ބާސެލޯ ނަސަންދުރައަކީ މާލެ ސިޓީގެ ތަރައްޤީގެ އާ ބާބެއް: ޢާޒިމް

ބާސެލޯ ނަސަންދުރަ ހުޅުވުމަކީ މާލެ ސިޓީގެ ތަރައްޤީގައި ފެށުނު އާ ބާބެއްކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ”މިފަދަ މަޝްހޫރު ބައިނަލްއަޤްވާމީ ބްރޭންޑެއް މާލެ ސިޓީގައި ޤާއިމްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މިއީ ހަމައެކަނި މާލޭގެ މަލަމަތި ޒީނަތްތެރި ކޮށްދޭނެ ތަނެއް ނޫން. މިއީ މާލެ ސިޓީގެ ތަރައްޤީގެ ތަސައްވުރު […]