ފާނަ އާލާކުރަން 73 ހެކްޓަރުގެ ސަރަހައްދެއް ކަނޑައަޅައި، މެެރިކަލްޗަރ ތަރައްގީކުރަން 4 ޒޯނެއް

ފާނަ އާލާކުރަން 73 ހެކްޓަރުގެ ސަރަހައްދެއް ކަނޑައަޅައި، ހަތަރު ޒޯނެއްގައި މެެރިކަލްޗަރ ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ކުރިއަށް ގެންދާނެ ކަންތައްތަކެއް ނިންމަވާފައިވާ ކަމަށެވެ. އެ ކަންތައްތައް ނިންމަވާފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް […]