އިސްރާއީލުގެ ސިފައިން ސީރިޔާއިންނާއި ދެކުނު ލެބަނަނުން ފައިބަން ޓްރަމްޕް އަންގަވައިފި

ނޭޓޯ ސަމިޓްގެ ހަވާސާގެތެރެއިން ތުރުކީގައި ރައީސް ޓްރަމްޕް ސީރިޔާގެ ރައީސް އަޙްމަދު އަލްޝަރާ އާއި ބައްދަލު ކުރެއްވުމަށްފަހު ސީރިޔާއާއި ދެކުނު ލެބަނަން ގުޅޭ ސަރަހައްދުގައި ދެކޮޅުވެރިކަން އިތުރުވަމުންދާތީ ސިރިޔާއާއި ލެބަނަނުން އިސްރާއީލުގެ ސިފައިން ބާލަން ފެށުމަށް ރައީސް ޓްރަމްޕް ފޯނުކުރައްވާފައި އިސްރާއީލުގ ބޮޑުވަޒީރަށް އަންގަވައިފިކަމަށް އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުންނަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން ބުނެފިއެވެ. އިސްރާއީލުގެ ސިފައިން ސީރިޔާގައި ތިބުމުން ލެބަނަންއާގުޅޭ ސަރަހައްދުގައި ދެކޮޅުވެރިހަމަލާތައް ގިނަވެގެންދިއުމުގެ ބިރު ބޮޑުވެފައިވާކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވާފައިވާކަމަށް އެމެރިކާގެ އޮފިޝަލަކު […]
ވޯލްޑް ކަޕް ފައިނަލަށް އަލިފާނުގެ ނުރައްކާ؟ ފީފާއިން މުހިންމު އަޕްޑޭޓެއް ނެރެފި!

ކެނެޑާގައި ރޯވެފައިވާ ވަރުގަދަ އަލިފާންގަނޑުތަކުގެ ދުން އެމެރިކާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ފެތުރެމުންދާތީ ކަންބޮޑުވުންތައް އިތުރުވެފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު އަންނަ އާދީއްތަ ދުވަހު ތާވަލާ އެއްގޮތަށް ކުރިއަށްދާނެއެވެ. ބައެއް ބޮޑެތި ސިޓީތަކުގެ ވައިގެ ފެންވަރު ދަށްވެފައިވީ ނަމަވެސް، ނިއު ޖާޒީގައި ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗަށް މިހާރުގެ ހާލަތުން ވަގުތުން ނުރައްކަލެއް ނެތް ކަމަށް ފީފާއިން ބުނެއެވެ. މި ދުންތައް އުފެދެނީ […]
އީރާނަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން 10،000 މީހުން ފެނަށް ޖެހިއްޖެ

ހޮނިހިރު ދުވަހު އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެ، ރޭ ދިން އައު ހަމަލާތަކާއި އޭގެ ބަދަލުގައި ދިން ހަމަލާތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އެންމެ ފަހުން ހިނގި މި ކުރިމަތިލުންތަކުގެ ސަބަބުން އަސާސީ ހިދުމަތްތަކަށާއި، ވައިގެ ދަތުރުފަތުރަށާއި، ސަރަހައްދީ ސަލާމަތަށް ބުރޫއަރާފައިވާއިރު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އީރާނުގެ ގައުމީ ފެން ކުންފުނިން ބުނި ގޮތުގައި، ރޭގަނޑު އެމެރިކާއިން ދިން ހަމަލާތަކުގައި އެ […]
ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ގެންދިޔަ ސޯނަމް ވަންގޗުކް ފުލުހުން ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފި

އިންޑިޔާގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ގެންދިޔަ އެކްޓިވިސްޓް، ސޯނަމް ވަންގޗުކް އަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށުމުން އޭނާ އޮތް ތަނުން ނަގައިގެން ފުލުހުން ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އޭނާގެ ހަޅުތާލަށް ހޮނިހިރުދުވަހަށް 21 ދުވަސްވެފައިވާއިރު، އޭނާގެ ހަށިގަނޑުން މިހާތަނަށް 9 ކިލޯ ލުއިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހަޅުތާލު ފެށިއްސުރެ ލޮނުއަޅައިގެން ފެން ފިޔަވާ އެހެން އެއްވެސް އެއްޗެއް އޭނާ ބޭނުން ނުކުރާ ކަމަށް ވެއެވެ.އުމުރުން 59 އަހަރުގެ އެކްޓިވިސްޓް ވަނގޗުކް ބަނޑުހައިހޫނު ކަމުގެ […]
އެމެރިކާ އާއި އީރާނުގެ ކުރިމަތިލުންތައް ވަރުގަދަވެ، އާ ހަމަލާތަކާއެކު ސަރަހައްދީ ބަދަލުހިފުންތަކެއް ފެށިއްޖެ

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ މުހިންމު އަސްކަރީ އަދި ކަނޑުގެ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ އަދި މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، ބުރާސްފަތި ދުވަހު ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މީގެ ރައްދުގައި ތެހެރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެންމެ ފަހުން ދިން މި ހަމަލާތަކުގެ މަގްސަދަކީ އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރަށް […]
”ވަރަށް ބޮޑު ޚަބަރެއް“ ދެއްވާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި

އަންގާރަ ދުވަހުގެ ރޭ ވައިޓް ހައުސްއިން މަދުން ނޫނީ ނުދެއްވާ ފަދަ ޕްރައިމްޓައިމް ތަޤުރީރެއްގައި، ”ވަރަށް ބޮޑު ޚަބަރެއް“ ގެނެސްދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޢުދުވެވަޑައިގެންފިއެވެ. މިއާއެކު، އިންތިޚާބީ ސިޔާސަތުތަކާ މެދު ސަރުކާރުން ދެން އަޅާނެ ފިޔަވަޅުތަކާއި، ޚިޔާލުތަފާތުވުން އުފެދިފައިވާ 2020 ގެ ރިޔާސީ އިންތިޚާބަށް އަމާޒުކުރައްވާ މިންވަރާ މެދު ވަނީ ބަހުސްތައް އިތުރުވެފައެވެ. މި ހަފުތާގެ ކުރީކޮޅު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޓްރަމްޕް ވަނީ ތަޤުރީރުގެ ތަފުސީލު ހާމަކުރެއްވުމަށް އިންކާރު ކުރައްވާފައެވެ. […]
ޓްރަމްޕުގެ ހިތް ފުރެންދެން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފި!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ”ތިމަންމަނިކުފާނަށް ފުދިއްޖެއޭ ވިދާޅުވަންދެން“ ކުރިއަށްދާނެ ކަމަށް އިއުލާނުކުރެއްވުމާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުން ބުދަ ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ހަލުވިކަމާއެކު އިތުރުވަމުންދާ ކުރިމަތިލުންތަކަށް އަވަސް ނިމުމެއް ނާންނާނެކަމުގެ ނިޝާނެކެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ދެކުނުގެ އެތައް އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް، ބޮޑެތި ހަމަލާތަކެއް ދީފައިވާކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑް ސެންޓްކޮމް އިން […]
ޔަމަންގެ ސަންޢާ އިންޓަރނޭޝަނަލް އެއާރޕޯރޓަށް ސައޫދީ އެރޭބިއާއިން ހަމަލާދީ ރަންވޭ ހަލާކުކޮށްލައިފި

ސައޫދީ އެރޭބިއާއިން ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ސަންޢާގެ ބައިނަލް އަގްވާމީ ވައިގެ ބަނދަރަށް ބޮންއެޅުމުގެ ސަބަބުން އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައިގާ އިތުރު ގޮތްޕެއް އުފަން ކުރުވައިފިކަމަށް ދަ ޓެލިގްރާފުން ޚަބަރުދީފިއެވެ. ސައޫދީ އެރޭބިއާއިން ބޮން އެޅުމުގެ ސަބަބުން އެއާރޕޯރޓްގެ ރަންވޭ ހަލާކުވެ އީރާން އެއާރލައިންގެ ފްލައިޓް ޖެއްސުން ހުއްޓުވައިފިއެވެ. ޚަބަރުތަކުން އެނގިފައިވާގޮތުގައި ސަންޢާ އެއާޕޯރޓަށް ސައޫދީ އެރޭބިއާއިން ހަމަލާދިނީ ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ އެދުމަކަށެވެ. […]
އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ދިގުލަމުންދާނަމަ އެމެރިކާގެ ހަތިޔާރު ހުސްވެދާނެ

ގޮތްނޭންގޭ ސަރަހައްދަކުން ފެންނަ ގޮވުމެއްގެ ސަބަބުން ދުންއަރާ މަންޒަރަކީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އެއީ އެމެރިކާއިން އީރާނަށް ދީފައިވާ ހަމަލާޢެއް ކަމަށެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގެ ތާވަލްގައި މީގެފަހުން ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ނޯންނާނެކަމަށް މިދިޔަ ހުކުރުދުވަހުން ފެށިގެން ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާއިރު މިހާރު ކުރިއަށްދާގޮތަށް ހަނގުރާމަ ދިގުލައި ދާނަމަ އެމެރިކާގެ ހަތިޔާރު ހުސްވެގެން ދިއުންކައިރި ކަމުގައި ސީ އެން އެން އިން ބުނެފިއެވެ. ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް […]
މަތިންދާބޯޓެއްގެ ނެއްޓުނު ކުޑަދޮރަކުން މީހަކު ކިރިޔާ ބޭރުނުވެ ސަލާމަތް ވެއްޖެ

ރަޔަންއެއަރ ގެ މަތިންދާބޯޓެއްގައި ހިނގި އެކްސީޑެންޓެއްގައި ނައްޓައިގެންދިޔަ ބޯޓުގެ ކުޑަދޮރަކުން މީހަކު ބޭރުނުވެ ކިރިޔާ ސަލާމަތްވެއްޖެއެވެ. ކުޑަދޮރު ވިއްސައިގެން ދިއުމާއިއެކު ދޮރާއި އެންމެ ކައިރީގައިވާ ގޮނޑީގައި އިންމީހާ ގަދަ ”ފޯސް“ އަކާއެކު ބޭރަށް ދަމައިގަތް ކަމަށްވެއެވެ.އެވަގުތު އޭނާއާއި ޖެހިގެން އިން އޭނާގެ އަންހެނުން، ފިރިމީހާގެ ދެފައިގައި ބާރަށް ބެއްދުމަށްފަހު އެތެރެޔަށް ގެނެވޭތޯ އުޅެމުން އެހެންމީހުންނަށް ގޮވާ އެހީތެރިކަމަށް އެދުނު ކަމަށް ވެއެވެ. ރަޔަންއެއާގެ ބޯޓު ހުކުރު ދުވަހު ކުރި ދަތުރުގައި ދިހަވަރަކަށް މިނިޓް ދަތުރު ކުރިޔަށް ގޮސްފައި […]