އަނބިމީހާ އާއި ފިރިމީހާ ހަމަހަމަ ވާނެތޯއެވެ؟

Loading

Facebook
Twitter
WhatsApp

ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ އަދަބު އަޚުލާޤުގެ ވާހަކަ އާއި ފިރިމީހާ އަނބި މީހާއަށް އަދާ ކުރަން ޖެހޭ ވާޖިބު ތަކާއި އަނބި މީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ވާޖިބުތަކަކީ މިހާރުގެ ޒުވާނުން ނަށް ވަރަށް ބޮޑަށް އޮޅިފައި ވާ ކަންކަމެވެ.

އިސްލާމް ދީނުގައި ދެމަފިރިންނަކީ ހުޅަނގުގެ ތަހުޒީބުގެ ތެރެއިން އެފެންނަ އުޞޫލް ތަކަށް ތަބަޢަވާ ބަޔަކަށް ވެއްޖެ ނަމަ ދުވަސް ކޮޅަކުން ފެންނާނީ ވަރިކުރުމުގެ އިޚުތިޔާރު ވެސް އަނބިމީހާއަށް ލިބިގެން ދާ ތަނެވެ.

އިސްލާމް ދީން ޙިމާޔަތް ކުރަން އުޅޭއިރު ދީނީ ގޮތުން ދެމަފިރިން އުޅެން ޖެހޭ ގޮތް ކައިވެނީގެ ޚުޠާބާއިން އެ ކިޔައިދޭ މިންވަރު ވެސް ގިނަފަހަރު ދެމަފިރިންކުރެ މީހަކު ހަނދާނެއް ނުހުރެއެވެ. މިބާވަތުގެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދޭންޖެހޭ ބަޔަކީ ދަންނަބޭކަލުން ކަމަށް ވާއިރު ގައުމުގައި އުފެދޭ މިފަދަ ނުބައި ފިތުނަ ތަކުން ރައްޔިތުން ސަލާމަތް ކޮށް ދިނުމަށް ދަންނަބޭކަލުންނާއި ސަރުކާރު ވަނީ ނުކުޅެދިފައެވެ. މިސާލަކަށް ވަރަށް ޅައިރު ކައިވެނި ކޮށް އެތަކެއް ދަރީން ހޯދައި އެދަރީން ބޮޑެތި ކުރުމަށްފަހު ދެމަފިރިން މުސްކުޅި ޢުމުރާ ކުރިމަތި ލައިފިއެވެ. ބޮޑެތި ކުރި ދަރީން ދިރިއުޅޭނެ ގެދޮރު ނުލިބި އެދަރީން އުޅެން ޖެހިފައި ވަނީ މަންމައަށް ލިބިފައިވާ ފުލެޓުގައެވެ. ދަރީން ބޮޑެތިވެ މީހުންނާއި އިނދެ އެތަކެއް ދަރީންވެސް ހޯދައިފިއެވެ. ފުލެޓްގެ ކުލި މަންމަ އާއި ބައްޕައަށް ލާރި ނުލިބޭތީ ނުދައްކައެވެ. ބައްޕަ އަށް 60 އަހަރު ވުމުގެ ސަބަބުން ވަޒީފާއެއް ނުލިބެ އެވެ. ދަރީންނަށް ކާންބޯން ދޭން ޖެހިފައި ވަނީ މަންމަ ސަލާން ޖަހައިގެންނެވެ. މަންމަގެ ޢާއިލާގެ މެންބަރުންނަށް އާދޭސްކޮށްގެންނެވެ. ބައްޕަ އަކީ ރާއްޖެތެރޭ މީހަކަށް ވީތީ ބައްޕައަށް ސަލާން ޖަހަން ދެވޭނެ ގޮތެއް ނެތެވެ. އެހެން ކަމުން އަނބި މީހާއަށް ކުރަންޖެހޭ ޚަރަދުބަރަދު ފިރިމީއަށް ނުލިބެއެވެ. މިހެން ދިމާވުމުން އަނބި މީހާ ފިރިމީހާ އާ ދިމާލަށް ހިތުހުރި އެއްޗެއް ކިޔަނީ އެވެ. އަނބިމީހާ ދެކޭ ގޮތުގައި ޚަރަދު ނުކުރާ ފިރިއެއްގެ އެއްވެސް ހައްގެއް ނުއޮންނާނެއެވެ. އަދި ފިރިމީހާއަށް ކިޔަމަންވާކަށްވެސް ނުޖެހޭނެއެވެ. މިގޮތަށް އަމިއްލަ އަށް ޖަޖުކޮއްގެން ފިރިމީހާ އަށް ބަވައި ގެވެށި އަނިޔާ ކުރާ އެތަކެއް އަންހެނުން މިރާއްޖޭގައި އެބަ އުޅެއެވެ. ދީނުގައި މިކަންކަން އޮންނަގޮތް އޮޅުމެއް ނުފިލައެވެ. ދަންނަބޭކަލުން ގައުމުގައި ހިނގާ މިފަދަ ކަން ކަން ރައްޔިތުންނަށް އޮޅުންފިލުވައި ނުދީ ދަންނަބޭކަލުން ގައުމު ފަސާދަވެގެންދާއިރު ވެސް ހިމޭނުން ތިއްބަވާތީ ހިތާމަ ކުރަމެވެ.

ބުނާ އަޑު އަހަމެވެ. ފިރިމީހާގެ އެނދަށް އައުމަށް އަނބިމީ ހާއަށް ދަޢުވަތު ދިނުމުން އެދަޢުވަތު އަނބިމީހާ ގަބޫލު ނުކޮށްފިނަމަ އުޑުގެ މަލާއިކަތުން އެރޭގެ އިރު އަރަންދެން އެ އަންހެނާއަށް ލަޢުނަތަށް އެދިވަޑައިގަންނަވާނެއެވެ. ބަސްނާހާ އަނބިންނާމެދު މިކަހަލަ ކިތަންމެ ވާހަކައެއް ހުންނާނެ ތާއެވެ!

ރަނގަޅަށް އެނގިވަޑައިގަންނަވާނީ ދަންނަބޭކަލުންނަށެވެ. މިފަދަ ޖާހިލު ކަންކަން ގައުމުން މަދުކޮށް މުސްލިމް އުންމަތެއްގެ ސިފަ ދެއްކުމަށް މަތިކުރެވިފައިވާ ވެރިންނާއި ޢިލްމުވެރިން އެ ބޭފުޅުންގެ ޒިއްމާއާއި ވާޖިބު ފުރިހަމައަށް އަދާކުރައްވަން އެބަ ޖެހެއެވެ. މައިން ބަފައިންނާއި ދަރީން މުޚާޠަބު ކުރަމުން އެއަންނަ ހަޑިހުތުރު ގޮތާއި މުޚާޠަބު ކުރާންވީ ގޮތް ޒުވާން ޖީލަށް ކިޔައި ދީ ދަސްކޮށްދޭން އެބަޖެހެއެވެ.

މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ އަޚުލާޤީ މާތް ސިފަތައް ފަރުދީ ފެންވަރުގައި އޮޅުންފިލުވައި ދެއްވުމަށް ގޮވާލަމެވެ. ދީނީ ދަރުސުތައް އެކި މައުޟޫޢުތަކަށް ބަހާލައިގެން ގައުމު ނިދިން ހޭލައްވައި ދިނުމަށް ވެސް ޢިލްމުވެރީންނަށް ގޮވާލަމެވެ. މިއީ ސަރުކާރާ ދީނީ ޢިލްމު ވެރިންގެ މައްސޫލިއްޔަތެކެވެ. ހަދާ ގާނޫނަކުން މިކަމެއް ޙާޞިލެއް ނުވާނެ އެވެ.

 

Loading

3 Responses

  1. 16ޖުލައި 2021 ވީ ހުކުރު (މިއަދު)ގެ ޚުތުބާ އަކީވެސް އާއިލާތަކުގެ ތެރޭގައި ފިތުނަ އުފެދޭ ގޮތައް ތައްޔާރު ކޮށް ކިޔާފައިވާ ޚުތުބާއެކެވެ. ފަސާދަ އުފެއްދުން ނޫން އެހެންކަމެއް މިއަދުގެޢިލްމެރިން ނުކުރެއެވެ. ޚުތުބާތައް ތައްޔާރު ކުރަނީ ދީނުގެ ހަމަތަކުގެމަތިން މުޖުތަމައު އިޞްލާޙު ކުރާކަށެއްނޫނެވެ. ހުޅަނގުގެ އެދުމަށް ތަންފަސާދަކުރާށެވެ.

  2. މިކާއިނާތުގެ ތެރޭގައިވާ އެއްވެސް 2 އެއްޗަކީ މުޅިން އެއްސިފަތަކެއްލިބި މުޅިން އެއްއުސޫލެއްގެ މައްޗަށް އުފެދިފައިވާއެއްޗެއްހެން ހިއެއް ނުވެއެވެ. އެއާ ޚިލާފަށް ވަރަށްގިނައެއްޗެހި ފުރިހަމަވުމަށްޓަކައި އޭގެ ރައްދު ސިފަ ލިބިފައިވާ އެއްޗެއްގެ ފުރިހަމަ ބައިވެރިވުން ބޭނުންވެއެވެ. ޕްރޮޓޯން އާއި އިލެކްޓްރޯން މިސާލަކަށް ބަލަމާހެއްޔެވެ. ހަމައެ އުސޫލުން ފިރިމީހާއާއި އަނބިމީހާއަކީވެސް އުފެއްދެވުމުގައި ރައްދު ސިފަތަކެއް އެކުލެވޭ ދެ ޚަލްގެއްކަމާއި އެ ދެމީހުންގެ ބައިވެރިވުން އޮންނަންޖެހޭ އެއްވެސްކަމެއްގައި ހައްދުން ނެއްޓިއްޖަނަމ ނުވަތަ ކަނޑައެޅިފައިވާގޮތް ނޫން އެހެންގޮތަކަށް އޭގެ ބޭނުން ކުރަން އުޅެފިނަމަ ދިއްލަންބޭނުންކުރި ބޮކި އަނދާނީއެވެ. މިފަދަ ގޮތަކަށް ޙަލްގު ކުރައްވާފައިވާ އެއްވެސް އެއްޗެއް ހަމައެކަނި އޭގެ ޒާތުގައި ފުރިހަމަ ނުވާނެއެވެ. ލިއުންތެރިޔާ ވިދާޅުވެފައިވާ ފަދައިން މިބާވަތުގެ މައްސަލަތައް އޮޅުންފިލުވައިދީ ޢާންމުކޮށްދެއްވުމުގައި އިލްމުވެރިންގެ ބައިވެރިވުން މިރާއްޖޭގައި ވަރަށް ކުޑައެވެ.

  3. އަސްލު ފިރިހެނުންގެ ހައްގުތައް ނަގާފައި

    އަންހެނުން ގެ ހައްގުތައް ގިނަ ކުރުމުން

    ދެން ވާނެ ގޮތް ތި ވަނީ !!!!

    ތި ކަންތައްތަކާއި ޒިންމާވާންޖެހޭ ނީ ކޯޓު

    ތަކުގައި ތިބި މީހުނާއި ހިއުމަން ރައީސް

    އަދި ޖެންޑާ މިނިސްޓްރީ!!!

Leave a Reply to ހާމިދު ހުސައިން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް