މެލޭޝިއާގެ ކޮރަޕްޝަންގެ ބޮޑު މައްސަލައަާއި ޔޫއޭއީ އާއި ސީދާ ގުޅުމެއްވޭ.

Loading

Facebook
Twitter
WhatsApp
news

ލިއޮނާޑޯ ޑިކެޕްރިއޯއާއި ވޭން ގޮފްސްގެ ކުރެހުންތަކުން ފެށިގެން، މަކަރާއި އޮޅުވާލުންތައް އެނބުރެނީ ބާރުގަދަ މީހުންނާއި ފައިސާވެރިންގެ ވަށައިގެންނެވެ. މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމް އޭ ސީ ސީ) އިން ބުދަ ދުވަހު ޔަގީންކޮށްދިން ގޮތުގައި އަބޫދާބީގެ ވަލީއަޙުދު  ޝެއިޚް މުޙައްމަދު ބިން ޒައިދުއާއި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ހިންގިކަމަށް ބުނާ އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅުމެއްވެއެވެ. 

އެމް އޭ ސީ ސީން ދޫކޮށްފައިވާ އޯޑިއޯ ރިކޯޑިންގަކުން އެގުނުގޮތުގައި ޔޫއޭއީގެ ވަލީއަޙުދު ވަނީ ކޮރަޕްޝަންގެ ތުހުމަތު ސާބިތުވެފައިވާ ރައްޒާގާޢި ގުޅުން އޮތް ކޮރަޕްޝަންގެ މައްސަލައިގެ ހެކި ފޮރުވުމަށެވެ. ރައްޒާގަކީ “ ގަރުނުގެ ވަގު“ ގެ ގޮތުގައި ލޭބަލްކޮށްފައިވާ ފަރާތެކެވެ. އެ ވައްކަމުގައި 4.5 ބިލިއަން ޑޮލަރުރުގެ އަގުހުރި ތަކެތި ކަމުގައިވާ ވޭން ގޮފްސްގެ ކުރެހުމަކާއި، ލަގްޒަރީ ޔޮޓާއި، ޔޫއެސްއާޢި ސިންގަޕޫރު އަދި ސްވިޒަރލޭންޑުގައި ބޭންކުތަކާއި ދި އެމިރާތީ ޕްރިންސް އާއި ލިއޮނާޑޯ ޑިކެޕްރިއޯ ހިމެނެއެވެ. 

މި އޯޑިއޯ ކްލިޕްގެ ސަބަބުން ނަޖީބަށް ވަރަށްބޮޑު ރޯޅިއެއް އައެވެ. އެހެންނަމަވެސް އެހުރިހާ ތުހުމަތެއްވެސް ނަޖީބު ދޮގުކުރެއްވިއެވެ. މި އޯޑިއޯ ކްލިޕުން އެގިގެންދިޔައީ ޔޫއޭއީ ހިމެނޭހެން، ބައިނަލްއަގުވާމީ ބައިވެރިވުން މި ބޮޑު ކޮރަޕްޝަންގެ މައްސަލައިގައި އޮތް މިންވަރެވެ. 

ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެމް އޭ ސީ ސީގެ ވެރިޔާ ލަތީފާ ކޮޔާ ޔަގީންކޮށްދެއްވި ގޮތުގައި މި މައްސަލައާއިބެހޭ ނުވަ އޯޑިއޯ ރިކޯޑިންވަނީ ހޯދާފައެވެ. ކޮޔާ ވިދާޅުވީ އެ އޯދިއޯތަކަކީ ސައްހަ އޯޑިއޯ ތަކެއްކަމަށާއި، ނަޖީބުގެ އިތުރުން ޔޫއޭއީގެ ވަލީއަޙުދު  ޝެއިޚް މުޙައްމަދު ބިން ޒައިދު އާއި މެލޭޝިއާގެ އެތައް ބަޔަކާއި އެމިރޭޓްސްގެ އޮފިޝަލުންވެސް އެ ފޯނުކޯލްތަކުގައި ބައިވެރިވެފައިވެއެވެ. 

ކޮޔާ ވިދާޅުވީ އެ ރިކޯޑިން ތަކުން ސާބިތުވަނީ ބޭރުގެ އެހީތެރިކަމާއެކު ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ޖިނާއީ ކުށްކުރުމަށް ޕްލޭން ރާވާ، އަދުލު އިންސާފު ގާއިމުކުރަން ހުރަސްއަޅާ، ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކޮށް، ދޮގުހެކި އުފައްދާފައިވާ ކަމެވެ. އެތަނުން އެއް ކްލިޕަކީ 2016ގައި ރިކޯޑްކޮށްފައިވާ ފޯނުކޯލެކެވެ. އެކްލިޕަކީ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު ވަން އެމްޑީބީ ލޫޓުވުމާއި ގުޅުންހުރި ކްލިޕެކެވެ. 

އޯޑިއޯ ކްލިޕްތަކުން އެއް ކްލިޕުގައި ނަޖީބު ވަލީ އަހުދު އަރިހު އެދިވަޑައިގަންނަވަނީ ވަން އެމްޑީބީ ފައިސާގެ ބަދަލުގައި،  ނަޖީބުގެ ދޮނަދަރިފުޅު ރިޒާ އަޒީޒުއަށް ޔޫއޭއީގެ އިންޓަރނޭޝަނަލް ޕެޓްރޯލިއަމް އިންވެސްޓްމަންޓް ކޮމްޕެނީ (އައ ޕީ އައި ސީ) ން ފައިސާ ލިބުނުކަމަށް ހަދާ، ލޯން އެގްރީމެމްޓެއް ބަދަލުކޮށްދިނުމަށެވެ. 

އަޒީޒުއަކީ ފިލްމު އުފައްދާ މީހެކެވެ. ލިއޮނާޑޯ ޑިކެޕްރިއޯގެ މަޝްހޫރު ފިލްމު ”ދި ވޫލްފް އޮފް ވޯލް ސްޓްރީޓް“ އުފެއްދީ އޭނާގެ ކުންފުނިންނެވެ.  މެލޭޝިއާއާއި ޔޫއެސްގެ ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެފައިވާ ގޮތުގައި ވަން އެމްޑީބީން 4.5 ބިލިއަން ޑޮލަރު ނަހަމަގޮތުގައި ބޭނުންކުރީ 2009 ވަނަ އަހަރު ނަޖީބެވެ. 

“ އަޅުގަނޑުގެ ވެސް އެބައޮތް އަމިއްލަ ކަމަކު ދަންނަވަންވެފަ، އެއީ އަޅުގަނޑުގެ ދަރިފުޅު ރިޒާއާއި ގުޅޭކަމެއް.  އޭނައާއި އޭނަގެ ފިލްމާއި ބެހޭ ކަމެއް. ލޯން އެގްރީމެންޓުގައި ސޮއިކުރެވިއްޖެނަމަ އެ ވާނީ ގާނޫނީގޮތުން ހުއްދަ މާލީ ޕެކޭޖަކަށް، އެއީ މަނީ ލޯންޑަރިންގ އެއް ނޫން“. އެ އޯޑިއޯ ކޮލިޕްގައި ނަޖީބު ވަލީ އަޙުދު ޒައިދު ގާތު ވިދާޅުވެފައިވެއެވެ.

“ އަޅުގަނޑު ބޭނުން އެ އެގްރީމެންޓުގެ ކަންކަން ވީހާވެސް އަވަހަށް ނިންމަން، މިއީ އަޅުގަނޑުގެ ޚާއްސަ އެދުމެއް“ ނަޖީބު ވިދާޅުވިއެވެ. 

“ އާދެ. ބޮޑުވަޒީރު، ގަބޫލު ކުރައްވާ، އަޅުގަނޑު ބޭނުން މިކަން ނިންމާލަން. މި ވަރަށް ގޯސް“ އަމީރު ޒައިދު ހެކި ބަދަލުކުރައްވަން އެއްބަސްވެ ވަޑައިގަންނަވައެވެ. މިއީ މަނީ ލޯންޑަރިންގެ ތުހުމަތު ޔޫއޭއީއަށް ކުރެވުނު ފުރަތަމަ ފަހަރެއްނޫނެވެ. ގަލްފު ކިންގްޑަމް އުފެދިފައިވާ ހަތް އެމިރޭޓްގެ ތެރއިން ދުބާއީވަނީ  މަނީ ލޯންޑަރިންގ އަށް ރައްކާތެރި ތަނެކަށް ވެފައެވެ. 

2018 ގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ނެރުނު ރިޕޯޓުގައި “ ދުބާއީ އަކީ  މަނީ ލޯންޑަރ ކުރުމުގެ ދުނިޔޭގެ މައި ހަބެވެ. އެތަނަށް ކޮރަޕްޓް މީހުންނާއި އެހެން ކުއްވެރިން ގޮސް ރީތި އިމާރާތް ގަތުމަށް އެއްވެސް ހުރަހެއް ނޯވެ“ އެވެ. 

2018 ގައި ސެންޓރ ފޯ އެޑްވާންސްޓް ޑިފެންސް ސްޓަޑީޒް (ސީ4އޭޑީއެސް)އިން ޝާއިއު ކުރި ރިޕޯޓެއްގައި ވާގޮތުން، 28.8 މިލިއަން ޑޮލަރުގެ އަގުހުރި 44 އިމާރާތެއް ގަނެފައިވަނީ ޔޫއެސް އާއި އީޔޫއިން ފިޔަވަޅު އަޅާފައިވާ މީހުންނެވެ. އަދި ގާތްގަޑަކަށް 80 މިލިއަންގެ އަގުހުރި 37 ތަނެއް މިލްކު ކޮށްފައިވަނީ ގާނޫނާއި ޚިލާފު ކަންކަންކުރާ ވިއުގައެއްގެ މީހުންނެވެ. 

އެތަނުން ފާހަގަކުރެވުނު މީހުންގެ ތެރޭގައި މެކްސިކޯގެ ޑްރަގް ޑީލަރ، ހަސެއިން އެޑުއާޑޯ ފިގުއޭރޯ ގޮމޭޒް އާއި ސީރިއާގެ ވިޔަފާރިވެރިޔާ އަދި ސީރިއާގެ ރައީސް އަސްދުގެ ދެބެންގެ ދެދަރި މީހެއްކަމަށްވާ ރަމީ މަޚްލޫފްވެސް ހިމެނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް