ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފި

ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފިއެވެ. އެ ޒިޔާރަތުގައި އައިޖީއެމްއެޗް، އެޗްއެމްއެޗް، އޭޑީކޭ އަދި އޭއީއެޗް ތަމްސީލުކުރާ ޑޮކްޓަރުން ހިމެނެއެވެ. އެ މެޑިކަލް ޓީމު ޒިޔާރަތްކޮށްފައި ވަނީ ޗެންގްޑޫގެ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލް ސީއެން އަށެވެ. “މި ޒިޔާރަތުގައި އެ ޓީމުން ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއަޓްރިކްސް އެންޑް މެޑިކަލް ސިމިއުލޭޝަން ލެބްސް ތަހުގީގުކޮށް، ކްލިނިކަލް އެންޑް އެކަޑަމިކް ތަމްރީންތައް ފުރިހަމަކޮށްފައި“ ހެލްތު މިނިސްޓްރީން ބުނެފައި […]
ފަތުރުވެރިކަމުގެ ބާނީ އެމް.ޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވަނީ

ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މަރްހޫމް މުޙައްމަދު އުމަރު މަނިކު، އެމްޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް (މަޓީ) އިން ނިންމައިފިއެވެ. އެމްޔޫ މަނިކު އަވަހާރަވެފައި ވަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު އުމުރުފުޅުން އުމުރުފުޅުން 78 އަހަރުގެ އެމްޔޫ […]
ދުވަސްވީ މީހުންނަށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ދިިނުމަށް މަޝްވަރާކޮށްފި

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ގޭގެއަށް ގޮސްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ކޮމިއުނިޓީ ނާރސް ވޮލަންޓިއަރސް (ސީއެންވީ)ގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން މި ބައްދަލުވުމުގައި ސީއެންވީއިން ވަނީ ގޭގައި ތިއްބަވާ އުމުރުން ދުވަސްވީ މީހުންނަށް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ރިސްކް ފެކްޓަރސް ދެނެގަތުމާއި، ސޭފް މޮބިލިޓީ ޕްރޮމޯޓްކުރުމާއި، ކަސްރަތު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން ބެލެހެއްޓުންތެރިންނަށް ތަމްރީނު ދިނުމާއި، […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ. އެ މެޑިކަލް ކޭމްޕް އިންތިޒާމްކޮށްފައި ވަނީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިންނެވެ. އެގޮތުން އެ މެޑިކަލް ކޭމްޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މިމެޑިކަލް ކޭމްޕް ބާއްވާފައިވަނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30އަށެވެ. ”މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި މެޑިކަލް ކޭމްޕެއް“ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން […]
މާދަމާ ރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަނީ

މާދަމާ ރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި އެދިއްޖެއެވެ. މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ މާދަމާރޭ ހަނދުކޭތަ ހިފާނޭ ކަމަށެވެ. އަދި އެ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން މާދަމާ ރޭގެ 08:28 ގައި ކަމަށެވެ. ”އަދި ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭގެ 11:11 ގައިކަން ފާހަގަކުރަމެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން އެރޭގެ މެންދަމު އަލިވެ 01:55 ގައި“ […]
ޑްރަގާއެކު ހައްޔަރުކުރި ފުލުހަކު ވަޒީފާއިން ވަކިކުރަނީ

މިދިޔަ ޖުލައި މަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުހަކު ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ. ފުލުހުންގެ މީޑިއާ ގްރޫޕްގައި ބުނީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 32އ، ގެ މައްސަލަ ބެލުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އައިޝަތު ޝިޔާޒާ އާއިއެކު ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ […]
އައްޑޫ ސިޓީގައި ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުނު މީހަކު ފިހިގެން ފަރުވާދެނީ

އައްޑޫ ސިޓީގައި ރޭ މެންދަމު ކަރަންޓު ކޭބަލެއް ބުރިކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ފިހުނު މީހަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ. އުމުރުން 33 އަހަރުގެ މި މީހާގެ ފުރާނައަށް ނުރައްކާ ނުވިނަމަވެސް، ކަނާތާއި ވާތުފައި ފިހިފައިވާތީ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ޚަބަރުތައް ބުނެއެވެ. ރޭ މެންދަމު 2.30ހާއިރު އައްޑޫ ސިޓީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، ފެނަކައިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލެއް ބުރިކުރުމުގެ ސަބަބުން […]
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނައަށް ބޮޑުކުރަނީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ބަޖެޓު އަންނަ އަަހަރުން ފެށިގެން ދެގުނައަށް ބޮޑުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން އިޢުލާން ކުރައްވައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، 2026ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުއްވުމުގެ ކުރިން އަންހެނުންގެ ކޮމިޓީގެ ބަޖެޓަށް މުހިންމު ދެ ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތުން، ކައުންސިލުގެ ބަޖެޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ބައި 10 އިންސައްތައަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކައުންސިލުގެ ބަޖެޓުން […]
އައްޑޫ ސިޓީގެ ރައްޔިތުން ކަނު އަނދިރީގައި ތިބެންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ނިޒާރު

އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި ކަނު އަނދިރީގައި ތިބެންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ ގޮތްގޮތުން ފެނަކައިގެ އިސް ވެރިންނާ ވާހަކަދެކެވިއްޖެ ކަމަށެވެ. މިކަން ހައްލުކުރުމަށް އެ ބޭފުޅުން އެކި ފަހަރު މަތިން އެކި ތާރީޚުތައް ދެއްވާފައި ވީނަމަވެސް، މިހާތަނަށް މި ކަމަށް […]
ހައިވޭގައި ލޮރީއެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖް ހައިވޭގައި މިއަދު ލޮރީއެއް ފުރޮޅާލައިފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ލޮރީގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑަރގައި ޖެހިގެން ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12.40ގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށާއި، ނަމަވެސް ޕިކަޕަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެ ޕިކަޕު، ކާރެއްގައިވެސް ޖެހުނު ކަމަށާއި، ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުލިބޭ […]