އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވޭ: ޓްރާންސްޕޯޓް މިނިސްޓްރީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. މިކަންހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު އެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި އޮތީ 100 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި އެ އެހީގެ ދަށުން 12 ފެރީ ބަންނާނެ ކަމަށެވެ. އަދި ޒޯން […]

މިނިވަން ދުވަހާ ގުޅިގެން މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް

މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވުމާއެކު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 60ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކައި ހުކުރު، ހޮނިހިރު، އަދި އާދިއްތަ ދުވަހު މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމުގެ އިތުރުން، […]

ޕައިލެޓުންނަށް މި ވަގުތު ވަޒީފާގެ ފުރުސަތު ނެތުމުން ލޯނު ސްކީމަށް ހުޅުވައެއްނުލާނެ

ޕައިލެޓުންނަށް މި ވަގުތު ވަޒީފާގެ ފުރުސަތު ނެތުމާއި އަދި އިތުރަށް ފުރުސަތުތައް ހުޅުވެމުންނުދާތީ، މި ދާއިރާއިން ކިޔެވުމަށް ލޯނުގެ ފުރުސަތު ހުޅުވާނުލާނެކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕައިލެޓުކަން ކިޔަވައިގެން ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯއާއި ޕައިލެޓުކަން ކިޔަވަން ލޯނަށް ހުޅުވާލާނެތޯ، ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކެޑޭޓް ޕައިލެޓުން ލައިގެން ރާއްޖޭގައި އެއްވެސް އެއަރލައިނެއް އޮޕަރޭޓު […]

މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް

މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށާއި، މީގެ އިތުރުން، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން […]

މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފު ކުރަނީ

މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ނިންމުން ނިންމާފައިވަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށް ކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްސަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމްޓަމުގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ […]