށްޗަށް ގެނައުމާއެކު ގޯސްވީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު އަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކުން ރެކެން ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނިކޮށް ވިސާގެ މައްސަލައެއްގައި އެގައުމުގެ ފުލުހުން ވަނީ މިދިޔަ މަހުގެ 25 ގައި އޭނާ ހައްޔަރުކޮށް ޖަލަށް ލާފައެވެ.

ޔޫކޭގެ ޖަލުން މިނިވަންވުމާއެކު ރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ މި ވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތްތަކާމެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިއުއްވާ ވާހަކަފުޅު ދައްކަވާފައެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަ ކުރާ ކަމަށާއި، އަދި އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

އަދި ރައީސް ޔާމީނަށް ކޮށްފައިވާ ޝަރީއަތަކީވެސް އިންސާފުން ބޭރުން ކޮށްފައިވާ ޝަރީއަތެއް ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އަލީ ވަހީދަށް ޓެގްކޮށް މެންބަރު ހުސައިން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ރައީސުލްޖުމްހޫރިއްޔާ ގޯސްވީ ޖިންސީ ގޯނާކުރި މައްސަލާގައި އިންސާފުގެ ކުރިމައްޗަށް ގެނައުމުންކަމަށެވެ.

“ ހިތާމަ ހުރިކަމެއް. 15 އަށްވުރެ ގިނަ ދިވެހި ކަނބަލުން މުއައްޒަފުންނަށް އެކި މިންވަރަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި ކަމުގެ މުޑުދާރު ތުހުމަތު އިންސާފްގެ ކުރިމަށްޗަށް ގެނައުމާއެކު އަލީ ވަހީދަށް ރައީސުލް ޖުމުހޫރިއްޔާ ގޯސް ވެއްޖެ.“ ހުސައިން ވިދާޅުވިއެވެ.

އަނދުން ހުސައިން  ވިދާޅުވީ ގޯނާ އާއި ފުރައްސާރަ ވި ފަރާތްތަކަށް އިންސާފް ލިބެންޖެހޭނެ ކަމަށެވެ.

 

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ.  އޭގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު  ވިދާޅުވީ, ކުށެއް ނުކުރާ ކަމަށާއި އަދި ކުށެއް ނުދެއްކޭނެ ކަމަށާއި އޭނާއާމެދު ކުރާ ތުހުމަތުތަކަކީ ބަޔަކު ޒާތީވެގެން ހިންގާ ކަންތައް ގަނޑެއްކަމަށެވެ. މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަލީވަހީދަށް ވަނީ އަމާޒުވެފަައެވެ.

Loading

4 Responses

  1. އަދުން ޙުސެއިންއަށްވެސް މިދައުރު ނިމުނީމާ ހޭވެރިކަން އަންނާނެއެވެ. ކަޅުފޮށި އުފުއްލީކޮން ބައެއްކަމާއި އެވަގު ފައިސާތަށް ކައިގެން މުއްސަނދިވީ ކޮންބައެއްކަން އެނގެނެއެވެ. މިހާރުވެސް އީވާއަށް އެބައިގަނޑު އެނގެއެވެ. ޢަލީވާހީދު އެއީ އެންމެފުރަތަމަ އަންނި ހެދި ސިޔާސީ ޑީލްއެވެ. ޑީއާރޕީ ގައި ހުށްޓާ ޕްރައިސް ޓެގް ބަލާފަ ގަތީއެވެ. ދެން ބޫން ބޫންގެ ނަމުން މަޝްހޫރު ވީއެވެ. ހަސަނަށް މިކަންވެސް އެނގޭނެއެވެ. އަލީ ވަހީދު ފިއްތިވަރަކަށް ދިޔަ ނިކުންނާނެއެވެ. ނިކުންނަން ހުރި ދިޔަ ވަރަށްވެސް ފުޅާ އެވެ.

  2. goskameh koffinama thedhuveriak evaahakadhakkaanee emeehaabandhevuneemaeh noin alivaheedhudhekkevi vaahakathakakee thedhuverieh nama vaguthun vaguthah faalhukuravvaane nuvatha kuravvanjeheyne

Leave a Reply to Rty Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް