ފިޖީގައި އެޗްއައިވީ ކޭސްތައް ގިނަވެގެންގޮސް ނެޝަނަލް އިމަޖެންސީ އިއުލާން ކޮށްފި

ފިޖީގައި އެޗްއައިވީ ކޭސްތައް ގިނަވެގެންގޮސް ނެޝަނަލް އިމަޖެންސީ އިއުލާން ކޮށް. ޓެސްޓްކުރުމާއި، ފަރުވާދިނުމާއި، ބަލިން ރައްކާތެރިވާނެ ގޮތްތައް އަންގާދިނުމުގެ ޕްރޮގްރާމްތައްފުޅާ ކުރަން ފަށައިފިއެވެ. ޕެސިފިކް ޖަޒީރާތަކެއްގެމައްޗަށް އެކުލެވޭ މިކުޑަކުޑަ ޤައުމުގައި މިހާރު ކޮންމެ ފަސްދޮޅަސް މީހުންގެ ތެރެއިން އެކަކަށްވަނީ އެޗްއައިވީ ޖެހިފައެވެ.ފަސްއަހަރު ކުރިންކޮންމެ 167 މީހުންގެ ތެރެއިން އެކަކީ އެޗްއައިވީ ޖެހިފައިވާ މީހެކެވެ. އަދި އެޗްއައިވީ އާއި ގުޅުން ހުރި ބަލި ތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ނާއި މީހުން އައީ މަރުވަމުންނެވެ.އެއްމިލިއަނަށް ވުރެ ކުޑައާބާދީ އެއްއޮންނަ […]

ޖަޕާނުގައި އުމުރުން ސަތޭކަ އަހަރުން މަތީގެ 100،000އަށް ވުރެ ގިނަ މީހުން މިހާރު އެބަތިބި

ޖަޕާނުގެ ހެލްތު މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި ޖަޕާނުގައި އުމުރުން ސަތޭކަ އަށްވުރެ ގިނަ އަހަރު ފުރިފައިވާ 100،000އަށްވުރެ ގިނަމީހުން މިހާރު އެބަތިއްބެވެ. މިއީ މިއަދަދު މިހާމައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖަޕާނުގައި މިވަގުތު 107،677 ސެންޓެނޭރިއަނުން ނުވަތަ އުމުރުން ސަތޭކަ އަހަރު ނުވަތަ އެއަށްވުރެ މައްޗަށް ގޮސްފައިވާ މީހުން، އެބަތިއްބެވެ.ޖަޕާނަކީ މުޅި ދުނިޔޭގައިވެސް ސެންޓެނޭރިއަނުން އެންމެ ގިނަ ގައުމަށްވާއިރު މިހާރު ތިބި ސެންޓެނޭރިއަނުން ގެ 88އިންސައްތަ އަކީ އަންހެނުން ކަމަށް ވެއެވެ.އުމުރުން […]

އެމެރިކާއަށް ގަލްފުގެ ގައުމުތައް ގެއްލެނީ ހެއްޔެވެ ؟

އީރާނާ ދެކޮޅަށް އެމެރިކާއިން މިލިޓްރީ އަދި އިގްތިސާދީ ގޮތުން އެންމެ ބޮޑެތި ހަމަލާތައް ދެމުން ގެންދާއިރު އީރާނުގެ އިލައިޓް ލަޝްކަރުން އިރާގުގެ އިރްބީލް އާއި ސުލައިމާނިއާގައި ހަރަކާތްތެރި ވަމުންގެންދާ ސީ އައި އޭ އާއި ގުޅުން ހުރި އިރާގުގެ ކުރުދީ މިލިޝިއާއަށް ކުއްލި ހަމަލާތަކެއް ދީފިއެވެ. އެމެރިކާ ސިފައިންގެ ރިޓަޔާރޑް ކާނަލް އެންތަނީ އާގިލާރގެ ދިރާސާ ރިޕޯރޓުގައި މިއީ އާންމު ކްރޮސްބޯޑަރ ހަމަލާތަކަކަށްވުރެން ބޮޑަށް ރޭވިގެން ހިންގި މިލިޓްރީ ހަމަލާއެއް ކަމުގައި ސިފަކޮށްފައިވެއެވެ.އީރާނުގެ މިލިޓްރީ ކޮމާންޑަރުގެ މުސްތަޝާރު […]

ޙޫތީންގެ ޙަމަލާތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މައްކާގައި ވައިގެ ޙަމަލާގެ އިންޒާރު ނެރެފި

ޔަމަނުގެ ޙޫތީ ހަނގުރާމަވެރިންގެ ޙަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާއިން މާތްވެގެންވާ މައްކާ ސިޓީގައި ފުރަތަމަ ފަހަރަށް ވައިގެ ޙަމަލާގެ އިންޒާރު ނުވަތަ އެއާ ރެއިޑް އެލާޓް ނެރެފި ކަމަށް އެންޑީޓީވީން ރިޕޯޓްކޮށްފިއެވެ. ސަޢޫދީގެ ސިވިލް ޑިފެންސުން އަންގާރަ ދުވަހު ވަނީ އެ ޤައުމުގެ ހުޅަނގު އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް ވަގުތީ އިންޒާރުތަކެއް ނެރެފައެވެ. މީގެ ތެރޭގައި މައްކާ، ޖިއްދާ އަދި ތާއިފް ހިމެނެއެވެ. އޭގެ ފަހުން މައްކާއަށް ނެރުނު އިންޒާރު ވަނީ އުވާލާފައެވެ. ކަމާބެހޭ ފަރާތްތަކުން […]

މައްކާއަށް އަމާޒުވި ހަމަލާއަކުން ސަލާމަތްވީ ހަމަ ކިރިޔާ!

ޔަމަނުގެ ހޫތީން ޖަމާއަތުން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް، އެގައުމުގެ ކޯލިޝަން ފައުޖުތަކުން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ. ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މިދަނޑިވަޅުގައި މި ހާދިސާއާ ގުޅިގެން އިސްލާމްދީނުގެ އެންމެ މާތް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. މި ހާދިސާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ވަނީ ކުށްވެރިކޮށްފައެވެ. އަދި މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދޭ ކަމަށް ބުނާ މިފަދަ ހަމަލާތަކަކީ މާތްވެގެންވާ ބިންތަކާއި މިސްކިތްތަކުގެ ހުރުމަތް […]

އިސްރާއީލުން ވަކިހިއްޕާލާފައިވާ ހުޅަނގު އައްސޭރީގެ ސިފަ ބަދަލުވަނީ

ހިފާފައިވާ ހުޅަނގު އައްސޭރި އަދި އިރުމަތީ ޤުދުސްގައި އިސްރާއީލުން ޤާއިމުކޮށްފައިވާ ވަޒަންވެރިވުންތަކުގެ ނެޓްވޯކް ވޭތުވެދިޔަ ދަހަރުތަކުގައި ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، މިހާރު 160 އަށް ވުރެ ގިނަ ވަޒަންވެރިވުންތަކުގައި ގާތްގަނޑަކަށް 750،000 އިސްރާއީލީ ވަޒަންވެރިން ދިރިއުޅެމުންދާ ކަމަށް އަލްޖަޒީރާ އަދި އިސްރާއީލުގެ ވަޒަންވެރިވުންތަކާ ދެކޮޅު ޖަމާޢަތެއް ކަމަށްވާ ”ޕީސް ނައު“ އިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ވަޒަންވެރިވުންތައް ހަލުވިކަމާއެކު ފުޅާވާން ފެށީ 1967 ވަނަ އަހަރު އިސްރާއީލުން ހުޅަނގު އައްސޭރި އަދި އިރުމަތީ ޤުދުސް ހިފުމަށް ފަހުގައެވެ. […]

ނުރައްކާތެރި ހަމަލާއަކާ ގުޅިގެން ސެޓެލައިޓް ޑޭޓާތަކުގެ މައްސަލަ ހޫނުވެއްޖެ

ޖޯޑަންގައި ހުންނަ އަސްކަރީ މަރުކަޒަކަށް އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރުވި ހާދިސާއާ، ޗައިނާގެ ކުންފުނިތަކަކުން ފޯރުކޮށްދިން ހައި-ރިޒޮލިއުޝަން ސެޓެލައިޓް ފޮޓޯތަކާ ގުޅުން ހުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ. މިއާއެކު ތެހެރާނަށް އެހީތެރިވުމުގައި ބެއިޖިންގްގެ ދައުރާ މެދު އަނެއްކާވެސް ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހޯދުންތަކަކީ ޖޯޑަންގެ އުތުރުއިރުމަތީގައި އޮންނަ މުވަފަޤް ސަލްތީ އެއާ ބޭސްއަށް ޖުލައި […]

އިސްރާއީލަށްޓަކައި ހަނގުރާމަކޮށް އެމެރިކާގެ މިލިޓްރީ ތިންވަނަ ދުނިޔޭގެ ފެންވަރަށް ވެއްޓޭކަށް ބޭނުމެއް ނޫން

އެމެރިކާ މިލިޓްރީންގެ ތެރޭގައި ދެބަސްވުންތައް ދުވަހަކުވެސް ފެނިފައިނުވާ މިންވަރަށް މިއަދު ފެންނަމުން އެބަ ދެއެވެ. ފެންނަ ފެނުމުގައި މިލިޓްރީގެ އިސް ވެރިންނާއެކު ސިފައިންގެ ވެރިޔާ ހުންނެވީ ރައީސް ޓްރަމްޕްގެ އަމުރަށް ކިޔަމަންނުވާ ހިސާބުގައެވެ. މިކަމާ ބެހޭ ޕެންޓަގަންގެ ކްލާސިފައިޑް ލިއެ ކިއުންތަކެއް އެމެރިކާގެ މީޑިއާއަށް ވަނީ ލީކް ވެފައެވެ. މުޅި ދުނިޔެއަށް ކުއްލި ހައިރާންކަމެއް އެ ލިއެކިއުންތަކުން ގެނެސް ދެއެވެ. އަހަރެމެންނަށް އީރާނުގެ ހަނގުރާމައިގާ ނާކާމިޔާބު ވެއްޖެއެވެ. ހަނގުރާމަ ކުރިއަށް ގެންދާނަމަ އެމެރިކާގެ މިލިޓްރީއަށް ލިބެމުންދާ ގެއްލުންތަކުން […]

ގަލްފުގައި ބިރުވެރި ހާދިސާއެއް ހިނގައިފި

ރޭގަނޑުގެ ވަގުތެއްގައި ހިނގި އަސްކަރީ ކުރިމަތިލުންތަކެއްގައި އުތުރު ގަލްފާއި ގަލްފް އޮފް އޮމާންގައި ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓުތަކެއްގައި އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނެފިއެވެ. މި ހާދިސާތައް ހިނގާފައިވަނީ އެ ސަރަހައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ބްރިޓިޝް ނޭވީއާ ގުޅުން އޮންނަ މި އެޖެންސީން ބުނީ، މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން ނުވަތަ ތިމާވެއްޓަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯ އަދި ކަށަވަރު ނުކުރެވޭ […]

16 މިނެޓު ތެރޭގައި ސަލާމަތްކުރި ފުރާނައެއް

ހާއްސަ އިންތިޒާމުތަކަކާއެކު ހަމަޖެއްސި ގްރީން ކޮރިޑޯއެއްގެ އެހީގައި، އިންޑިއާގެ ގާޒިޔާބާދުގެ ހިންދޮން އެއާޕޯޓުން ނޮއިޑާގެ ފޯޓިސް ހޮސްޕިޓަލަށް، ގާތްގަނޑަކަށް 20 ކިލޯމީޓަރުގެ ރާސްތާއެއް އެންމެ 16 މިނެޓުގެ ތެރޭގައި ކަޑައްތުކޮށް، ހަދިޔާކުރި ހިތެއް ގެންގޮސްދީ، ވަގުތު އެހާމެ ނާޒުކު، ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް، ޑޮކްޓަރުންނަށް އެހީތެރިވެދީފިއެވެ. މި އޮޕަރޭޝަން ފެށުނީ ޗަންދީގަޅުގެ އާއިލާއަކުން އެމީހުންގެ ލޯބިވާ މީހާގެ ގުނަވަންތައް ހަދިޔާކުރުމަށް އެއްބަސްވުމާ ގުޅިގެންނެވެ. ހަދިޔާކުރި ހިތް ނަގާފައިވަނީ ހަރިޔާނާގެ ޕަންޗްކުލާގައި ހުންނަ ކޮމާންޑް ހޮސްޕިޓަލުންނެވެ. […]