އެންމެން ދައްކަނީ ޠާލިބާންގެ ވާހަކަ. އެމެރިކާއާއި އިޒުރޭލުގެ އަނިޔާވެރިކަމުގެ ވާހަކައެއް ނުދައްކާ: ގޯހަރު

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ފިލްމީ ތަރިއެއްކަމުގައިވާ ގޯހަރު ޚާން ބުނީ ރަނގަޅު ވާހަކައެކެވެ. ފަލަސްޠީނާއި ސީރިއާގައިވެސް އަމާންކަމެއް ނެތެވެ. އެކަމަކު އެ ވާހަކަ ދައްކާ ބަޔަކު ނެތެވެ. އެންމެން ދައްކަނީ ޠާލިބާނުންގެ ވާހަކައެވެ. ޠާލިބާނުންގެ ހަރުކަށި ވާހަކައެވެ.

ފާއިތުވި 20 އަހަރު އެމެރިކާއިން މިނިވަން އިސްލާމީ ގައުމެއްކަމުގައިވާ އަފުޣާނިސްތާނަށް އަރައި އެ ގައުމު ހިފައި އަޅުވެތިކޮށްގެން ތިބި އިރު އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ނުދިޔައީ ކީއްވެގެން ހެއްޔެވެ؟

އެމެރިކާއިން ޒަމާނީ ބަރު ހަތިޔާރާއި ލުއި ހަތިޔާރާއި ހަމަލާދޭ އުދުހޭ ބޯޓުތަކާއި ހެލިކޮޕްޓަރުތައް ހިފައިގެން އަފުޣާނިސްތާނުގައި ތިބި ދުވަސްވަރަކީ ވެސް ސުލްހަވެރި އަމާން ދުވަސްވަރެއް ނޫނެވެ. އެއީ ވެސް ހަނގުރާމައިގެ ދުވަސްވަރެކެވެ. އެމެރިކާގެ ހަމަލާތަކުގައި އަފުޣާނިސްތާނުގެ ކުށެއްނެތް ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިން މަރުވަމުން ދިޔައެވެ. މަދުރަސާތަކާއި އަޅުކަންކުރާތަންތަނަށް ބޮން އަޅައި ސުންނާފަތި ކުރިއެވެ. ޠާލިބާނުން ވެސް ހަމަލާ ދެމުން ދިޔައެވެ. އަމިއްލަ އުފަން ބިން އެމެރިކާއިން އަޅުވެތިކޮށްގެން ތިބުމުން ޠާލިބާނުން ގައުމު މިނިވަންކުރުމަށް ކުރި ޖިހާދުގެ މޭވާ ވަރަށް ފޮންޏެވެ. ޠާލިބާނުން ހޯދީ ތާރީޚީ ކާމިޔާބެކެވެ.

ލުބުނާނަށް އިޒުރޭލުން ދިން ހަމަލާއެއްގެ މަންޒަރު: އަނިޔާވެރިކަމުގައި ހައްދެއް ނެތް

އެމެރިކާއިން ސުލްހަ ހޯދުމުގެ ނަމުގައި ސީރިޔާއަށް ބޮން އެބަ އަޅައެވެ. އިރާގު ފުނޑުފުނޑު ކުރަމުން އެބަދެއެވެ. އެކަމާ ދެކޮޅަށް ވާހަކަދައްކާ ބަޔަކު ނެތެވެ. އެއީ އަނިޔާއެކޭ ހަރުކަށިކަމޭ ބުނާ ބަޔަކު ނެތެވެ.

ދެން އޮތީ އިޒުރޭލެވެ. އިޒުރޭލުން ފަލަސްޠީނު ތަޅައި ސުންނާފަތިކޮށް ހަދަނީއެވެ. ލުބުނާންއާއި ސިރިޔާއަށް ހަމަލާ ދެމުން ދަނީއެވެ. އެ ވާހަކަ ދައްކާނެ ބަޔަކު ވެސް ނެތެވެ. މުސްލިމް އުންމަތް އޮތީ އެމެރިކާއާއި އިޒުރޭލުގެ އަޅުވެތިކަމުގެ ދަށުގައެވެ.

އާރުލާ ބާރުގަދަ އިސްލާމީ ގައުމެއް އޮންނާކަށް އެމެރިކާއާއި އިޒުރޭލު ބޭނުމެއްނޫނެވެ. ކެމިކަލް ހަތިޔާރޭ ނައިން އިލެވެންއޭ ބުނެ އިސްލާމީ ދައުލަތްތައް ހަނާހުނި ކުރަމުންދާއިރު އެވާހަކަ ދައްކައި ހައްލެއް ހޯދަން އުޅޭ ބަޔަކު ނެތެވެ.

މީޑިއާ އޮތީ އެމެރިކާއާއި އިޒުރޭލުގެ ބާރުގެ ދަށުގައެވެ. ޠާލިބާއިންނާއި ބެހޭ ގޮތުން ފަތުރަމުންދާ ގިނަ ވާހަކަތަކުގައި ތެދެއްނެތެވެ. އިރާގަކުން ލީބިޔާއަކުން ސީރިޔާއަކުން ފަނާކުރަނިވި ހަތިޔާރެއް ނުފެނުނެވެ. އެކަމަކު އެގައުތައް ފުނޑާލައިފިއެވެ.

ޠާލިބާނުންގެ ވާހަކަ ދައްކަންވީ ހިތްވަރުގަދަ ބަޠަލުންގެ ގޮތުގައެވެ. ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ހެދިގެން އުޅޭ އެމެރިކާއާއި ޔޫރަޕުގެ ގައުމުތައް ގުޅިގެން އުފެއްދި ވަރުގަދަ ލަޝްކަރު ބަލިކުރަން ޠާލިބާނުން ބޭނުންކުރީ ވަރުގަދަ އީމާންތެރިކަމެކެވެ.

 

Loading

4 Responses

  1. އެމެރިކާގެ މައްޗައް ހުވަފެނުގަވެސް ކުރިއެއް ނުހޯދޭނެ.. އެމެރިކާގެ ފައުޖު ފައިބައިގެން ދަންދެއް ހަމަ ތާލިބާނައް ތިބެންޖެހުނީ.. އެމެރޮކާގެ މައްޗަކައް ނޫން ތާލިބާބް ކުރިހޯދީ.. ތާލިބާން ކުރި ހޯދީ އަފްޤާނިސްތާންގަ އުފައްދާފަ އޮތް މނިވަން ދައުލަތެއްގެ މައްޗައް.. މީގެ ކުރިންވެސް ތާލިބާން އިން އަފްޤާނިސްތާންގަ ކުރީ ގަޣިރު ޤާނޫނީ ވެރިކަމެއް..
    ކުރީޒަމާނުގަ ތިގޮތައް އަމިއްލަ ހިޔާލައް ލިޔެލާ މައުލޫމާތު ގަބޫލުކުރިއަސް މިއަދު ދުނިޔޭގަ ކަން ހިނގަމުން ދާގޮތް ގިނަ ބަޔަކައް އިނގޭ… އެމެރިކާދެކެ ނަފުރަތުކުރިއަސް ހަގީގަތް އޮޅުވާ ނުލާ ރީތިކޮއް ލިޔެވެން އޮއްވަ ރައްޔިތުންނައް އޮޅުވާނުލައްވާ… އެއްފަރާތައް ބުރަވިޔަސް ދޮގު ނުފަތުރާ…

Leave a Reply to ޓެރަރިސްޓް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް