ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަނީ

ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފި އެވެ. އެޗްޑީސީން ކުރި އިއުލާނުގައި ބުނީ އެ ގޮޅިތައް ކުއްޔަށް ދޫކުރާނީ ދެ އަހަރުގެ މުއްދަތަކަށް ކަމަށެވެ.އަދި އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަން ކަމަށް އެޗްޑީސީން ބުނެފައި ވެެެއެވެ.އެޗްޑީސީން ބުނީ ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭނެ ކަމަށެވެ.އެ ގޮޅިތަކަށް ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ […]
އަންނަ އަހަރުން ފެށިގެން އާންމު ތަންތަން ދިއްލަން ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަނީ

އަންނަ އަހަރުން ފެށިގެން އާންމު ތަންތަން ދިއްލަން ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައެވެ.އެގޮތުން އެ ޕޯސްޓުގައި ވަނީ ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެެވެ. ރައީސްގެ ޕޯސްޓްގައި، ވިދާޅުވީ މިއީ ލާމަރުކަޒީ […]
އއ. މާފަރުފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސް ހަމަޖައްސަވައިފި

އަރިއަތޮޅު އުތުރުބުރީ މާފަރުފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖައްސާފައިވަނީ، މާފަރުފަޅަކީ ފެރިދޫގެ ތަރައްޤީގައި ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުން ބޭނުންކުރެވޭނެ ތަނަކަށް ހެއްދެވުމަށްޓަކައެވެ. ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ކަނޑައަޅުއްވާފައިވަނީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ނިންމެވުމާއެކު އެމަނިކުފާނު މިއަދު ނެރުއްވި، […]
ފަހުމީއަށް ރައީސް އޮފީހުގެ ވަޒީރު ފެންވަރުގެ މަގާމެއް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރެއްވި ޙުސައިން ފަހުމީއަށް ރައީސް އޮފީހުގެ ވަޒީރު ފެންވަރުގެ މަގާމެއް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާގޮތުގައި ފަހުމީ ހަމަޖެއްސެވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާވިދާޅުވެގެން ވަޑައިގެން އެ ކުންފުނީގެ އެކައުންޓިންގ ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވިއެވެ. ފަހުމީ އެ ކުންފުނީގެ މެނޭޖިން […]
އެމްޑީޕީގެ މަޖިލިސް މެމްބަރުން މާލީ ވުޒާރާދޮށުގައި އިހުތިޖާޖު ކުރަައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މާލީ ވުޒާރާދޮށުގައި އިހުތިޖާޖު ކުރައްވައިފިއެވެ. އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރައްވާފައިވަނީ، ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ސާފުކުރަން ބޭނުންވާ މަޢުލޫމާތު އެ ވުޒާރާއިން ސާފުކޮށްދީފައި ނުވާކަމަށް ވިދާޅުވެއެވެ. މެންބަރުން ވަޑައިގަތީ ވަޒީރާ ބައްދަލުކުރައްވަން ކަމަށާއި، ނަމަވެސް ވަޒީރު ރަށުގައި ނޫޅުއްވާތީ ވުޒާރާގެ އިސް ވެރިއަކު މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ވުޒާރާގެ ފަރާތުން އެކަން ހަމަޖައްސައިދީފައި ނުވާތީ މެންބަރުން ވުޒާރާ ތެރެއަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެވިއެވެ. ނަމަވެސް […]
ގަލޮޅު ސިޓީ ޕާރކުގެ ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމިއްޖެ

ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މި ޕާކުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރ މަހުގެ ނިޔަލަށް ނިންމުމަށް، ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ”މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ […]
ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ނިންމައިފިއެވެ. މިކަންހާމަކޮށް އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. އެ […]
ސްޓެލްކޯގެ އެމްޑީގެ މަޤާމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަޤާމަށް މިފްކޯގެ ކުރީގެ އެމްޑީ ހުސައިން ޝަމާހް ރަޝީދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެ މަގާމަށް މ. ސިސްކިން، އަހްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަޤާމުން ފަހުމީ ވަކިކުރި ސީދާ ސަބަބެއް […]
ލިބުނު މަޢުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ

ފުލުހުންގެ ޚިދުމަތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލޭ ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ދަނީ ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް އަދި ނުރައްކަލެއް ފާހަގަވެފައި ނުވާކަމާއި، އާދައިގެމަތިން ކިޔަވައި ދިނުމުގެ ކަންކަންވެސް މެދުނުކެނޑި އެ ސްކޫލުގައި ކުރިއަށްދާކަން ވަނީ އެނގިފައެވެ.
”ވިލުންތެރި ރާއްޖެ 2045“ އެކުލަވައިލުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

ޤައުމީ ތަރައްޤީއަށް ކަނޑައަޅާފައިވާ ޕްލޭން ކަމަށްވާ ”ވިލުންތެރި ރާއްޖެ 2045“ އެކުލަވައިލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުކުރުން ފަށައިފިއެވެ. މި ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ރަށެއްގެ ގޮތުގައި ގޮސްފައިވަނީ މާލެއަތޮޅު ގުރައިދުއަށެވެ. މި ދަތުރުގައި އެރަށު ކައުންސިލާ ބައްދަލުކޮށް، ރަށުގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތާއި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ރަށަށް ކުރިއެރުން ގެނުވާނެ ކަންކަމާގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ދަތުރުތަކުގެ މަގުސަދުތަކުގެ ތެރޭގައި، އެ […]