އިސްރާއީލުގެ ސިފައިން ސީރިޔާއިންނާއި ދެކުނު ލެބަނަނުން ފައިބަން ޓްރަމްޕް އަންގަވައިފި

Loading

Facebook
Twitter
WhatsApp

ނޭޓޯ ސަމިޓްގެ ހަވާސާގެތެރެއިން ތުރުކީގައި ރައީސް ޓްރަމްޕް ސީރިޔާގެ ރައީސް އަޙްމަދު އަލްޝަރާ އާއި ބައްދަލު ކުރެއްވުމަށްފަހު ސީރިޔާއާއި ދެކުނު ލެބަނަން ގުޅޭ ސަރަހައްދުގައި ދެކޮޅުވެރިކަން އިތުރުވަމުންދާތީ ސިރިޔާއާއި ލެބަނަނުން އިސްރާއީލުގެ ސިފައިން ބާލަން ފެށުމަށް ރައީސް ޓްރަމްޕް ފޯނުކުރައްވާފައި އިސްރާއީލުގ ބޮޑުވަޒީރަށް އަންގަވައިފިކަމަށް އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުންނަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން ބުނެފިއެވެ. އިސްރާއީލުގެ ސިފައިން ސީރިޔާގައި ތިބުމުން ލެބަނަންއާގުޅޭ ސަރަހައްދުގައި ދެކޮޅުވެރިހަމަލާތައް ގިނަވެގެންދިއުމުގެ ބިރު ބޮޑުވެފައިވާކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވާފައިވާކަމަށް އެމެރިކާގެ އޮފިޝަލަކު އެކްސިއޯސްއަށްވެސް ވަނީ މައުލޫމާތު ދީފައެވެ. ސީރިޔާގައި އިސްރާއީލުގެ ސިފައިންތިބޭކަން އެގައުމުން ބޭނުމެއްނުވެއެވެ.

އެހެންވީމާ ސީރިޔާއިން އިސްރާއީލުގެ ސިފައިން ޖެހޭނީ ފައިބަން ކަމުގައި ރައީސް ޓްރަމްޕްގެ މެސެޖްގައި އަންގަވާފައި ވެއެވެ. ރައީސް ޓްރަމްޕްގެ މެސެޖަށް ޖަވާބު ދިނުމުގައި އިސްރާއީލުގެ ސަލާމަތަށްޓަކައި އެ ސަރަހައްދުގައި ސެކިއުރިޓީ ޒޯނެއް ކަނޑައަޅުއްވައި ދިނުމަށް ރައީސް ޓްރަމްޕް އަރިހުގައި ނަތަންޔާހޫ ވަނީ އެދިފައެވެ. އެމެރިކާއިން ބޭނުންވަނީ 2024 ވަނަ އަހަރު ބައްޝާރުލް އަސަދުގެ ވެރިކަން ނިމިގެން ދިޔުމަށްފަހު ދެކުނު ސީރިޔާއިން އިސްރާއީލު ދަމާގަތް ސަރަހައްދުން އސްރާއީލުގެ ސިފައިން ފައިބާނެ ތާވަލެއްގެ މައްޗަށް އެކުލަވާލި ފްރޭމްވާރކް އެއްބަސްވުން ތަންފީޒު ކުރަމުން ގެންދިއުމަށެވެ. އިސްރާއީލާއި ލެބަނަނުން ވެފައިވާ ފްރޭމްވާރކް އެއްބަސްވުމުގެ ދަށުން ދެކުނު ލެބަނަނުން އިސްރާއީލުގެ ސިފައިން ފައިބަންޖެހޭ 2 ޕައިލެޓް ޒޯނަކުން އަދިވެސް އިސްރާއީލުގެ ސިފައި ނުފައިބައެވެ. އަދި އިސްރާއީލުން ގެންދަނީ އެ ސަރަހައްދުން ފޭބުމުގެ ބަދަލުގައި ސެކިއުރިޓީ ޒޯނެއް އުފައްދަން ބާރުއަޅަމުންނެވެ.
އިސްރާއީލުން ދެން ގަދަހަދަމުންގެންދަނީ އެ ސަރަހައްދުގައި ހިޒްބު ﷲގެ ބާރު ނެތްކަން ކަށަވަރުކުރުމަށެވެ. ލެބަނަންގެ ސަރުކާރުގެ ރައްދުގައި ބުނެފައިވަނީ އެމެރިކާއިން އެކަން ކަށަވަރުކުރުމަށެވެ.
ވައިޓްހައުސް އިން އިތުރަށް ވާހަކަދައްކަން ބޭނުންނުވާކަން ހާމަކޮށްފައިވާއިރު މީޑިއާގައި ދައުރުވަމުންދާ ޚަބަރު ދޮގުކޮށްފައެއް ނުވެއެވެ.
އެމެރިކާއަކީ އިސްރާއީލުގެ އެންމެގާތް ބައިވެރިޔާއެވެ. އަދި ރައީސް ޓްރަމްޕް އަކީ ނަތަންޔާހޫގެ އެންމެގާތަ އެކުވެރިޔާއެވެ.
މީގެ 3 މަސްދުވަސްފަހުން އިސްރާއީލުގައި އިންތިޚާ ބާއްވަންޖެހޭއިރު އެމެރިކާއިން އަމުރުކުރިއަސް އިސްރާއީލާ ގުޅިފައިވާ ސަރަހައްދީ ބޯރޑަރތަކުން ފޭބުމުން މިހާރުވެސް ލާހޫރެމުންދާ ކޯލިޝަން ރޫޅި ބައިބައިވެގެން ދިއުމަށް މަގުފަހި ވެގެންދާނެކަން ނަތަންޔާހޫއަށް އެނގެއެވެ. އެންމެ ފަހުގެ ޚަބަރުތަކުނަ އެނގޭގޮތުގައި މިހާރުވެސް ނަތަންޔާހޫގެ ގުޅިފައިވާ ސަރުކާރަށް ޕާރލަމެންޓުގެ އަޣްލިއްޔަތު ކަށަވރެއް ނުކުރެވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް