ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލްކަމަށް ޝައުގުވެރިވާ ފަތާތްތަކަށް ހާއްސަ ވެބިނާއެއް

Loading

Facebook
Twitter
WhatsApp

 

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ވެބިނާއެއް ބާއްވަން ސިވިލް ސަރވިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ވެބިނާއަކީ މިމަގާމަށް ކުރިމަތިލާ މީހުންނަކީ ގާބިލު، މަސްއޫލިއްޔަތުތަކަށް ހޭލުންތެރި ބަޔަކަށް ހެދުމަށް، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ވެބިނާ އެއް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މި ވެބިނާގައި ލީގަން އަދި ހިއުމަން ކެޕިޓަލް މެނޭޖްމަންޓާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށާ   އަދި ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުންވެސް ކުރިއަށްދާނެކަމަށެވެ.

ވެބިނާ ބާއްވަން ހަމަޖައްސާފައިވ ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައެވެ.ވެބިނާގަ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

 

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ވެބިނާގައި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމަށް ޝައުގު ވެރިވާ ފަރާތްތަކުގެ އިތުރުން މިވެބިނާގަ ބައިވެރިވާން ބޭނުންވާ އެހެން ފަރާތްތަކަށް ވެސް ބައިވެރިވެވޭނެކަމަށެވެ.

 

ރަށު ކައުންސިލް، އަތޮޅުކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމަށް ކުރިމަތިލުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތައް ހިމެނޭހެން ޖުމްލަ 200 ކައުންސިލް އިދާރާއަކަށް ސެކްރެޓަރީ ޖެނެރަލުން ނެގުމަށް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގަ ހިމެނެނީ ރާއްޖޭގެ 178 ރަށުގެ ރަށު ކައުންސިލާއި 18 އަތޮޅު ކައުންސިލެއްގެ އިތުރުން ހަތަރު ސިޓީ ކައުންސިލަށް ނަގާ ސެކްރެޓަރީ ޖެނެރަލުންނެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް