ކައްދޫގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ އަންހެންމީހާ ނިޔާވެއްޖެ

ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެންމީހާ ނިޔާވެއްޖެއެވެ. ރޭ 7.15 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ، ކައްދޫ އެއާޕޯޓު ކައިރިން ކަފިހިހުރަސް މަތިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އެ އަންހެންމީހާ ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.  މި ހާދިސާގައި އެ އަންހެންމީހާގެ އިތުރުން، އޭނާގެ މާމަދަރިފުޅާއި، ސައިކަލު ދުއްވަން އިން ފިރިހެންމީހާއާއި ސައިކަލު ފަހަތުގައި އިން […]

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގައި ބާއްވާ ބޮޑު އެއްވުން މާދަމާ

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ  ޤައުމީ ބޮޑު އެއްވުން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ. އެ އެއްވުން އިންތިޒާމުކުރާ ކޮމިޓީން ބުނިގޮތުގައި، މާދަމާ ހަވީރު 4:30ގައި އެއްވުން ފަށާނީ މާލޭގެ މާފަންނު ސްޓޭޑިއަމުންނެވެ. އަންހެންނާއި ފިރިހެނުންނަށް ވަކިން ތިބެވޭގޮތަށް އިންތިޒާމުކޮށްފައިވާ މި އެއްވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ހަވީރު 4:00ށް އެ ސަރަހައްދަށް ޖަމާވުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ.  މި އެއްވުމުގައި ބޭނުންކުރާނެ ހުރިހާ އެއްޗެއްވެސް ފޯރުކޮށްދޭނީ އެ ކޮމިޓީން ކަމަށްވެސް ވަނީ […]

ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން ކައުންސިލްތަކުން އެއްބާރުލުން ދޭން ޖެހޭ: ރައީސް

ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުން ހުރަސްއެޅުމުގެ ބަދަލުގައި އެއްބާރުލުން ދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ވިސްނުމަށް ޖާގަދެވި، ހުރަސްތަކެއް ކުރިމަތިވުމުން އެ ކަމުގެ ސަބަބުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ހިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ އަބަދުވެސް ސަރުކާރުގެ […]

ޓްރެފިކަށް ލުޔެއްދިނުމަށް މެދުޒިޔާރަތް މަގު ހުޅުވާލަނީ

ޓްރެފިކަށް ލުޔެއްދިނުމަށް މެދުޒިޔާރަތް މަގު ހުޅުވާލަން މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ. ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލަށް ހުށައަޅުއްވާފައި ވަނީ މޭޔަރު އާޒިމް އެވެ. މޭޔަރ ޢާޒިމް މި ކަން ކައުންސިލަށް ހުށަހެޅުއްވީ، ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައެވެ. މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކުގެ […]

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަނީ

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަން ނިންމައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ެއެގޮތުން އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވިީ ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތް ކުރަން ޖެހިފައިވާ ކަމަށެވެ. ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން […]

ޒަކާތާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި

ޒަކާތާ ގުޅޭ ކަންކަން ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ސަރުކާރުން އެކުލަވާލައި މަޖިލީހަށް ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުން ބަލައިގެންފިއެވެ. މިއީ ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުން ހުށަހެޅުއްވި ބިލެކެވެ. ބިލުގައި ވާގޮތުން، އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައި ވީނަމަވެސް، ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށް ވީނަމަވެސް، ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި، ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނުނަމަވެސް […]

އީޕީއޭގެ ނަން، ”އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ“ އަށް ބަދަލުކޮށްފި

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) “ ގެ ނަން، ”އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ“ އަށް މިއަދު ބަދަލުކޮށްފިއެވެ. މި ބަދަލު ގެނެސްފައި ވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބަދަލު ގެނެސްފައިވާކަން އިޢުލާން ކޮށްފައި ވަނީ، ނަންބަރު 2025/14 ދެންނެވުމުގައި ކަމަށެވެ. މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ […]

އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި 

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ޕާސްޕޯޓުގެ ޚިދުމަތް ދޭންފަށައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވައި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނާއި، އިމިގްރޭޝަން ކޮންޓްރޯލަރު އަޙްމަދު ފަޞީޙުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޮފީސް ހުޅުވައި، ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެ ގޮތުން ވަނީ ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްފައެވެ. ޕާސްޕޯޓު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙުސާނެވެ. އިމިގްރޭޝަނުން މަޢުލޫމާތުދިންގޮތުގައި، […]

ވަޒީފާއިން ވަކިކުރިއިރު ދިފާޢުގައި ދެއްކި އެއްވެސް ވާހަކައަކަށް ރިޢާޔަތްކޮށްފައެއް ނުވޭ: ކުރީގެ ފަނޑިޔާރު ޢަލީ އާދަމް

ވަޒީފާއިން ވަކިކުރެއްވިއިރު، ދިފާޢުގައި ދެއްކެވި އެއްވެސް ވާހަކައަކަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް، ހދ ޖުޑީޝަރީ ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓް ޢަލީ އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ޚަޞްމަކަށް އޭނާ ގުޅުއްވައި މެސެޖުކުރެއްވިކަމުގެ ތުހުމަތުގައި ހުށަހެޅުނު މައްސަލައެއްގައި، 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 46 މެންބަރުންގެ އިއްތިފާޤުން އޭނާ މަޤާމުން ވަކިކުރެއްވި މައްސަލައާ ގުޅޭގޮތުން އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ، ޒިންމާދާރު މަޤާމުތަކުގައި 27 […]

4 ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ބ. އަތޮޅަށް!

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ‎ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. ‎އަދި މި ދަތުރުފުޅުގައި، މާޅޮސްމަޑުލު […]