ސަފާރީ ރޭޕް ކޭސް ރިޕޯޓްކުރި ގޮތުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީ އިސްތިއުފާ ދީފި

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ދެ ފިރިހެނަކުވެގެން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެކުލަވާލި ކޮމިޓީގައި ހިމެނޭ ތިން މެންބަރުން އިސްތިއުފާ ދީފިއެވެ. އެ ކޮމިޓީގައި ހިމެނޭ އެމްއެމްސީގެ ތިން މެންބަރުން ކަމަށްވާ އަޒްމީ އަލީ (މުގައްރިރު) އަހުމަދު ނާއިފް އަދި މުހައްމަދު ޔާމީން އިބްރާހިމް ކޮމިޓީއިން އިސްތިއުފާ ދެއްވީ ކޮމިޓީގެ ނިންމުމަށް އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ނުފޫޒު ފޯރުވަން […]