ޢަބްދުއްރަޙްމާނުގެ މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު ޢަބްދުއްރަޙުމާން އާދަމްގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އޭނާއަށް ހަމަލަދީ ޒަޚަމްކޮށްލާފައިވަނީ އޭނާގެ ގޭގައި ނިދާފައި އޮއްވައެވެ. އޭނާ ނިޔާވެފައިވަނީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް، މިދިޔަ ޖުލައި މަހުގެ 13ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާނުގެ މަރުގެ ތަޙުޤީޤަށްޓަކައި ވަނީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދާފައެވެ. އޮޓޮޕްސީގެ ނަތީޖާ ދައްކާގޮތުން އޭނާ ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ފުލުހުން […]

ކެއްސުމަށް ދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕް ވިއްކުން މަނާކޮށްފި

ކެއްސުމަށް ދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕް ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.   އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރެވޭ ބޭސްތަކަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، މާކެޓިންގ ސަރވެއިލެންސްގައި ކޮފްސީ ސިރަޕް (cofsy syrup)ގެ ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައި ވާކަމަށެވެ. އެހެންކަމާއެކު، މިއަދުން ފެށިގެން މި ބޭސް އެތެރެކުރުމާއި ވިއްކުން، އަދި މި ބޭސް ބޭނުންކުރުންވެސް އެ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. […]

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު  ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ. ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް […]

ތޮއްޑޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި އިމާރާތްކުރަން ފަށާފައިވާ 30 އެނދުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިހާރު މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ޞިއްޙީ މަރުކަޒުގެ ބަދަލުގައި ދެން ކުރިއަށްގެންދާނީ ހޮސްޕިޓަލެއްގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ޞިއްޙީ ވުޒާރާގެ ލަފާވެސް ހޯއްދަވާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން […]

ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާމެދު ވިސްނެވުމަށް ރައީސްގެ އަރިހުން ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް އެދިވަޑައިގެންފި

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ، އަދި ގެންނަ ބަދަލުތަކާމެދު އިތުރަށް ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން، އއ. ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާޢު އާދަމް އެދިވަޑައިގެންފިއެވެ. އޭނާ މިކަމަށް އެދިވަޑައިގެންފައިވަނީ، ރައީސް މުޢިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ބޮޑުފޮޅުދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ވިދާޅުވީ، ކައުންސިލުގެ އިދާރީ އޮނިގަނޑު މިހާރުވެސް އޮންނަނީ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން […]

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.އެހެންކަމުން އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 7 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު […]

ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަނީ

ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއެއް ސަރުކާރުން ފަށަން ނިންމައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ އއ. އަތޮޅުގެ ރަށްތަކަށް ރައީސުލުޖްމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އއ. މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕިކްނިކް އައިލެންޑެއް ހަދައިދިނުމަށް ގިނަ އަތޮޅުތަކަކުން އެދޭ ކަމަށެވެ.ރަައީސް ވިދާޅުވީ ވަރަށް އަވަހަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި […]

18 އަހަރުން ދަށުގެ ކުދިން ކުށުގެ ވެށީގައި އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި: ފުލުހުން

އުމުރުން 18 އަހަރު ނުފުރޭ ކުދިން ކުށުގެ ވެށީގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށްއައިސް 18 އަހަރުން ދަށުގެ ފިރިހެން ކުދިން ގުރޫޕު ހަދައިގެން ތަންތަނުގައި އެއްވެ ތިބޭކަން ފާހަގަކުރެވިފައި ވާކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ. އޭގެތެރޭގައި ގްރޫމިންގގެ ޝިކާރައަކަށް ކުދިން ވުމާއި، ރައްކާތެރި މާހައުލުތަކަށް ހުށަހެޅިގެންދިއުމާއި، މައިންބަފައިންނަށް ފިލައިގެން ގެއިން ނުކުމެގެންގޮސް ތަންތަނުގައި […]

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު ގެޒެޓް ކޮށްފި

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުޞޫލު މިއަދު ގެޒެޓް ކޮށްފިއެވެ. ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާ އަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ ’މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު‘ ގެ ދަށުން ފައިސާ ދޫކުރާނެ އާންމު އުޞޫލަކީ 3 ޕޭމަންޓަކަށް ބަހާލައިގެން ކަމަށް ވިޔަސް ކޮންމެ މީޑިއާ އަކަށް ވެސް ލިބޭ މިންވަރު މި އަހަރު […]

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ބިލެއް ހުށަހެޅުމަކީ ކަންބޮޑުވާކަމެއް: ފައިޞަލް ނަސީމް

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރަސީއަށް މުހިންމު ބާރެއް ކަމަށްވާ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމަށްޓަކައި، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭގޮތަށް ކޮމިޝަނެއް އުފައްދަވައި، އެ ކޮމިޝަނަށް ގިނަ މެންބަރުންތަކެއް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ”ރަނގަޅު ވެރިކަމެއް […]