މި ސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް

މި ސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާއި ގުޅިގެން ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. މި […]
މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންކަން އެބަހުރި: މިނިސްޓަރު

މީޑިއާތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ބިލުގައި އެއްބަސްވެވަޑައިނުގެންނެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު އިއްޔެ ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ މި ބިލާގުޅޭ މަސައްކަތް ފެށުމަށް ތާވަލުކޮށްފައެވެ. އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ނޫސްވެރިން މިއަދުވެސް ރައީސް އޮފީސް […]
ސަރުކާރުގެ ދެވަނަ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި

އައިނު ހެދުމުގެ ހުރިހާ ޚަރަދެއް އާސަންދައިގެ ދަށުން ހަމަޖައްސައިދޭ ދެވަނަ އައިނު ފިހާރަ، ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ. ”އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ“ގެ ނަމުގައި ހުޅުވި މި އައިނު ފިހާރަ ރަަސްމީކޮށް ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ އާންމުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކަށް (ޚާއްޞަކޮށް އައިނުގެ އަގުބޮޑުކަމާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް) ހައްލެއް ހޯއްދަވައިދެއްވުމަށް […]
ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލި، ކައުންސިލްތަކަށް ގެއްލުންވޭ: ކުޅުދުއްފުށީ މޭޔަރު

ކައުންސިލްތައް އިންތިޚާބުވެ ފަހު އަހަރުގެ ތެރޭ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލި، ކައުންސިލްތަކަށް ގެއްލުންވާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢާޠިފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ހިނގަން އެންމެ ރަނގަޅު ނިޒާމު ކަމަށާއި، މާލޭގައި ހުންނަ ވުޒާރާއަކުން ރަށްރަށުގައި ޚިދުމަތްދިނުމަކީ ރައްޔިތުން […]
ނޫސްވެރިން މުލީއާގޭދޮށުގައި އިހުތިޖާޖުކުރަން ފަށައިފި

މީޑިއާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިން ރައީސް އޮފީސްދޮށުގައި ތިއްބައި އިންޒާރު ދިންފަހުންވެސް އެ ސަރަހައްދުގައި މުޒާހަރާކުރުމަށްފަހު މުލީއާގޭދޮށަށް އެއްވެ އިހުތިޖާޖު ކުރަންފަށައިފިއެވެ. މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ 49 މެންބަރުންގެ ތާއީދާއެކު މި ބިލު މަޖިލީހަށް ބަލައިގެންފައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މި ބިލާ ދެކޮޅު ހެދުމުގެ ގޮތުން ނޫސްވެރިން ފުރަތަމަ ދެއްވީ މަޖިލިސްކުރާގޭދޮށަށެވެ. އެއަށްފަހު ނޫސްވެރިން ދެން ދިޔައީ ރައީސް […]
މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭން ނިންމައިފި

މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭން ނިންމައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމާ ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާ ކަމަށެވެ. އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން […]
ޖަރުމަނުވިލާތުގައި އެއްޗެއް ގޮވައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް

ޖަރުމަނުވިލާތުގެ މިއުނިކުގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ، ބ. ތުޅާދޫ ރައްޔިތެއް ކަމަށްވާ ފައްޔާޒް ދާއޫދަށެވެ. މި ހާދިސާގައި އޭނާގެ ބޮލަށް ވަރަށްބޮޑަށް ގެއްލުންވެފައިވާއިރު، އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް ޚަބަރު ލިބިފައިވެއެވެ. ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކައިޓް ސަރފަރުންގެ ތެރޭގައި ހިމެނޭ ފައްޔާޒް މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ އަންހެނުންގެ ޤައުމު ކަމަށްވާ ޖަރުމަނުވިލާތުގައެވެ.
”ޑރ ޕެޕާ“ ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

”ޑރ ޕެޕާ“ ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ މި އުފެއްދުން ރާއްޖޭއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އެމެރިކާގައި އުފައްދާފައިވާ ”ޑރ ޕެޕާ“ ނަމަކަށް ކިޔާ ސޮފްޓް ޑްރިންކްގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ބެންޒޮއިކް އެސިޑް އިތުރުވުމުގެ ސަބަބުން އެ އުފެއްދުން ރާއްޖޭގެ […]
ފިނޭންސް މިނިސްޓްރީގެ ޕްލޭނިންގ އެޑްވައިޒަރަކަށް ޙަމްދޫން ޙަމީދު

މިނިސްޓްރީ އޮފް ފިނޭންސްގެ ޕްލޭނިންގ އެޑްވައިޒަރަކަށް، ކުރީގެ ޕްލޭނިންގ މިނިސްޓަރު ޙަމްދޫން ޙަމީދު އައްޔަންކުރައްވައިފިއެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ޕްލޭނިންގ މިނިސްޓަރުކަން ކުރެއްވި ޙަމްދޫން ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި، ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން، ޙަމްދޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ. ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ ޙަމްދޫން ޚާއްޞަވެފައިވަނީ ޕްލޭނިންގ ދާއިރާއިންނެވެ. ރައީސް މުޢިޒުގެ ސަރުކާރުގައި ފުރަތަމަ ކެބިނެޓް އެކުލަވާލެއްވިއިރު ނޭޝަނަލް ޕްލޭނިންގެ […]
ދިވެހި ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ފުލުހަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް, މިއަދު ހެނދުނު ނިޔާވެފައިވަނީ ސަރޖަންޓް މުޙައްމަދު އަރުޝަދު, (37އ) އެވެ. އޭނާ ނިޔާވީ ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ސަރޖަންޓް އަރުޝަދަކީ ހޯމް މިނިސްޓަރު ޢަލީ އިޙުސާނުގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުލުހެކެވެ.