ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަނީ

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަން ނިންމައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ެއެގޮތުން އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވިީ ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތް ކުރަން ޖެހިފައިވާ ކަމަށެވެ. ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން […]