ވެކުސިން ޖެހުމަށް ކުރެއްވި ޓުވިޓާއެކު ޖޯ ބައިޑަންއަށް ފާޑުކިޔުންތައް އަމާޒުވަނީ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިގިރޭސިވިލާތުގެ ޒުވާނުންނަށް ވެކުސިން ޖެހުމަށް ގޮވާލައި ޓްވީޓެއް ކުރައްވައިފިއެވެ. އެ ޓުވީޓުގައި ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓަށް ސަމާލުވެ، ރައްކައުތެރިވުމުގެ ގޮތުން އިނގިރޭސިވިލާތުގެ އުމުރުން 12 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުން ވެކުސީން ޖެހުމަށެވެ. ނަމަވެސް މިޓްވީޓްގައި ބޭނުންކޮށްފައިވާ އިބާރާތް އިނގިރޭސިވިލާތުގެ ރައްޔިތުން ދަނީ ކުށްވެރިކުރަމުންނެވެ. ޖޯބައިޑަން އަކީ އެމެރިކާގެ ރައީސްކަމަށްވީއިރު އިގިރޭސިވިލާތުގެ ދާޚިލީ ކަންކަމާ ފާޑުވިދާޅުވުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް އިނގިރޭސީން ދަނީ ބުނަމުންނެވެ. އަދި ބައިޑަންގެ ޓްވީޓް އިބާރާތް ކުރައްވާފައިވާ ގޮތާމެދު ވެސް އެމީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާގެ ޓްވީޓްތަކަކީ އޭގެ ޢިބާރާތްތަކަށް ފަހުން ބަދަލު ގެނެވޭނެ އެއްޗަކަށް ނުވާއިރު، ޢިބާރާތްކުރުމުގެ ކުރިން އެކަމާމެދު ވިސްނާލުމަށް އެމީހުންދަނީ ބުނަމުންނެވެ. އެމެރިކާގެ ކޮންމެ ރައީސެއްވެސް އިގިރޭސިވިލާތުގެ ކަންކަމަށް ފާޑު ވިދާޅުވާކަމަށް އިނގިރޭސީން ތުހުމަތު ކުރެއެވެ.

ޖޯބައިޑަން މިޓްވީޓް ކުރައްވާފައިވަނީ ކޮމާންޑަރ އިން ޗީފެއްގެ ގޮތުގައި އިންގްލަންޑަށް ޖީ7 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުފުޅު ކުރައްވަން ތައްޔާރުވެވަޑައިގެންފައި ވަނިކޮށެވެ. އެހެންކަމުން މި ޓްވީޓަކީ، އިނގިރޭސިވިލާތުގެ ބޮޑުވަޒިރަކަށް ބޮރިސް ޖޯންސަން ހުންނެވިއެއްކަމަކު، އެމެރިކާއަށް އިނގިރޭސިވިލާތުގެ ކަންތައްތަކަށް ފާޑުކިޔުމަކީ ކުރެވިދާނެ ކަމެއްކަން ދެއްކުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައިވެސް އިނގިރޭސީން ދަނީ ސިފަކުރަމުންނެވެ.

 

Loading

One Response

  1. India in ulhey goi das kurahvaige. Hunnevi kamah vaanee . Ehen ve ehem meehun kuran v kanthah e bunedinee. .ingireyseen nah vaccine jahan jehey kan neygeythee. .ragalhah meehaku ehceh bunyas e kudin gabooleh nukure. Bodaakamun.

Leave a Reply to Vaccine Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް