ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަންޖެހޭ: ނަޝީދު

ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. އެ ހަރަކާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، ގައުމުގެ އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަން ޖެހޭ ކަމަށެވެ.އަދި އާމްދަނީ ލިބޭނެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް […]

ބޮޑު ސިއްކަ ދިފާއުކޮށް ނަޝީދުގެ އާ ވާހަކަތަކެއް، “ސިއްކަ އޮތީ މައުމޫން އަރިހު އޭނައަށް އެނގޭވަރު މާކުރިން ދަންނަވާފަ“

1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާއެއް ދިން މައްސަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޖަލު ހުކުމެއް އައި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުގެ ދިފާއުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ވާހަކަތަކެއް ދައްކަވައިފިއެވެ. ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1988 ނޮވެމްބަރު 3 އާ ގުޅޭ ގޮތުން ސިއްކައަށް އެނގި ހުރި މިންވަރަށް އެނގި ތިބި ކިތަންމެ ބަޔަކު އެބަ ތިބި ކަމަށާއި، ސިއްކަ އޮތީ […]

ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ރައީސް މުހައްމަދު ނަޝީދު

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވެފައިވާ 48 ގައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ”ތީމެޓިކް އެމްބެސެޑަރު“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައިފިއެވެ. މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ބަނީ ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް މަޖިލިސް ރައީސް އައްޔަންކުރެއްވިކަން އަންގާފައި ވަނީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. އޭކޭ އަބްދުލްމޯމެން، މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ. ސީވީއެފްގެ […]