ދެ ޑޯޒަށް ފަހު ދަތުރު ނުކުރެވޭތީ ރޮޒައިނާ ސަރުކާރަށް ފާޑު ކިއައިފި

Loading

Facebook
Twitter
WhatsApp

 

 

ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް އުސޫލުގައި ކަނޑައެޅުމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ސަރުކާރަށް ފަޑުކިއައިފި އެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންނަށް ދަތުރުކުރެވޭނެނަމަ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށްވެސް ދަތުރުކުރެވެން ވާނެކަމަށެވެ. އެހެން ނޫނީ ވެކްސިން ޖެހުމުގެ ބޭނުމެއް ނެތްކަމަށް ކަމަށެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެ ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންނަށް ލުއި ދިނުމެއް ނެތި ކޮވިޑް ޖެހުނު މީހުންނަށް ލުއިދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އޭގެ ބަދަލުގައި ލުއި ދޭން ނިންމާފައިވަނީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އިއުލާން ކުރެއްވި ގޮތުގައި، ކޮވިޑް ޖެހި ރަނގަޅުވުމަށްފަހު 60 ދުވަސް ވެފައިނުވާ މީހުންނަށް ކަރަންޓީނާ ނުލާ ދަތުރުކުރެވޭނެ އެވެ.

ނަމަވެސް ވެކްސިން ދެ ޑޯޒް ޖެހުމަށްފަހު ހަމަކުރަންޖެހޭ މުއްދަތު ހަމަކޮށްފައިވާ ފަރާތްތަކަށް ދަތުރުކުރެވޭ އުސޫލެއް މިފަހަރަކު ނެތެވެ.

ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ރާއްޖޭގައި އަދި ލުއި ދެވެން ނެތީ ބޭނުންވާ މިންވަރަށް މިހާތަނަށް ވެކްސިން އާބާދީގެ ނިސްބަތުން ދެވިފައިނުވާތީ  ކަމަށް ހެލްތު މިނިސްޓަރު ނަސީމު ވަނީ ވިދާޅުވެފައެވެ.  އޭނާ ވިދާޅުވާ ގޮތުގައި އާބާދީގެ 75 ޕަސެންޓަށް ވެކްސިން ދެ ޑޯޒް ޖަހާފައިވާނަމަ ލުއި ދެވޭނެއެވެ. ރާއްޖޭގައި މިހާތަނަށް ދެ ޑޯޒު ޖަހާފައިވަނީ އާބާދީގެ 38 ޕަސެންޓް މީހުން ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

ސުކޫލުތަކުގެ އަހަރީ ޗުއްޓީ ފެށިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން މި ފަދަ ނިންމުމެއް ނިންމީތީ ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރޮޒައިނާ އަކީ މީގެ ކުރިންވެސް ސަރުކާރުން ކުރާ ބައެއްކަންކަމާ މެދު ހިތްހަމަޖެހިވަޑައި ނުގެން ފާޑުކިޔަމުން ގެންދާ ބޭފުޅެކެވެ. އެކަމުގެ ސަބަބުން އެމްޑީޕީގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުން ރޮޒައިނާއަށް އަމާޒު ވެސް ކުރެއެވެ.

Loading

One Response

  1. އެތަށް ލުއިތަކެއް ދޭނަމޭ ކިޔާ ދޮގުހަދާ އޮޅުވާލައިގެން އަހަރެމެން ގަޔަށް އެ ”ގެރިގޮރު“ ވެކްސިން ޖެއްސުވީ ކީއްވެހޭ..؟! އެހެން ނޫން ނަމަ އަހަރެމެންނަށް ފައްސި ވާން ފުރުސަތު ލިބި ތިޔަދިން ލުއިތައް ލިބުނީހެއްނު..؟! ވެކްސިން ޖަހައިގެން ބުނިހާ ގޮތެއް ހަދައިގެން ތިބި މީހުންނަށް ލަނޑު ތިދިނީ..! ފަރުވާ ކުޑަ ކަމުންނާ އެހެނިހެން ގޮތްގޮތުން ފައްސިވި މީހުންނަށް ހުރިހާ މޮޅެއް..!

Leave a Reply to ރައްޔިތު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް