ކުޑަ ހެންވޭރު ސަރަހައްދުގައި ފުލުހުން ކުކުޅުތަކެއް ކަތިލާފައިވާ ކަމަށް ކުރާ ތުހުމަތުތައް އެ އިދާރާއިން ދޮގުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކުޑަހެންވޭރު ސަރަހައްދުގައި ދޫކޮށްފައިތި ކުކުޅުތަކެއް ހިފައި ކަތިލާފައިވާ ކަމުގެ މައްސަލައެއް އިއްޔެ ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ފުލުހުންގެ އެއްވެސް ބައިވެރިވުމެއް މިކުކުޅުތައް ކަތިލުމުގައި އޮތް ކަމަށް އެނގިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ކުޑަހެންވޭރު ސަރަހައްދުގައި އޮޅުކޮށްގެން ގެންގުޅޭ ކުކުޅުތަކެއް ފުލުހުން ކަތިލާފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުންވަނީ ހަބަރު ފަތުރާފައެވެ.