ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގައި ގާއިމްކުރާ ފަޔާ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަރ ބިލްޑިންގް ހެދުމުގެ މަސައްކަތް ފަށަފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޓާރމިނަލް ގްރައުންޑް ލެވެލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.
We have commenced the construction of fire building of the Faresmathoda Airport Project. Terminal ground leveling works are currently ongoing. The project is valued at MVR 144. 88 million.#MTCCProjects pic.twitter.com/1om7HUO4Hd
— MTCC Plc (@MTCCPlc) June 19, 2021
މި އެއާޕޯޓު ހަދަން 144 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 އެއްގައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ދޮޅު އަހަރުން ނިންމަން 144،833،139ރ. ހޭދަކުރާން ހަމަޖެހިފައިވާކަމަށް އެމްޓީސީން ބުނެއެވެ.
ފަރެސްމާތޮޑާގެ އެއާޕޯޓު ޕްރޮޖެކްޓްގައި ހިއްކާފައިވާ ބިމުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއާ ހަވާލުކުރި މަސައްކަތުގައި އެއާޕޯޓުގެ ޓާމިނަލް ބިލްޑިން އެޅުން ވެސް ހިމެނެއެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހަދަން ބިން ހިއްކާފައިވަނީ އެ ރަށާޖެހިގެން އޮތް ފަސް ފަޅުރަށެއް އެއްކޮށްލައިގެންނެވެ.