އައީޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް އައްޑޫއާއި ފުވައްމުލަކުގައި ފަށައިފި

އައިޑީ ކާޑު ޕްރިންޓްކުރުމާއި ދޫކުރުމުގެ ޚިދުމަތް ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ފަށައިފިއެވެ. އައްޑޫ ސިޓީގައި ދެ ސަރަހައްދަކުން މި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިތަދުއާއި ހުޅުދޫންނެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނީ މިހާރު 23ށްވުރެ ގިނަ ރަށުގައި މި ޚިދުމަތް ދެމުންދާކަމަށާއި، އަމާޒަކީ މިއަހަރު ނިމޭއިރު ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެގޮތް ހެދުންކަމަށެވެ. ރާއްޖޭން ބޭރުން، މެލޭޝިއާގައި މިހާރު އައިޑީ ކާޑުގެ ޚިދުމަތް ދެމުންދާއިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ […]