ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ގެއްލިގެން ހޯދަން އިޢުލާންކުރި މީހާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، އަތޮޅުތެރޭގެ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މަޢުލޫމާތު ދީފައިވާކަމަށެވެ. އޭނާ ހޯދަންފަށާފައިވަނީ ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މި މަހުގެ 04ވަނަ ދުވަހު ޢާއިލާއިން އަންގާފައިވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ މިހާރު ފެނިފައިވާއިރު، ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

މާލޭގައި ދިރިއުޅޭ ބ. ކެންދޫ މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ޝަހުމުﷲ ސާޖިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު […]
ރަސޫލާދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއް: ޚުޠުބާ

ރަސޫލާދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައި ވަނީ ރަސޫލާ ދެކެ ލޯބިވުން މި މައުޟޫޢުގެ މައްޗަށެވެ. ހުތުބާގައި ބުނީ ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގައި ކަމަށާއި އަނިޔާއާއި ބޭއިންސާފުން ފުރިފައި ކަމަށެވެ. އަދި ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށާއި މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައި، ޤަދަރުވެރީންނާއި ނިކަމެތީންނާއި ސާހިބުންނާއި އަޅުން ކަމަށެވެ. […]
ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ބުނީ ހެންވޭރު ގެއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 08:19 ހާއިރު ލިބިފައިވާ ކަމަށެވެ. އަލިފާން ރޯވެފައި ވަނީ ހ. ފެނިގެއްލިދާގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ވަނީ ނިއްވާލައިފައެވެ. އަދި ފަޔަރފައިޓަރުން […]
އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފި

އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފިއެވެ. އިމިގްރޭޝަނުން މިރޭ ބުނީ އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފައިވާ ކަމަށެވެ. އެ ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ކަމަށް އިިމިގްރޭޝަނުން ބުނެފައިވެއެވެ. އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުން ކަމަށެވެ. އަދި އެންމެ […]
ހަތް އަތޮޅަކަށް ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފި

މި ސަރުކާރުން އިޢުލާނުކޮށްފައިވާ ”5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު“ ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކުގައެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް […]
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ މިއީ ސެޕްޓެންބަރު މަހުގެ 2ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި (ވަގުތީ ބަރުދަން، 304.73 ގުރާމް) ފެނިފައިވާ ކަމަށް ފުުލުހުން ހާމަކުރެއެވެ. މީގެ އިތުރުން ފުލުހުން ބުނީ މަސްތުވާތަކެތި […]
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ ޒިންމާތައް ކަނޑައެޅުމުގައި އާ އުސޫލެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ ޒިންމާތައް ކަނޑައެޅުމުގައި އާ އުސޫލުތަކެއް އެކުލަވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އެކުލަވާލައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ.) އިން ފާސްކޮށްފައިވާ ކަމަށެވެ. މި އުސޫލު ފާސްކޮށްފައިވަނީ 27 އޮގަސްޓް 2025 ގައި ބޭއްވުނު ޕީ.ސީ.ބީ.ގެ ޖަލްސާގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. […]
އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީ އުވާލައިފި

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އިސްވެ ހުންނަވައިގެން 2018ވަނަ އަހަރު އުފެއްދެވި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން އުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައިވާ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ 2 ސެޕްޓެމްބަރުން ފެށިގެން އެ ޕާޓީ އުވާލައި، ސިޔާސީ ޕާޓީގެ ދަފުތަރުން އުނިކުރުމަށް ނިންމާފައިވާކަމަށެވެ. ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ގާނޫނު)ގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ […]
މޯލްޑިވިއަންގެ ފުލައިޓުތަކުން ދަތުރު ކުރުމަކީ ގަނަތެޅުމެއް

23 ސެޕްޓެމްބަރުގައި މާލެއިން ހައްދުންމަތީ ގަމަށް ޑައިރެކްޓްކޮށް ހެނދުނު ސައިބޮއި ހަމަޖެހިލައިގެން ދެވޭ ގޮތަށް ދެކޮޅު ޓިކެޓް ނެގީމެވެ. ދެކޮޅުޓިކެޓަށް 2927 ރުފިޔާދައްކަން ޖެހުނެވެ.ފުރުން އޮތީ 27 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. ނަމަވެސް 26 ވަނަ ދުވަހުގެ ރޭ ފުލައިޓް ނައްޓާލާ ގަޑި އަވަސް ވެއްޖެކަމުގެ މެސެޖެއް ލިބުނެވެ. އެހެންކަމުން އަޅުގަނޑަށް ޖެހުނީ ކުދިވެރިންނާއި އަނބިދަރިން ގަދަނިދީގައި ތިއްބާ ހޭލައްވާ ފަތިސްނަމާދު ކޮށްގެން އެއަރޕޯޓަށްދާ ވާހަކަ ބުނާށެވެ.މީ ވޭން ކުޑަކަމެއް ނޫންތާއެވެ. މާލެއިން ހައްދުން […]