ތިން މިނިސްޓްރީއެއްގައި ރޯވި މައްސަލައާގުޅޭ ޗިޓާ ޔާމީން ހަވާލުވެވަޑައެއްނުގެންނެވި: ފުލުހުން

ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި އިމާރާތުގައި ރޯވި މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ކުރެއްވި ތުހުމަތާ ގުޅިގެން، އެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު ހާޒިރުކުރުމަށް ގެންދިޔަ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މިއީ، ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، މިނިސްޓްރީގެ އިމާރާތުގައި 12 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ހެނދުނު އެތަނުގައި ރޯކޮށްލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ކިހާ ގާތް […]
ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާއެއް މިރޭ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ޕީއެންއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ، ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ 20:45 ގައި އޮންނާނެ ކަމަށެވެ. “އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން.“ އެ މެސެޖުގައިވެއެވެ. ފަހަކަށް އައިސް ޕީއެންއެފްއިން ދޭތެރެދޭތެރެއިން އަންނަނީ ޖަލްސާއެއް ބާއްވަމުންނެވެ. މިއިން ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ […]