ފުލެޓު ލިސްޓުން އުނިކުރި މައްސަލަ ކޯޓަށް 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭނެކަމަށް ކުރީ ސަރުކާރުން އިޢުލާންކުރި ލިސްޓުގައި ހިމެނޭ މީހެއްގެ ޝަރުތު ހަމަނުވާކަމަށް، މި ސަރުކާރުން ނެރުނު ލިސްޓުގައި ކަނޑައަޅާފައިވާތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ. އެ މީހާގެ ފަރާތުން އޭނާގެ ވަކީލު ހުށަހެޅި މި މައްސަލާގައި އެދިފައިވަނީ އޭނާގެ މުވައްކިލަށް ލިބޭނެކަމަށް ލިސްޓުގައި ކަނޑައެޅި ފުލެޓު އެހެން މީހަކާ ހަވާލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެމުން، އޭނާގެ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ބުނީ، އެ […]

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ. ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ. ކޮމިޝަނަރ އޮފް އިސްމާޢީލް […]

މަރާމާތަށްޓަކައި ބޮޑުތަކުރުފާނުމަގުގެ ބައެއް ބަންދުކުރަނީ

މަރާމާތަށްޓަކައި 18 އޯގަސްޓުން ފެށިގެން ބޮޑުތަކުރުފާނުމަގުގެ ވަކި ސަރަހައްދެއް އެއްގަމު އުޅަނދުފަހަރަށް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި 18 އޯގަސްޓުވާ ހޯމަ ދުވަހުން ފެށިގެން 13 އޮކްޓޯބަރުވާ ހޯމަ ދުވަހުގެ ނިޔަލަށް، އެ މަގުގެ އެއްފަޅި ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން، ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ މުޙައްމަދު އިސްމާޢީލް ދީދީ ގޯޅިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް، ބޮޑުތަކުރުފާނުމަގުގެ އެއްފަޅިއެވެ. ބަންދުކޮށްފައި […]

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ށ. އަތޮޅަށް ހާހަކަށްވުރެ ގިނަ ގަސް ފޮނުވައިފި

ކާނާގެ ރައްކާތެރިކަމުގެ ޔަގީންކަން އިތުރުކުރުމަށް ހިންގާ ”ފުޑްސެކިއުރިޓީ ޕްރޮގްރާމް“ގެ ދަށުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ށ. އަތޮޅުގެ ހަތަރު ރަށަކަށް ހާހަކަށްވުރެ ގިނަ ގަސް ފޮނުވައިފިއެވެ. މި ރަށްތަކަށް ފޮނުވާފައިވަނީ ޖުމުލަ 1159 ގަހެވެ. އޭގެތެރޭގައި ހިމެނެނީ އާއްމުކޮށް ރަށްރަށުގައި ހައްދާ ބާވަތްތައް ކަމަށްވާ އަލަ، ބަނބުކެޔޮ، ޖަނބުރޯލު، އަދި މުރަނގައެވެ.  ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މި ގަސްތައް ފޮނުވާފައިވަނީ ރަށްރަށުގެ ގެތަކަށާއި އޮފީސްތަކަށެވެ. މިގޮތުން ގަސް ފޮނުވާފައިވާ ރަށްތަކަކީ: ށ. ފުނަދޫ – 65 […]

ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާއަރުވާ ބޯޑުން މާހިލް އިސްތިއުފާދެއްވައިފި

ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާއަރުވާ ބޯޑުން ޢަބްދުﷲ މާހިލް ޝަހީމް އިސްތިއުފާދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މާހިލް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، ތަޢުލީމު ހާސިލުކުރައްވައި ނިންމެވުމަށްފަހު ޤައުމަށް އުމަށް ޚިދުމަތްކުރައްވާނެ ކަމަށެވެ. ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑުން މާހިލް އިސްތިއުފާ ދެއްވާފައި މި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެ ވަޑައިގަތްއިރު އޭނާގެ ލަގެޖުން ވޭޕް ސާމާނުތަކެއް ފެނުނުކަމުގެ ޚަބަރުތައް ފެތުރިފައި ވަނިކޮށެވެ. ވޭޕް ސާމާނު ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުންވެސް […]

ޑްރަގްގެ މައްސަލައެއްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

ޑްރަގްގެ މައްސަލައެއްގެ ތަހުގީގަށް މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން މިއަދު ބުނީ ފުލުހުންގެ ބަންދުގައި ހުއްޓަ މަރުވެފައި ވަނީ ގ. ޒާމިއާ، މާލެ، އަހުމަދު އަފްރާހު (48އ) ކަމަށެވެ. “މިއަދު ފަތިހު 5:50 އެހާކަންހާއިރު ބެލި އިރު އަފްރާހުގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވުމުން އައިޖީއެމްއެޗަށް ގެންގޮސްފައިވާނެ“ ފުލުހުން ބުނެފައި ވެއެވެ.އެގޮތުން އަހުމަދު އަފްރާހު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް […]

އިމާރާތެއްގެ ބައެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާލޭގައި އުސްކޮށް ހަދާފައިހުރި ދުވަސްވީ އިމާރާތެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ބިލަބޮންގް ސްކޫލް ކުރިމަތީގައި ހުންނަ މި އިމާރާތަކީ ކުރިން އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު ހިންގި އިމާރާތެވެ. ހޮނިހިރު ދުވަހުގެ މެންދުރު 1.00ހާއިރު ހިނގި މި ހާދިސާގައި އިމާރާތުގެ މަތިން ފެށިގެން ތިރިއަށް، އިމާރާތުގެ އެއް ފަޅި ކަހަލަ ގޮތަކަށް ވެއްޓިފައިވާއިރު، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާ ތަޙުޤީޤުކުރަމުން ދާކަމަށް ފުލުހުން ބުނެފައިވާއިރު، އެ ސަރަހައްދުގައި […]

ޒަކާތު ފަންޑުން ސްކޮލަޝިޕް ލިބުން ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމް ޚާސިލްކުރުމަށްދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް މިރޭ ލިޔުުން ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމުޙޫރިއްޔާގެ ނައިބު އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މިފަހަރު ސްކޮލަރޝިޕް ލިބިފައިވަނީ ޖުމްލަ 24 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް […]

ރޭ ހިނގި މަރުގެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި

ލ. ކައްދޫގައި ރޭ ދުވަސްވީ އަންހެނަކު ނިޔާވި އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުހައްމަދު ނައުސާން (37އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް،، ކައްދޫ އެއާޕޯޓަށް ދާ މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވީ ރޭ 7.15 ހާއިރެވެ. މި ހާދިސާގައި، މަގު ހުރަސްކުރި ދުވަސްވީ އަންހެންމީހާ ނިޔާވެފައިވާއިރު، އޭނާއާ އެކުގައި ދިޔަ މާމަ ދަރިފުޅަށްވެސް […]

މަގުމަތީގައި ބޭނުންނުކޮށް ހުންނަ އުޅަނދުތައް ނަގަނީ

މަގުމަތީގައި ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުތައް ނަގަން ފަށައިފިއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ސިޓީ ކައުންސިލާއި، އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަކީ، މާލޭގެ މަގުތައް އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. މިދިޔަ ފެބްރުއަރީ މަހުވެސް ފުލުހުން ވަނީ، މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވެފައިވާ 200އަށްވުރެ ގިނަ އުޅަނދު ނަގާފައެވެ