11 ދާއިރާއަކުން ރާއްޖެއާ ޗައިނާއިން ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދިނުމާގުޅޭ ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާތަކުގައި ސޮއިކުރެއްވީ ޗައިނާގެ ބެއިޖިންގގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ. ޖުލުމަ 11 ދާއިރާއެއް ހިމެނޭހެން ސޮއިކުރެވުނު މި ފަހުމުނާމާތަކުގެ ތެރޭގައި؛ އިޤްތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާޢަދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ. މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ […]

ފާއިތުވި މަހު ވޭޕުގެ މައްސަލަތަކުގައި 150,000 ރުފިޔާގެ ޖޫރިމަނާ

ފާއިތުވި އޯގަސްޓު މަހު، ވޭޕް ގެންގުޅެ އޭގެ ބޭނުންކޮށް ވިޔަފާރިކުރި ފަރާތްތައް ޖުމުލަ 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭޕާ ގުޅުންހުރި 11 މައްސަލައެއް މިދިޔަ މަހު ބަލާފައިވެއެވެ. އެއީ ވޭޕް ގެންގުޅުމުގެ 4 މައްސަލައާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައާއި، ވޭޕާ ގުޅުންހުރި އެހެނިހެން 3 މައްސަލައެކެވެ. މި މައްސަލަތަކުގައި، ޖޫރިމަނާކުރި 30 މީހުންގެ ތެރޭގައި ހިމެނެނީ ވޭޕް ބޭނުންކުރި […]

ކޮލަމާ ބޯޓު ފެނިއްޖެ، ކެޕްޓަން މިހާރު ވަނީ ނިޔާވެފައި

ރޭ ލ. އަތޮޅުން ފުރި ގއ. ކޮލަމާފުށީ ބޯޓެއް ކަމަށްވާ ”ކޮލަމާ“ ބޯޓު ފެނިފައިވާ ކަމަށާއި، ބޯޓުގެ ކެޕްޓަން ގއ. ކޮލަމާފުށި، ދޮންވެލި، އާދަމް ސަޢީދު (ސައީދުބެ) މިހާރު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެކެފަރަ ސަރަހައްދުން މި ބޯޓު ފެނުނުއިރު ކެޕްޓަން އޮތީ ޚަބަރުހުސްވެފައި ކަމަށާއި، ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ޚަބަރުލިބެއެވެ. މާލެއިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ގެއްލިގެން ހޯދަންފެށީ، […]

އުކުޅަހުގައި ޒަޚަމްވި ބައްޕަ އިތުރު ފަރުވާއަށް މާލެއަށް

ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަކު ރޭ ވަޅިން ހަމަލަދިނުމުގެ ސަބަބުން ޒަޚަމްވި ބައްޕަ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ޚަބަރު ލިބިފައިވާގޮތުގައި، ބައްޕައަށް ހަމަލަދިން 26 އަހަރުގެ ދަރިފުޅަކީ މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން ނަފުސާނީ ބައްޔަކަށް ފަރުވާދެމުން އަންނަ މީހެކެވެ. އޭނާ ބައްޕައަށް ހަމަދީފައިވަނީ ގަވަދުން ޖަހަންޖެހޭ އިންޖެކްޝަނެއް ޖެހުމުން އެކަމާ ރުޅިއައިސްގެންނެވެ. ޒަޚަމްވި ބައްޕައަށް ފުރަތަމަ ފަރުވާ ދީފައިވަނީ އއ. އުކުޅަހު ޞިއްޙީ މަރުކަޒުންނެވެ. ނަމަވެސް އޭނާގެ ބަނޑަށް ވަޅި ވަދެފައިވާ ދިމާއިން ދުޅަވެ […]

އަދީބަށް ކުރީގެ ރައީސް މަޢާފު ދެއްވީ ހެޔޮފުޅު ކަމުން ތޯއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލީހު، ރައީސް ޔާމީނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމާއި ނާއިބުރައީސްކަން ކުރެއްވީ އަހުމަދު އަދީބު އަށް މަޢާފު ދެއްވީ ހެޔޮފުޅު ކަމުން ތޯއެވެ. މާފުށީ ޖަލުގައި ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ އެތަކެއް ސަތޭކަ ދިވެހި ރައްޔިތުން އުޅެމުން އެބަދެއެވެ. ކަން މިހެން ހުރިނަމަވެސް މިދެންނިވިފަދަ ނިކަމެތި ރައްޔިތަކަށް މަޢާފު ދެއްވާފައެއް ނުވެއެވެ. ޓެރަރިޒަމް އާއި ޚިޔާނާތުގެ ޙުކުމްތަކެއް ގުނަމުންދިޔަ އަދީބް އަކީ އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ މައި ޑޮންއެވެ. ޝަރީއަތަށް ސާބިތުވެފައިވާ ބޮޑު […]

މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ، މި މަސައްކަތަކީ މާލޭގެ ޢާންމު މާޙައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށް ކުރާ މަސައްކަތެކެވެ. މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ”މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، […]

ޒާތީ ތަޢައްޞަބުން ދުރުވެ، ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް މިއަދު މި ވަނީ ބޭނުންވެފައި: މިނިސްޓަރު

ޒާތީ ތަޢައްޞަބުން ދުރުވެ، ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް މިއަދު ބޭނުންވެފައިވާ ކަަމަށް މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުޅުއްވަނީ ވަރަށް ސާދާކޮށް ކަމަށާއި މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު ދިމާވާ އެކިއުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވާ ކަމަށެވެ. ”އެއީ، […]

ބަނގުރަލުގެ މައްސަލައެއްގައި ޝްރީލަންކާގެ ތިން މީހުން ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޝްރީލަންކާގެ ތިން މީހުން ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި އަދި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ. މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން […]

2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދޭން ފަށަނީ

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދޭން ފަށަން ހަމަޖެހިއްޖެއެވެ. މިކަންހާމަކޮށްފައި ވަނީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބު ފައްޓަވާފައިވަނީ، ޚިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ޝުކުރު ދަންނަވަމުންނެވެ. މި އަހަރުން […]

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންިސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވަކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް (23އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. […]