ލޯބީގެ މަންޒިލު-7

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ލޯބީގެ މަންޒިލު-7

https://sandhaanu.today/14922/ އާ ގުޅޭ

“އަހަންނަށް މި ވަގުތު ދެވޭކަށެއް ނެތް. އަހަރެންގެ މަސައްކަތު ގަޑި ނިމޭނީ މިރޭ 12 ޖަހާއިރު. ދަބަސް ލާނެ ރައްކާތެރި ތަނެއްވެސް ރެސްޓޯރެންޓުގައި ނެތް.”

“ދަބަސް ގެންދަންވީ އެޑުރެހެއް ވެސް އަހަންނަކަށް ނޭނގޭ.”

“ދިއްލީން އޭނާއަށް މީހަކު ފޮނުވި ސިޓީއެއް ދަބަހުގައި އެބައޮތް. ސިޓީ އުރައިގައި އޭނާގެ އެޑްރެސް ލިޔެފައި އެބައޮތް.”

“ތި ދަބަސް ހިފައިގެން އަހަރެން އެގެއަށް ދާނީ ކިހިނެއް؟ މަގޭ އަތުގައި ހުރި ލާރިކޮޅު ހޭދަކޮށްގެން ކިރިޔާ ގެއާ ހަމައަށް ދެވޭނީ.”

“ޓެކްސީއެއްގައި އެގެއަށް ދޭ! ނަގުދު ފަސްހާސް ރުފިޔާއާ ފައްސަތޭކަ ރުފިޔާގެ އަގުހުރި ދަބަހެއް ގެންގޮސް ދިނުމުން ޓެކްސީއަށް ކުލި ނުދޭނީ ކާކު؟ އަހަންނަށް ވުރެ މިކަންތައް ކުރުން އައުލާކަން ބޮޑީ ކަލޭ.”

ދަބަސް ވޭޓަރު މީހާ އަތުން އަތުލުމަށްފަހު ސަރޫޕު ފިނި ނޭވާއެއް ލިއެވެ. އަދި ބުންޏެވެ. “އެ މީހުން އަހަންނަށް ކޮށްދިން އިހުސާންތެރި ކަމުގެ ބަދަލު އަހަންނަށް މި ދުނިޔޭގައި އަދާކޮށްދެވިއްޖެނަމަ އަންނަން އޮތް ހަޔާތުގައި ބޮޑު ދަރަންޏަކުން ސަލާމަތް ވެވޭނެއެއްނު!”

ދެން އޭނާ ދުއްވާފައިދިޔަ ޓެކްސީއެއް ހުއްޓުވައި އެއަށް އަރައިގެން ނައްޓާލައިފިއެވެ.

* * * *

ޓެކްސީ ހަނި ގޯޅިގަނޑަކަށް މަޑުކޮށްލާފައި ޑްރައިވަރު ބުންޏެވެ. “ޓެކްސީގައި ދެން މިއަށްވުރެ ކުރިއަކަށް ނުދެވޭނެ. ކުރިމަތީގައި އޮތީ ދޮންވެލިގަނޑެއް.”

“އަހަރެން އަންނާނަން އެ ގެ ފެނޭތޯ ބަލާފައި އެ ގެއަށް މިދަބަސް ލާފައި. އަހަރެން އަންނަން ދެން ކަލޭ މިތާގައި މަޑުކުރާތި!”

“ތީ ހާދަ މޮޅު ގޮތެއް.” ސަރޫޕު ކާރުން ފޭބުމުން ޑްރައިވަރު ވެސް ދޮރު ހުޅުވާލާފައި އަވަސް އަވަހަށް ބޭރަށް ނިކުމެ ސަރޫޕުގެ މުލައްދަނޑީގައި ހިފަހައްޓަމުން ބުންޏެވެ. “ތިކަހަލަ ކިތަންމެ ދަތުރުވެރިން އަހަންނަށް ވަނީ ފެނިފައި. ދަތުރުގެ އަގު ފުރަތަމަ ދީ!”

“ކަލޭ ހީކުރީ ލާރި ނުދީ އަހަރެން ފިލަން އުޅެނީކަމަށްތަ؟ ސަރޫޕު ރުޅިވެރިކަމާއެކު ބުންޏެވެ. “އަހަންނާއެކު ކަލޭ ވެސް އެ ގެއަށް އާދޭ! ޓެކްސީއަށް ދޭންޖެހޭ ފައިސާގެ އިތުރަށް ކަލެއަށް އިނާމެއް ވެސް ހޯދައިދޭނަން!”

ޑްރައިވަރު ސަރޫޕާއެކު ހިނގައިގަތެވެ. ޑްރައިވަރުގެ ޢަމަލުތަކާއި ބަހުރުވަ ހުރިގޮތުން ސަރޫޕުގެ ސިކުނޑިއަށް ވަނީ ރުޅިވެރިކަން ވެރިވެފައެވެ. އޭނާ ހުރީ ހެނދުނުގެ ނާސްތާ ވެސް ރަނގަޅަށް ނުކޮށެވެ. ބަނޑަށް އެއްޗެއް ވައްޓާނުލެވިގެން އުޅެނިކޮށް ހިތްދަތި އެތައް ހާދިސާއަކާ މިއަދު ކުރިމަތިވެއްޖެއެވެ. ބޮލުގައި އަޅަން ޖެހުނު އަންހެން ކުއްޖެއްގެ އަތްދަބަހަކާ ހުރެ މެންދުރު ކެއުމަށް ގެއާ ހަމައަށް ވެސް ނުދެވުނެވެ.

އެ ގެ ހޯދަން މާ ގިނަ ދަތިތަކާ ކުރިމަތިލާކަށް ނުޖެހުނެވެ. ގޭގެ ދޮރު ލައްޕާފައި ހުރި ނަމަވެސް ބޭރުގައި އޮތް ކާރަކީ ސަރޫޕަށް ކުރީން ފެނިފައިވާ ކާރެކެވެ. އެއީ އޭނާއާ ބައްދަލުވި ދެ އަންހެނުންގެ ތެރެއިން ކޮންމެވެސް އެކަކުގެ ކާރުކަން އޭނާއަށް އެނގުނެވެ. އަދި ކާރުގެ ފެންވަރަށް ބަލާލުމުން އެ އަންހެން ކުދީންނަކީ އާދައިގެ ބައެއް ނޫންކަން އޭނާއަށް ވަޒަން ކުރެވުނެވެ.

ސަރޫޕު ކާރާ ދިމާއަށް އިޝާރާތްކޮށްފައި ޓެކްސީ ޑްރައިވަރާ ސުއާލުކުރިއެވެ. “އެއޮތް ކާރަށް ނިކަން ބަލާބަލަ! އޭގެ ކާރެއް ލިބޭނީ ކިތައް ލައްކައަށް ކަން އެނގޭތަ؟”

“ކޮންމެ ދުވަހަކު އޭގެ އެތައް ހާސް ކާރެއް އަހަރެން ދެކެން.” ޑްރައިވަރު ވަރަށް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

އައި ރުޅި ހިންދާލާފައި ސަރޫޕު ހިމޭނުން ހުއްޓެވެ. އެ ނުލަފާ ޑްރައިވަރާ ޒުވާބު ކުރާހައި ހިތްވަރެއް މިހާރު އޭނާގެ ބަނޑުގައި ނެތެވެ. ދެން އޭނާ ދޮރުގައި ހަރުކޮށްފައި ހުރި ރަނގަބީލުގެ ފިތައް ފިތައިލިއެވެ. ކުޑަ ހިނދުކޮޅެއްގެ ހަމަހިމޭންކަމަށް ފަހު ދޮރު ހުޅުވައިފިއެވެ. ދޮރު ހުޅުވުމާއެކު ސަރޫޕުގެ ހިއްސުތަކުގެ ބާރު ކެނޑުނުހެން އޭނާއަށް ހީވިއެވެ. ސާފު އޮމާން ރީތި ބިއްލޫރިގަނޑެއްހެން ހީވާފަދަ ޒުވާން އަންހެން ކުއްޖަކު ދޮރުމަތީގައި ހުއްޓެވެ. އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ހައުސް ކޯޓެކެވެ. ދެ ލޮލަށް ވަނީ ނިދީގެ އަސަރު ވެރިވެފައެވެ. ނަމަވެސް ހޫނު ގުޅުމަކަށް އޭނާގެ އަސަރުގަދަ ތުންފަތް ދައުވަތު ދެމުންދާ ކަހަލައެވެ. މޫނުމައްޗަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ސަރޫޕުގެ ހިއްސުތަކަށް އަލުން ބާރު ލިބުނީ އަންހެން ކުއްޖާ ވާހަކަ ދެއްކި އަޑު އިވުމުންނެވެ.

“ކިހިނެއްވީ؟”

ސަރޫޕު ކުރިއަށް ޖެހި ޓެކްސީ ޑްރައިވަރާ ދިމާއަށް އިޝާރާތްކޮށްފައި ބުންޏެވެ. “މިހިރަ ކެތްތެރިކަމެއް ނެތް ޑްރައިވަރަށް ލާރި ދީ!”

ނުނިމޭ

 

 

 

 

ފަހުގެ އަޕްޑޭޓް