ކަރަންޓު ކެނޑޭ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ޢާޒިމް އެދިވަޑައިގެންފި

ފަހަކަށްއައިސް މާލެ ސިޓީން ތަކުރާރުކޮށް ކަރަންޓު ކެނޑެމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ޢާޒިމް ވިދާޅުވީ، ކަރަންޓު ކެނޑުމުގެ މައްސަލައަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ދިމާވާ ކަމެއް ކަމަށެވެ. މި ކަމުގެ ސަބަބުން، ގޭބިސީތަކުގެ ސާމާނުތަކަށް ގެއްލުންވެ، ވިޔަފާރިތަކަށް ހުރަސްއެޅި، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ޢާޒިމް ވަނީ ފާހަގަކުރައްވާފައެވެ. […]
މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ

މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިއަދު މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ކަމަށެވެ. މިގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކަކީ: * ބޮޑުފުޅައްގޯޅި ހިމެނޭ ސަރަހައްދު. (10:00އާ 12:00އާ ދެމެދު) * މުނިޔާމަގާއި ޝާރިޢުވަރުދީ ހިމެނޭ ސަރަހައްދު. (14:00އާ 16:00އާ ދެމެދު) * ފާށަނާކިލެގެމަގު، އަލިކިލެގެފާނުމަގު، ބަނަފްސާގޯޅި، ބޮޑުފުޅައްގޯޅި، […]
ސަރަހައްދީ ޤައުމުތަކުގެ މީހުންނާ އަޅުގަނޑުމެން ވަކިކޮށްދޭ ސިފައަކީ ދިވެހި ބަސް: ޑރ. އަޝްރަފް

އިންޑިއާ، ބަންގްލަދޭޝް ނުވަތަ ޝްރީލަންކާ މީހުންނާ އަޅުގަނޑުމެން ވަކިކޮށްދޭ ސިފައަކީ އަޅުގަނޑުމެންގެ ދިވެހި ބަސް ކަމަށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. އަޝްރަފް މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ރ. ކިނޮޅަހުގައި ބޭއްވި ”ސަރުނަވެރިންގެ ޙަފުލާ“ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އެކި ރޮނގުރޮނގުން ކިނޮޅަހަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ފަރާތްތަކަށާއި، ރަށަށް ރީތި ނަން ހޯދައިދޭ ދަރިވަރުންގެ އަގު ވަޒަންކުރުމަށް ކިނޮޅަހު ކައުންސިލުން ބާއްވާ އެވޯޑު ޙަފުލާއެކެވެ. މި […]
ޙައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމާމެދު ފާޑުކިޔުންތައް

ޙައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިކުރަން އުޅޭތީ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށައިފިއެވެ. ފާޑުކީ ބައެއް މީހުން ބުނެފައިވަނީ ހައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާއިން ކުރަންވީ ކަމަކީ މިއީތޯއެވެ. މިވަރުން ދަންޏާ ޓެކްސީކުރުމާއި ކަންމަތީ ފިހާރަތައްވެސް ހުޅުވަންވީ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އާންމުން މިކަމަށް ފާޑުކިޔަން ފަށާފައިވަނީ، ”ހަލާލު ފަތުރުވެރިކަމުގެ“ ނަމުގައި މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އެ ކޯޕަރޭޝަނުން އިޢުލާންކުރުމާ ގުޅިގެންނެވެ. ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެފައި ވަނިކޮށް، އިސްލާމީ […]
ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް ރީނދޫ ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލުގެ ވަގުތު ދަމަހައްޓާފައިވަނީ މިއަދު ހެނދުނު 7.30ން ފެށިގެން މެންދުރުފަހު 1.30ގެ ނިޔަލަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމާއެކު، އެ ވަގުތު ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައް […]
މިއީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު ހިނގާފާނެ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު، ހިނގާފާނެ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ އެ ޚިދުމަތުން ވަނީ، މި ދުވަސްވަރަކީ ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވުމާއެކު، މަސައްކަތްކުރާ ތަންތަނުގައި (ޚާއްޞަކޮށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި) ހުންނަ ފެންސުފަދަ ތަކެތި ވަޔާ ނުދާނެހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް އެދިފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް (ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރެއަށް) މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން، އެ ސަރަހައްދުތަކަށް ގަޑިއަކު 19 […]
އޮޅުހިޔާއަށް އިތުރު 75 ބުޅާ ގެންގޮސްފި

މާލޭ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހަދާފައިވާ ”އޮޅުހިޔާ“ގެ ކަރަންޓީނު ބައިގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ އެތަނަށް ގެންގޮސްފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، ވިއްސާރައާ ގުޅިގެން މެދުކެނޑާލުމަށްފަހު އިއްޔެ އަލުން އެ މަސައްކަތް ފަށާފައި ވާކަމަށެވެ. އޮޅުހިޔާ ހުޅުވިއިރު، އެތަނުގައި ކަރަންޓީނުކުރުމުގެ ވަސީލަތްތައް ނެތް ކަމަށާއި، ނަމަވެސް، ކޮށިތައް ތައްޔާރުކޮށް، 15 ބުޅާ އޭރުވެސް އެތަނަށް ގެންދިޔަ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މަގުމަތިން ހިފައިގެން ގެންދާ ބުޅާތައް ކަރަންޓީނުގައި […]
އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، މ. ސްޓާރ، މުޙައްމަދު ރަޒީން (49އ) އެވެ. ފުލުހުން ބުނީ، ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އެކި މައްސަލަތަކުގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައި ވާއިރު، އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައެވެ. އަދި އައިޖީއެމްއެޗްގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި […]
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދުގެ އެކި ވަގުތުތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، މިއަދު މާލެއާއި ހުޅުމާލޭގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. ކަރަންޓު ވިއުގައިގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ: ސްޓެލްކޯއިން ބުނެފައިވާގޮތުގައި، ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުތަކުން މެދުކެނޑޭނީ ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، ކުޑަ ވަގުތުކޮޅަކަށެވެ.
އިޖުތިމާޢީ ތަރައްގީގެ ހައްގުތައް ދޫކުރުމުގައި ވެސް ދިވެހީންނަށް ނިކަމެތިކަން

ވޭތުވެ ދިޔަ ސަރުކާރުން ވަނީ SDFC އުފައްދައި ތަރައްގީއަށް ލޯނުތައް ތައާރަފުކޮށްފައެވެ. ނަމަވެސް ދާދި ފަހުން މި ސަރުކާރުން ވަނީ ބޭންކެއްގެ ދަށަށް އެ މަޝްރޫޢު ގެނެސްފައެވެ. މުޖުތަމައުގައި ބޭންކުތައް ގިނަ އަދަދަކަށް ހުރެފައި އެ ތަންތަނުން ލޯނުތައް ލިބޭ އިރުވެސް SDFC ފަދަ މުއައްސަސާތައް ދުނިޔޭގެ ބައެއް ސަރުކާރުތަކުން އުފައްދަނީ ބޭންކުތަކުން ލޯނު ދޫކުރުމުގައި ބަލާނީ އިޖުތިމާޢި ފައިދާއަށްވުރެ ބޮޑަށް ވިޔަފާރި ފައިދާއަށް ކަމަށް ވެފައި އެފަދަ އިޖުތިމާޢީ ފައިދާއަށް ބޭނުންވާ ކަންތައްތައް ކުރުމަށް ބޭންކުތަކުން […]